ޕާކިސްތާނުގެ ބީކަންހައުސް ޔުނިވާސިޓީގައި ކިޔެވުމަށް ބެޗްލާރސް ޑިގްރީގެ ސްކޮލަރޝިޕްތަކެއް

ޕާކިސްތާނުގެ ބީކަންހައުސް ޔުނިވާސިޓީގައި ކިޔެވުމަށް ބެޗްލާރސް ޑިގްރީގެ ސްކޮލަރޝިޕްތަކެއް

ހ ހަޅަ
ޚަބަރު 28 Aug 2024

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން، ޕާކިސްތާނުގެ ލާހޯރގެ ބީކަންހައުސް ނެޝަނަލް ޔުނިވާސިޓީ އިން ބެޗްލާރސް ޑިގްރީ ހާޞިލުކުރުމުގެ 2 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕުގައި ކިޔަވަން ހުށަހެޅުމަށް ހުޅުވާލެވިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި، ބީ.އޭ (އޮނަރސް) އިންޓަރޑިސިޕިލިނަރީ އެސްކްޕޭންޑެޑް ޑިޒައިން އެންޑް އާރޓްސް (އައި.އީ.ޑީ.އޭ)،

ބީ.އެފް.އޭ ވިޝުއަލް އާރޓްސް،

ބެޗްލަރ އޮފް ޑިޒައިން ވިޝުއަލް ކޮމިއުނިކޭޝަން ޑިޒައިން

ބެޗްލަރ އޮފް ޑިޒައިން ޓެކްސްޓައިލް، ފެޝަން އެންޑް އެކްސަސޮރީ ޑިޒައިން - މި ޕްރޮގްރާމްގައި ސްޕެޝިއަލައިޒް ވެވިދާނެ ދާއިރާތަކުގެ ތެރޭގައި: ޓެކްސްޓައިލް އެންޑް ފައިބަރ، ފެޝަން، ޖުވެލްރީ އެންޑް އެކްސެސަރީސް ހިމެނެއެވެ.

މި ޕްރޮގްރާމްތަކަށް ވަނުމުގެ ޝަރުރުތަކުގެ ތެރޭގައި:

ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.ސީ އާއި އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން،

މި 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި އެހެން ފާހެއް ހާސިލުކޮށްފައިވުން

(އެހެން ފާހެއްކަމުގައި ބަލާނީ CAE/CPE އިން ސީ އިން ފެށިގެން މަތީގްރޭޑެއް ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ 6.5 އިން ފެށިގެން މަތި ނުވަތަ TOEFL 550 އިން ފެށިގެން މަތި ނުވަތަ ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އެހެން އިމްތިޙާނަކުން އިނގިރޭސިން ސީ އިން ފެށިގެން މަތީ ގްރޭޑެއް)

ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން އީ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން،

އަދި މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުމުގެ އިތުރުން، މި ސްކޮލަރޝިޕްގައި ފުރިހަމަ ކުރަން އެދޭ ޕްރޮގްރާމަކީ، މިހާރު ހޯދާފައިވާ ސަނަދަށްވުރެން މަތީ ފެންވަރުގެ ސަނަދެއް ލިބޭ ޕްރޮގްރާމެއް ކަމަށްވުމާއި، އެދޭ ފެންވަރުގެ ޕްރޮގްރާމެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ފަރާތެއްކަމުގައި ނުވުން ހިމެނެއެވެ.

މި ސްކޮލަޝިޕަށް ހުށަހެޅުމަށް، ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)، މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ، މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ (ނޮމިނޭޓްވުމުން ހުށަހެޅުމަށް)، މެޑިކަލް ސެޓްފިކެޓް (ނޮމިނޭޓްވުމުން ހުށަހެޅުމަށް)، އިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ ޔުނިވަރސިޓީގެ ޕްރޮސްޕެކްޓަސްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން، ހުނަރުވެރިކަމުގެ މަސައްކަތް ހާމަވާ ޕޯޓްފޯލިއޯ (ކުރެހުން، ޑިޒައިން ކުރުން، ފޮޓޯގުރަފީ އަދި ވީޑިއޯ ފިލްމްސް) (ނޮމިނޭޓްވުމުން ހުށަހެޅުމަށް)، ޕޮލިޓެކްނިކްގައި މަސްކަތްކުރަން އެއްބަސްވާކަމުގެ ލިޔުން، ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން އަދި މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ.

މި ސްކޮލަރޝިޕަށްއެދި ހުށަހެޅުމުގެ ސުންގަނޑިއަކީ 28 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 13:30އެވެ.

އިތުރު މަޢުލުމާތު މި މިނިސްޓްރީގެ ބެވްސައިޓް http://www.mohe.gov.mv/ އަދި 1474 އަކަށް ގުޅުއްވައިގެން ލިބޭނެއެވެ. އިތުރު މަޢުލުމާތު ސާފުކުރުމަށް އީ-މެއިލް ކުރާނީ schol@mohe.gov.mv އަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026