ކިންގްޑަމް އޮފް ބޫޓާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 23 Jul 2026

ކިންގްޑަމް އޮފް ބޫޓާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައިވާ ނޮން-ރެސިޑެންޓް ސަފީރު، ހަރ އެކްސަލަންސީ ޑަޝޯ ކާރމަ ހަމު ޑޯރޖީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ކިންގްޑަމް އޮފް ބޫޓާންގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރުގެ ފަތްކޮޅު ގަބޫލުފުޅުކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު ބައްދަލުކުރައްވައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ބައެއް ދާއިރާތަކުން މަޝްވަރާކުރައްވާފައިވެއެވެ. އޭގެތެރޭގައި ފަތުރުވެރިކަމާއި މެހްމާންދާރީގެ ދާއިރާއިން ތަޖުރިބާ ބަދަލުކުރުން ހިމެނެއެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުންވެސް ވަނީ ދެއްވާފައެވެ.

ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ބޫޓާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1984 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރަނީ
މާލެ ސަރަޙައްދުގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޚާއްޞަ ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ޚަބަރު 09 Sep 2026
ރައީސް ޑރ. މުޢިއްޒަށް އިންޖިނިއަރިންގ އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: މިނިސްޓަރު މުއްޠަލިބް
ރައީސް ޑރ. މުޢިއްޒަށް އިންޖިނިއަރިންގ އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: މިނިސްޓަރު މުއްޠަލިބް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އިންޖިނިއަރިންގ އެވޯޑެއް ދޭން އުޅޭ ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވަލޮޕްމެންޓް، ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ޚަބަރު 09 Sep 2026
އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލްތައް ސަރުކާރުން ހާމަކުރައްވައިފި
އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލްތައް ސަރުކާރުން ހާމަކުރައްވައިފި
ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާޤާއި ސުލޫކު އަލުން އިޢާދަކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ "އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ މުހިންމު ތަފްޞީލުތައް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ޚަބަރު 09 Sep 2026
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމާއި ރީހެބިލިޓޭޝަނާ ގުޅޭ ފޯރަމެއް ބާއްވައިފި
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމާއި ރީހެބިލިޓޭޝަނާ ގުޅޭ ފޯރަމެއް ބާއްވައިފި
މި ފޯރަމަކީ މަސްތުވާތަކެތީ ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަލުން މުޖުތަމައަށް ނެރުމުގައިހުރި ގޮންޖެހުންތައް ދެނެގަނެ، ކަމާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވި ފޯރަމެކެވެ.
ޚަބަރު 08 Sep 2026