'ހޯޕް އައިލެންޑް' ވެގެންދާނީ ރިހެބިލިޓޭޝަނާއި ޕްރިވެންޝަންގެ އެންމެ ބޮޑު މަސައްކަތް ހިންގާނެ ސެންޓަރަށް: ވަޒީރު އިޙްސާން

'ހޯޕް އައިލެންޑް' ވެގެންދާނީ ރިހެބިލިޓޭޝަނާއި ޕްރިވެންޝަންގެ އެންމެ ބޮޑު މަސައްކަތް ހިންގާނެ ސެންޓަރަށް: ވަޒީރު އިޙްސާން

ހ ހަޅަ
ޚަބަރު 19 Aug 2024

'ހޯޕް އައިލެންޑް' ވެގެންދާނީ ރިހެބިލިޓޭޝަނާއި ޕްރިވެންޝަންގެ އެންމެ ބޮޑު މަސައްކަތް ހިންގާނެ ސެންޓަރަށް ކަމަށް ދާޚިލީ ސަލާމާތާއި ފަންނިއްޔާތާއިބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

8 ވަނަ ޖުވެނައިލް ޖަސްޓިސް ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހޯޕް އައިލެންޑް ޤާއިމް ކުރުމުގެ މަސައްކަތް މިވަގުތު ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ ކަމަށާއި މިރަށުގެ މަސައްކަތްނިމި މި ރަށަކީ ރިހެބިލިޓޭޝަނާއި ޕްރިވެންޝަންގެ އެންމެ ބޮޑު މަސައްކަތް ހިނގަމުންދާނެ ސެންޓަރަކަށް ވެގެންދާނެ ކަމަށެވެ.

މިހާރު އަމަލުކުރަމުންދާ ކުޑަކުދިންގެ އަދުލުގެ ނިޒާމަކީ އެންމެ ފުރިހަމަ ނިޒާމެއް ނޫންކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ކަންކަން އިސްލާހުކުރުމަށް ތަފާތު ނިޒާމުތައް ބަލައިގަނެ އަމަލުކުރަން ފެށިނަމަވެސް އޭގައި ރަނގަޅުކުރަންޖެހިފައި ހުންނަ ކުދިކުދި ކަންކަން ހޯދައި އޭގެ ބޭނުން ނަހަމަ ގޮތުގައިހިފާ މީހުން އުޅޭ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އެކަންކަމަށް ސަމާލުވެ، ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރަން މަސައްކަތް ކުރުމުގެ މުހިންމުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އަޅުގަނޑުމެންނަށް ޑިސްޓްރިބިއުޓެޑް ނިޒާމެއްގައި ރާއްޖޭގެ ޕޮޕިއުލޭޝަން އޮންނައިރުގައި ފަސޭހަކަމެއްނޫން ރައްޔިތުން ތިބި ހުރިހާ ދިމާލެެއްގައި އަޅުގަނޑުމެންގެ ރިސޯސްތައް ޤާއިމް ކުރުމަކީ. އެހެންވީމައި ޕޫލްކޮށްގެން މި ހުރިހާ ނިޒާމެއް ނުވަތަ ހުރިހާ ފެސިލިޓީއެއް އެއްދިމާލަކަށް ގެނެވިއްޖެނަމަ ދޭ ޚިދުމަތުގެ ކޮލިޓީ ރަނގަޅުވާނެ ކަމަށް އަޅުގަނޑޫ ޤަބޫލުކުރަން. އެހެންވެގެން އަޅުގަނޑުމެން އެހާ އިސްކަމެއްދީގެން ހޯޕް އައިލެންޑް ޕްރޮޖެކްޓް މި ގެންދަނީ ކުރިއަށް. މީގެ ނަތީޖާއަކަށް ވާނީ މާތްﷲގެ އިރާދަފުޅާއިއެކުގައި އަޅުގަނޑުމެންނަށް މިހާރު މި ސިސްޓަމްގެ ތެރެއިން އަޅާލަންޖެހޭ ކުދިން ދުވަހެއް ދުވަހަކަށް މަދުވެގެން ދިއުން. 

ވަޒީރު ޢަލީ އިޙްސާން

ޤާނޫނެއް ލިބުނީ މީގެ ފަސްވަރަކަށް އަހަރު ކުރިން ކަމަށާއި އެހެންނަމަވެސް އޭގެ ކުރިންވެސް ހޯމް މިނިސްޓްރީގެ ތާރީޚަށް ބަލާއިރު ކޮންމެވެސް ސިފައެއްގައި މި މަސައްކަތް ކުރާ ޑިޕާޓްމަންޓެއް ނުވަތަ ސެކްޝަނެއް އޮތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ މިމައްސަލަ ދިޔައީ ޤައުމުގެ ތެރޭގައި ބޮޑުވަމުން ކަމަށާއި ކުށަށް އަރައިގަންނަ ކުޑަކުދިން ދަނީ އިތުރުވަމުންކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ކުށުގެ ވެށީގައި އުޅެމުންދާ ކުދިން ދަނީ އިތުރުވަމުން، އަދި ރިސްކުގައިތިބި ކުދިން ދަނީ އިތުރުވަމުން. އެހެންވީމައި އަޅުގަނޑުމެން އެބަ ޖެހޭ ބަލާލަން ބިޒްނަސް އޭޒް ޔޫޝުއަލް ގޮސްގެންނެއް މިކަމެއް ނުވާކަން. މިކަމުގެ ތެރޭގައި ހިމެނޭ ހުރިހާ ކުދިން، އެޓް ރިސްކްވެސް، ޑައިވާޓްކުރާ ކުދިންވެސް އަދި މިވަގުތަށް އަޅުގަނޑުމެންނަށް ބެލެވޭ ގޮތުގައި ކުށުގެ ވެށީގައި އެންގޭޖްވެފައިތިބި އެހެންނަމަވެސް ހުކުމްނުކުރާ ކުދިންވެސް ގެންގޮސް މިތަނުގައި އެކުދިންނަށް އެދެވޭ އެންމެ ރަނގަޅު އންޓަވެންޝަން ޕްރޮގްރާމްތައް ހިންގުމާއި އެކުދިންނަށް އެންމެ އެދެވޭ ތަޢުލީމީ ފުރުސަތުތައް ދިނުމާއި، އެއިން ކޮންމެ ކުއްޖަކީވެސް ދިރިއުޅުމުގައި އަދި އުންމީދެއް އޮތް ކުއްޖެއްކަން އެކުއްޖާއަށްވެސް ޔަޤީންކަން ދިނުން. އަދިމި މުޖުތަމައުގެތެރެއިންވެސް އެ އުންމީދު ފެނުން. އަދި އެކުދިންގެ ޢާއިލާތަކަށްވެސް އުންމީދު ލިބިގެންދިއުމަކީ އަޅުގަނޑުމެންގެ މި އުންމީދީ ހޯޕް އައިލެންޑް ޕްރޮޖެކްޓްގެ އަސްލު ބޭނުން. 

ވަޒީރު ޢަލީ އިޙްސާން

ވަޒީރު ވިދާޅުވީ މިފަދަ ތަނެއް ގާއިމް ކުރުމުގެ މަގްސަދަކީ ކުދިން ޖަލަކަށް ލައިގެން އަދަބުދިނުން ނޫންކަމަށާއި އޭގެ ބަދަލުގައި ޤާނޫނުގެ ތެރެއިން ކުދިންނަށް ބޭނުންވާ ތަޢުލީމާއި އެހެނިހެން ޕްރޮގްރާމުތައް ފުރިހަމަކުރާ ޢަޚުލާގު ރަނގަޅު ދަރިންތަކެއް މުޖުތަމަޢަށް ނެރުމަށް އިސްކަންދެއްވާ ކަމަށެވެ.

ރާއްޖޭގައި ކުށަށް ޒިންމާވާ އުމުރު 12 އަހަރަށް ދަށް ކުރަނީވެސް ކުދިންނަށް ވީހާ އަވަހަށް ނިޒާމުގެ ތެރެއިން ޕްރޮގްރާމުތައް ހިންގައި އެކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިހުސާން ވިދާޅުވީ މިހާރު ރާއްޖޭގެ ކުށުގެ ވެއްޓަށް ބަލާއިރު ކުށަށް އަރައިގަންނަ 12 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިން ގިނަ ވަމުންދާކަމީ ފެންނަން ހުރި ހަޤީޤަތެއް ކަމަށެވެ. އެހެން ކަމުން ނިޒާމުގެ ތެރެއިން އަވަސް ހައްލުތައް ގެނައުމަކީ މުހިއްމުކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުށަށް އަރައިގަންނަ ކުޑަކުދިން ކުށުގެ މާޙައުލުން ދުރުކޮށް އެކުދިން ރަނގަޅު މަގަށް ގެނައުމަށް ރީހެބިލިޓޭޝަން ފެސިލިޓީއެއް ޤާއިމްކުރުމަށް ނިންމާފައިވާކަން ވަޒީރު ހާމަކުރައްވާފައިވަނީ މޭ މަހުގެ 6ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026