ލަންކާ މަގުން ކޮންޓޭނަރު ގެނައުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބިއްޖެ: އެމްޕީއެލް

އ އައިމިނަތުު މުޙައްމަދު
ޚަބަރު 06 Jun 2026

ކޮލަންބޯ ބަނދަރުން ރާއްޖެއަށް ކޮންޓޭނަރު ގެނައުމުގައި ދިމާވެފައިވާ ދަތިތަކަށް މިހާރު ހައްލެއް ލިބިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

އެމްޕީއެލް އިން ބުނި ގޮތުގައި މާލޭ ވިޔަފާރި ބަނދަރަށް މުދާ އުފުލާ އުޅަނދުތައް އަންނަ މިންވަރު މިއަހަރުގެ ކުރީކޮޅުން ފެށިގެން އިތުރުވުމާ ގުޅިގެން، މުދާ ބޭލުމުގައި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ޚާއްޞަކޮށް ބައެއް އުޅަނދުތަކުން ކުރިއަށްވުރެ ގިނަ އަދަދަކަށް ކޮންޓޭނަރު އެއްފަހަރާ ގެންނަން ފެށުމުން، ބަނދަރުގައި މުދާ ބޭލުމަށް ހޭދަވާ ދުވަސް އިތުރުވެގެން ދިޔަކަން އެ ކުންފުނިން ފާހަގަކުރިއެވެ. އަދި ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން، ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގައި ވެސް ދަތިތަކެއް ހުރި ކަމަށް އެމްޕީއެލް އިން ބުންޏެވެ.

ނަމަވެސް، އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުތަކުން ކުރި މަސައްކަތުން، މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން ކޮޅުނބު ބަނދަރުގައި ތާށިވެފައި ހުރި 4،000 އަށްވުރެ ގިނަ ޓީއީޔޫ (ކޮންޓޭނަރު) މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. މިއާއެކު، މާލެ އާއި ކޮޅުނބާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓުތައް މިހާރު އާންމު ޝެޑިއުލްގެ ދަށުން ދަތުރުކުރަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުން ވަނީ މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ތިލަފުއްޓަށް ބަދަލުކުރުމަށް ނިންމާފައެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ޗައިނާގެ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކޮށްފައިވާއިރު، ބަނދަރުގެ 100 މީޓަރުގެ ކީވޯލް ހެދުމާއި އެ ސަރަހައްދުގައި ގާ އެތުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެމްޕީއެލް އިން ބުނީ ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގެ މި ސަރަހައްދުގެ މަސައްކަތް މިއަހަރުގެ އޮކްޓޯބަރު މަހަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މި މަސައްކަތް ނިމުމުން، ކަނޑުމަގުން ގެންނަ މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް އެ ސަރަހައްދުން ދޭން ފަށާނެއެވެ. އަދި މުޅި މަޝްރޫޢު ނިމުމުން، މި ސަރަހައްދު ބޭނުންކުރާނީ އެމްޕީއެލްގެ އުޅަނދުތަކަށް ޚާއްޞަ "ސަރވިސް ކީ" އެއްގެ ގޮތުގައެވެ.

ތިލަފުށިން އެމްޕީއެލްއަށް ލިބިފައިވާ 20 ހެކްޓަރުގެ ބިމުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ނިމުމުން، މުދާ އުފުލާ ބޯޓުތައް ކްލިއަރ ކުރުމަށް މިހާރު ހޭދަވާ 5 ނުވަތަ 6 ދުވަހުގެ ބަދަލުގައި، އެ މަސައްކަތް 48 ގަޑިއިރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޕީއެލް އިން ލަފާކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026