މިފްކޯ އިން މަސް ގަންނަ އަގު 22 ރުފިޔާއަށް ބޮޑުކޮށްފި

ހ ހަޅަ
ޚަބަރު 23 Sep 2026

މިފްކޯއިން މަސް ގަންނަ އަގު މަތިކޮށް، ކިލޯއެއް 22 ރުފިޔާއަށް ގަންނަން ފަށާފައިވާކަމަށް މިފްކޯއިން ބުނެފި އެވެ.

މިއީ ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި މަހުގެ އަގަށް ބަދަލު ގެނައި ހަތަރުވަނަ ފަހަރެވެ. އަދި މިއީ މި ސަރުކާރު ވެރިކަމަށް އައި ފަހުން އެންމެ ބޮޑު އަގެއްގައި މަސްގަންނަންފެށި ފަހަރެވެ.

މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ރަނގަޅުކުރުމަށް މިފްކޯއިން ކުރި މަސައްކަތުން 22 ރުފިޔާއަށް މިއަދު ވަނީ ބޮޑުކޮށްފައެވެ. މިފްކޯއިން އަންނަނީ މަސް ގަންނަ އަގުތަކަށް ބަދަލުގެންނަން ފަށާފައެވެ. މިފްކޯއިން ބުނެފައިވަނީ ކުރިއަށް އޮތްތަނުގައިވެސް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.

މިފްކޯއިން ބުނީ މަސް ގަންނަ އަގު ބިނާވަނީ، ޑިމާންޑާއި ސަޕްލައިއަށް ކަމަށާއި، މިދުވަސްވަރަކީ، މަސްވެރިކަން ދަށް ދުވަސްވަރެއްނަމަވެސް ކުރިއަށް އޮތް ތަނުގައި މިފްކޯއިން މަސް ގަންނަ އަގު މިހާރަށްވުރެ ރަނގަޅުވުންވެސް އެކަށީގެންވާ ކަމަށެވެ.

ސަރުކާރުން ވަނީ، މަސްވެރިންގެ އަތުން މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށް ނުކުރުމަށް ނިންމާފައެވެ.

މަސްވެރިކަން ތަރައްގީ ކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން އެއްވެސް ސަރުކާރަކުން މަސްވެރިކަމަށް އިންވެސްޓު ނުކުރާވަރަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މަސްވެރި ސިނާއަތަށް އިންވެސްޓުކޮށްފައެވެ.އެގޮތުން މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް އަދި އަގު ހެޔޮކޮށް ތެޔޮ ލިބެނޭ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރަށް ރާއްޖޭގެ ދެ ސަރަހައްދެއްގައި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާ އަޅަން ބޭނުންވާ ބިމާ ބަނދަރުގެ މަސައްކަތް ވަނީ ފަށާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ވިމެން އިން ޕޮލިސިންގ ޑޭ ގެ ޚާއްސަ ފޯރަމް ބާއްވައިފި
ވިމެން އިން ޕޮލިސިންގ ޑޭ ގެ ޚާއްސަ ފޯރަމް ބާއްވައިފި
މި ފޯރަމްގެ ތެރެއިން، ވަޒީރު ޢަލީ އިހުސާންގެ ޚާއްސާ މޯޓިވޭޝަނަލް ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ސެޝަންގައި، ފުލުހުންގެ މުއައްސަސާގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުވާލައްވައި، އަންހެން މުވައްޒަފުން ކުރިއެރުވުމަށް ވަޒީރު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރެއްވިއެވެ.
ޚަބަރު 23 Sep 2026
ހަގީގީ ލީޑަރުންނަކީ ތިމާ ވަށައިގެން ތިބި މީހުންނަށް ނަމޫނާ ދައްކާ ހިއްވަރު ގަދަ ބައެއް: އިޙްސާން
ހަގީގީ ލީޑަރުންނަކީ ތިމާ ވަށައިގެން ތިބި މީހުންނަށް ނަމޫނާ ދައްކާ ހިއްވަރު ގަދަ ބައެއް: އިޙްސާން
ވިމެން އިން ޕޮލިސިންގ ޑޭ ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މާލެ ސަރަހައްދުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ފޯރަމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ހަޤީޤީ ލީޑަރުންނަކީ ތިމާވަށައިގެން ތިބި މީހުންނަށް ނަމޫނާ ދައްކާ ހިއްވަރު ގަދަ ބައެއްކަން ފާހަގަކުރައްވާ އަދި އެފަދަ ބަޔަކަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ އަންހެނުން މަސައްކަތް ކުރުމަށް އަންހެން ފުލުހުންނަށް ގޮވާލައްވާފައެވެ.
ޚަބަރު 23 Sep 2026
ޖަލުތަކަށް މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިއްޖެ: ސީޕީ ޒަރީރު
ޖަލުތަކަށް މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިއްޖެ: ސީޕީ ޒަރީރު
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހިންގި "އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް"ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒަރީރު ވަނީ ޖަލުތަކުގައި ޖާގަ އިތުރުކުރަމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށާއި އަދި ކައިރި މުސްތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެއްވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު 23 Sep 2026
ދައުލަތުގެ އެއްވެސް ފައިނޭންޝަލް ކޮމިޓްމަންޓެއް ނެތި ހުޅުމާލޭގައި ހިލޭ 5،000 ހައުސިންގ ޔުނިޓް އަޅައިދެނީ: މާލީ ވަޒީރު
ދައުލަތުގެ އެއްވެސް ފައިނޭންޝަލް ކޮމިޓްމަންޓެއް ނެތި ހުޅުމާލޭގައި ހިލޭ 5،000 ހައުސިންގ ޔުނިޓް އަޅައިދެނީ: މާލީ ވަޒީރު
ރަސްމާލެ ޕްރޮޖެކްޓުގެ އިނިޝިއަލް ކޮމިޓްމަންޓްގެ ގޮތުގައި 500 މިލިއަން ޑޮލަރުގެ ހައުސިންގ ދިވެހި ސަރުކާރުގެ އެއްވެސް ފައިނޭންޝަލް ކޮމިޓްމަންޓެއް ނެތި، ދިވެހި ރައްޔިތުންނަށް އެކި ފެންވަރުގައި ބޭނުންކުރެވޭނެ ގޮތަށް އީގަލް ހިލްސްއިން ތަރައްޤީކޮށްދޭނެ ކަމަށެވެ. އެގޮތުން، ސަރުކާރުން ހުޅުމާލޭގައި ކަނޑައަޅާ ތަނެއްގައި 5،000 ހައުސިންގ ޔުނިޓް އީގަލް ހިލްސްއިން ތަރައްޤީކޮށްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 23 Sep 2026