ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރާނެ ޚަޠީބުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރާނެ ޚަޠީބުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރާނެ ޚަޠީބުން ކަނޑައަޅައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 26 May 2026

ކުރިއަށް އޮތް ޢީދު ނަމާދު މާލެ ސަރަޙައްދުގެ ބޮޑު ޖަމާޢަތްތަކުގައި އިމާމުވެ ނަމާދުކުރައްވާނެ ޚަޠީބުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅައި އިޢުލާންކުރައްވައިފިއެވެ.

އިސްލާމީ އުޞޫލުތައް ކުރިއެރުވުމަށާއި، ދީނީ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމުގެ ދަށުން، މިއަހަރުވެސް މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކަނޑައެޅުނު ސަރަޙައްދުތަކާއި އެ ތަންތަނުގައި އިމާމުވެ ނަމާދުކުރައްވާނެ ބޭފުޅުންނަކީ:

މާލެ ސިޓީ (މާފަންނު ސްޓޭޑިއަމް): މި ސަރަޙައްދުގައި އިމާމުވެ ނަމާދުކުރައްވާނީ އައްޝައިޚް ޢަބްދުﷲ ސަޢުދާން އެވެ.

ހުޅުމާލެ ފޭސް 1 (ސިންތެޓިކް ޓްރެކް): މި ސަރަޙައްދުގައި އިމާމުވެ ނަމާދުކުރައްވާނީ އައްޝައިޚް ނަޞްރުﷲ ޢަލީ އެވެ.

ހުޅުމާލެ ފޭސް 2: މަސްޖިދު ޙަސަން އާދަމް އާއި ނިރޮޅުމަގާ، ހީނާމާހިނގުމާ، ފޭރުގަސްމަގާ އަދި ދުބުރިގަސް މަގާ އެއް އިންކޮށް އޮންނަ ހުސްބިމުގައި އިމާމުވެ ނަމާދުކުރައްވާނީ އަލްޙާފިޡް މުޙައްމަދު ޙަނޫން ޙުސައިން އެވެ.

ވިލިމާލެ (ފުޓްބޯޅަ ދަނޑު): މި ސަރަޙައްދުގައި އިމާމުވެ ނަމާދުކުރައްވާނީ އަލްޤާރީ އަޙްމަދު ރިޔާޟް އެވެ.

މީގެ އިތުރުން މާލޭގެ ބޮޑު ދެ މިސްކިތުގައިވެސް ޚާއްޞަ އިންތިޒާމުތަކެއް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަސްޖިދުލްސުލްޠާން މުޙައްމަދު ތަކުރުފާނުލްއައުޡަމް (އިސްލާމީ މަރުކަޒު) ގައި އިމާމުވެ ނަމާދުކުރައްވާނީ އައްޝައިޚް މުޙައްމަދު ލަޠީފް އެވެ. އަދި މަސްޖިދުލްމަލިކި ސަލްމާން (ސަލްމާން މިސްކިތް) ގައި އިމާމުވެ ނަމާދުކުރައްވާނީ އައްޝައިޚް އިބްރާހިމް ރަޝީދު ޙަސަން އެވެ.

މޫސުން ގޯސްވެ ވިއްސާރައިގެ ސަބަބުން މައިދާންތަކުގައި ނަމާދުކުރުން ކެންސަލް ކުރަން ޖެހިއްޖެ ހާލަތެއްގައި، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައިވެސް ޢީދު ނަމާދު ކުރާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއެވެ.

މިއަހަރުގެ އަޟްޙާ ޢީދު ނަމާދު ކުރަން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 07:00 ގައެވެ. މިނސްޓްރީން އަންނަނީ ޢީދު ނަމާދަށް ބޭނުންވާ އެންމެހާ ތައްޔާރީތައް ވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026