ކޮސޯވޯގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ހ ހުސައިން އިސްމާއިލް
ޚަބަރު 22 Jul 2026

ކޮސޯވޯ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލަންސީ ލޫލްޒީމް ޕްލާނާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ކޮސޯވޯގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކޮސޯވޯ ސަރުކާރުން ދިވެހިރާއްޖެއަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ދެއްވަމުންގެންދަވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ތަޢުލީމީ ދާއިރާއާއި، ޒުވާނުންގެ ތަރައްޤީއާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ އިތުރުން ދެޤައުމުގެ މަސްލަހަތު ހިއްސާކުރާ އެހެނިހެން ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، އެއް ޤައުމުން އަނެއް ޤައުމަށް ދެމުންގެންދާ އެއްބާރުލުން، ދެމެހެއްޓެނިވި ޢަމަލީ ނަތީޖާތަކަކަށް ބަދަލުކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ ޢަޒުމް ދެބޭފުޅުން ވަނީ އައުކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ކޮސޯވޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2009 ވަނަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރަނީ
މާލެ ސަރަޙައްދުގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޚާއްޞަ ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ޚަބަރު 09 Sep 2026
ރައީސް ޑރ. މުޢިއްޒަށް އިންޖިނިއަރިންގ އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: މިނިސްޓަރު މުއްޠަލިބް
ރައީސް ޑރ. މުޢިއްޒަށް އިންޖިނިއަރިންގ އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: މިނިސްޓަރު މުއްޠަލިބް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އިންޖިނިއަރިންގ އެވޯޑެއް ދޭން އުޅޭ ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވަލޮޕްމެންޓް، ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ޚަބަރު 09 Sep 2026
އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލްތައް ސަރުކާރުން ހާމަކުރައްވައިފި
އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލްތައް ސަރުކާރުން ހާމަކުރައްވައިފި
ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާޤާއި ސުލޫކު އަލުން އިޢާދަކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ "އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ މުހިންމު ތަފްޞީލުތައް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ޚަބަރު 09 Sep 2026
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމާއި ރީހެބިލިޓޭޝަނާ ގުޅޭ ފޯރަމެއް ބާއްވައިފި
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމާއި ރީހެބިލިޓޭޝަނާ ގުޅޭ ފޯރަމެއް ބާއްވައިފި
މި ފޯރަމަކީ މަސްތުވާތަކެތީ ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަލުން މުޖުތަމައަށް ނެރުމުގައިހުރި ގޮންޖެހުންތައް ދެނެގަނެ، ކަމާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވި ފޯރަމެކެވެ.
ޚަބަރު 08 Sep 2026