މިނިސްޓަރ ޝިޔާމް
މިނިސްޓަރ ޝިޔާމް

ސޯދިގަކީ އައްޑޫގެ ގޮނޑިއަށް ކަމުދާ ކެނޑިޑޭޓެއް ނޫން: މިނިސްޓަރ ޝިޔާމް

އ އައިމިނަތުު މުޙައްމަދު
ޚަބަރު 23 May 2026

އައްޑޫ ސިޓީގެ ކުރީގެ މޭޔަރ އަބްދުﷲ ސާދިގު (ސޯބެ) އަކީ އައްޑޫގެ ތަރައްގީއަށް އިހުމާލުވެފައިވާ ބޭފުޅެއް ކަމަށާއި، އޭނާއަކީ އައްޑޫގެ ގޮނޑިއަށް ކަމުދާ ކެނޑިޑޭޓެއް ނޫން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް އަހްމަދު ސައީދުގެ ކެމްޕެއިން ލޯންޗުކުރުމަށް ރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ 2008 ވަނަ އަހަރު ވެރިކަން ހިންގާ ގޮތަށް ބަދަލު އައިސް، އަތޮޅުތައް ތަމްސީލުކުރުމަށް ރައްޔިތުން އެންމެ ބޮޑަށް ބޭނުންވި ދުވަސްވަރުން ފެށިގެން، 2011 ވަނަ އަހަރު ލާމަރުކަޒީ ގާނޫނުގެ ދަށުން އައްޑޫގެ ފުރަތަމަ މޭޔަރުގެ ގޮތުގައި ސާދިގު ހޮއްވެވި ކަމަށެވެ. އަދި 2021 ވަނަ އަހަރާ ހަމައަށް 10 އަހަރަށް ވުރެ ގިނަ ދުވަހު އައްޑޫގެ އެންމެ މަތީ މަގާމުގައި ހުންނެވުމުގެ ފުރުސަތު އޭނާއަށް ލިބުނުކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

ނަމަވެސް، އެމްޑީޕީގެ ދެ ސަރުކާރެއްގައި އައްޑޫގެ މެޖޯރިޓީއާއެކު އޮތްއިރުވެސް، އައްޑޫގެ އުމްރާނީ، އިޖްތިމާއީ އަދި އިގުތިޞާދީ ތަރައްޤީއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.

"މީގެ ފުރިހަމަ ޒިންމާ ނަގަން ޖެހެނީ އަބްދުﷲ ސާދިގު. މި ސިޓީގެ ބަސް ބުނުމުގެ އެންމެ މަތީ މަގާމުގައި ހުރެގެން ސިޔާސީ ބޭނުމެއްގައި ނުކުމެ ހުރީ، އެއްވެސް ކަމެއް ކޮށްދޭކަށް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، އެމްޑީޕީން ވެސް ސާދިގަށް "ނޫން" ބުނެފައިވާ ކަމަށެވެ. އެގޮތުން ޖެހިގެން އައި ދައުރުގައި ޕްރައިމަރީ އިންތިހާބުގައި އޭނާ ކުރިމަތިލެއްވި ނަމަވެސް، އެމްޑީޕީގެ މެމްބަރުން އޭނާ ނުހޮވީ އައު ކެނޑިޑޭޓަކާއި ބަދަލަކަށް ބޭނުންވެފައި ތިބުމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ގޭގެއަށް ދިޔުމުން އެނގުނީ މި ދާއިރާގެ ތަރައްގީއަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު،" ރައްޔިތުންގެ އިހުސާސްތައް ހިއްސާކުރައްވަމުން ޝިޔާމް ވިދާޅުވިއެވެ.

މި ޖަލްސާގައި ޝިޔާމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޑޫގެ ތަރައްގީއަށް ގެންގުޅުއްވާ ތަސައްވުރަށް އަލިއަޅުއްވާލައްވައި، ސަރުކާރުގެ ކެނޑިޑޭޓަށް ތާއީދު ކޮށްދިނުމަށް އައްޑޫގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026