ފ. މަގޫދޫއަށް ގެންދިޔަ ޖެންސެޓް / ފޮޓޯ: ފެނަކަ ކޯޕަރޭޝަން
ފ. މަގޫދޫއަށް ގެންދިޔަ ޖެންސެޓް / ފޮޓޯ: ފެނަކަ ކޯޕަރޭޝަން

ފެނަކައިން ދެ ރަށަކަށް އައު ޖެންސެޓްތަކެއް ފޮނުވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 26 May 2026

ފެނަކަ ކޯޕަރޭޝަނުން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ފ. މަގޫދޫ އަދި ރ. އިންނަމާދޫއަށް މުޅިން އައު ދެ ޖެނެރޭޓަރު ފޮނުވައިފިއެވެ.

މީޑިއާ ބްރީފެއްގައި ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި، މި ދެ ރަށަށްވެސް ފޮނުވާފައިވަނީ 400 ކިލޯވޯޓުގެ ދެ ޖެންސެޓެވެ. މި ޖެންސެޓްތައް އިއްޔެގެ ވަގުތެއްގައި އެ ރަށްރަށަށް ގެންގޮސްފައިވާއިރު، މިހާރު ދަނީ ޖެންސެޓްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރަމުންނެވެ. ފެނަކައިން ބުނީ އެ ކުންފުނީގެ އަމާޒަކީ މިއަދުގެ ނިޔަލަށް އިންސްޓޯލްކޮށް ނިންމައި، އައު ޖެންސެޓްތަކުން ޚިދުމަތް ދޭން ފެށުންކަމަށެވެ.

ފ. މަގޫދޫގައި މިހާރު ކަރަންޓުގެ ޚިދުމަތް ދެމުންދަނީ 400 ކިލޯވޯޓުގެ ޖެންސެޓަކާއި 150 ކިލޯވޯޓުގެ ޖެންސެޓެއް ބޭނުންކޮށްގެންނެވެ. ނަމަވެސް ރަށުގެ ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރުމާއެކު، އަލަށް މި އިތުރުކުރެވޭ 400 ކިލޯވޯޓުގެ ކެޕޭސިޓީއާއެކު އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ ދަތިތަކަށް ބޮޑު ޙައްލެއް ލިބިގެންދާނެކަމަށް ވެސް ބުނެފައިވެއެވެ.

ރ. އިންނަމާދޫގެ ޙާލަތަށް ބަލާއިރު، އެ ރަށުގައި މިހާރު ޚިދުމަތް ދިނުމަށް 3 ޖެންސެޓް ބޭނުންކުރަމުންދެއެވެ. ފެނަކައިން ބުނީ އެ ރަށުގެ އިންސްޓޯލްޑް ކެޕޭސިޓީއަކީ ޖުމްލަ 1000 ކިލޯވޯޓު ކަމަށްވީ ނަމަވެސް، ރަށަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ހުރިހާ ޖެނެރޭޓަރެއް އެއްފަހަރާ ހިންގަން ޖެހުމަކީ ޚިދުމަތަށް ބުރޫއެރުމުގެ ފުރުސަތު އޮތް ކަމެއްކަމަށެވެ. އެހެންކަމުން އަލަށް ގެނެވުނު 400 ކިލޯވޯޓުގެ ޖެންސެޓާއެކު، ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި އިތުބާރާއެކު ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.

މި ދެ ރަށަށް ގެނެވުނު އައު ޖެންސެޓްތައް އިންސްޓޯލްކޮށް ޚިދުމަތަށް ނެރުމުން، ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026