ޕޮލިޓެކްނިކްގެ ސެޓިފިކެޓް ލެވެލް ކޯސްތަކަށް ބޮޑު ތަރުހީބެއް

ޕޮލިޓެކްނިކްގެ ސެޓިފިކެޓް ލެވެލް ކޯސްތަކަށް ބޮޑު ތަރުހީބެއް

ހ ހަޅަ
ޚަބަރު 18 Aug 2024

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ މޯލްޑިވްސް ޕޮލިޓެކްނިކް އިން ހިންގާ ނޭޝަނަލް ސެޓިފިކެޓް ލެވެލް ގެ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުން ގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން އަންނަނީ ނޭޝަނަލް ސެޓިފިކެޓް ލެވެލް ކޯސްތައް އެ އިންސްޓިޓިއުޓް، މާލޭގައާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމް ކޮސްފައިވާ އެ އިދާރާގެ ޓްރައިނިންގ ސެންޓަރ ތަކުގައި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން، މަސައްކަތުގެ މައިދާނަށް ނެރުމަށްޓަކައި ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. މި ފަހަކަށް އައިސް އެ އިދާރާއިން ހިންގާ ކޯސްތަކަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މިގޮތުން ނިމިދިޔަ ހަފްތާގެ ތެރޭގައި ޢިއުލާން ކުރި ނޭޝަނަލް ސެޓިފިކެޓް 3 ން ފޮޓޯގްރަފީ، ނޭޝަނަލް ސެޓިފިކްޓް 3 ން، ރެފްރިޖިރޭޓަރ އެންޑް އެއާރ ކޮންޑިޝަނަރ މެކޭނިކް އަދި ލެވެލް 1 ޕޭސްޓްރީ ކޯހުގައި ޖުމްލަ 131 ފަރާތަކުން ބައިވެރިވެފައިވެއެވެ. މިއިން ކޮންމެ ކޯހެއްވެސް އަމާޒުކޮށްފައިވަނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށެވެ.

ޕޮލިޓެކްނިކުން މާލެ ސެންޓަރގައި ފެށުމަށް ހަމަޖެހިފައިވާ ފޮޓޯގްރަފީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު 14 އޮގަސްޓް އަށް ހަމަވެފައިވާއިރު، އެ ކޯހުގައި 51 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އަދި ނެޝަނަލަލް ސެޓްފިކެޓް 3 އިން ރެފްރިޖްރޭޝަން އެންޑް އެއަރކޮންޑިޝަނިންގ ކޯހުގައި ގައި 35 ފަރާތަކުން ބައިވެރިވެފައި ވެއެވެ.މީގެ އިތުރުން ނިމިދިޔަ ހަފްތާގައި އިއުލާންކުރި ތިންވަނަ ކޯހަކީ ފޯމްލަކް ސިޓީގައި ބޭއްވުމަށް އިއުލާންކުރި ޕޭސްޓްރީ އެންޑް ބޭކަރީ ކޯހެވެ. މިއީ ސެޓިފިކެޓް ލެވެލް 1 ގެ ކޯހެކެވެ. މި ކޯހުގައި ބައިވެރިވުމުގެ މުއްދަތު މިއަދަށް (18 އޯގަސްޓް) ށް ހަމަވާއިރު މިހާތަނަށް 45 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

ޕޮލިޓެކްނިކުން ސެޓިފިކެޓް ލެވެލްގެ ކޯސްތައް ހިންގުމުގެ އިތުރުން އެ އިދާރާއިން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި

ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ވެސް ފެށުމަށް މިހާރުވަނީ ތައްޔާރުވެފައެވެ. އެގޮތުން ރާއްޖޭގެ ނަން ހިނގާ ގިނަ ކުންފުނިތަކާއި، ގުޅިގެން އެކި ދާއިރާތަކުން ޤައުމަށް ބެނުންވާ މަސައްކަތްތެރިން ބިނާކުރުމުގެ މަސައްކަތްވެސް ޕޮލިޓެކްނިކުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026