ޕީއެސްއެމްގެ ހުރިހާ ގޮތަކުން އެންމެ ފާހަގަކޮށްލެވޭ މުވައްޒަފަކަށް ހޮވުނު ހަފީޒާ އަބްދުއްސައްތާރަށް ވަޒީރު ޓްރޮފީ ހަވާލުކޮށްދެއްވަނީ
ޕީއެސްއެމްގެ ހުރިހާ ގޮތަކުން އެންމެ ފާހަގަކޮށްލެވޭ މުވައްޒަފަކަށް ހޮވުނު ހަފީޒާ އަބްދުއްސައްތާރަށް ވަޒީރު ޓްރޮފީ ހަވާލުކޮށްދެއްވަނީ

"ބްރޭކިންގް ނިއުސް" ގެ އަވަސްމިނާ އެއްވަރަށް މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަކީ ޒިންމާދާރު ނޫސްވެރިކަން – ވަޒީރު ހީނާ

ހ ހަޅަ
ޚަބަރު 05 May 2026

ޒިންމާދާރު ނޫސްވެރިކަމަކީ އެންމެ އަވަހަށް ޚަބަރެއް ފޯރުކޮށްދިނުމުގެ ވިސްނުމުގައި "ބްރޭކިންގް ނިއުސް" އެއް ތައްޔާރުކުރާއިރުވެސް، މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުން ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ 9 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ޓީވީއެމްގައި ބޭއްވި އެވޯޑް ޝޯ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރުގެ ވާހަކަފުޅުގައި، ޕީއެސްއެމް ނިއުސް ޓީމަކީ ތަޢުލީމީ އަދި ފަންނުވެރި ބައެއްކަން ފާހަގަކުރައްވައި، ދައުލަތުގެ މީޑިއާގައި މަސައްކަތްކުރާއިރު ނޫސްވެރިކަމުގެ ހަރުދަނާ ސިފަތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ދިވެހިބަސް ކުރިއަރުވައި، ކުޑަކުދިން މި ދާއިރާއަށް ޝައުގުވެރިކުރުވުމަށް މަސައްކަތް ކުރުމަށްވެސް އެދިވަޑައިގަތެވެ.

ޕީއެސްއެމްގައި 17 އަހަރު ޚިދުމަތް ކުރައްވާފައިވާ ވަޒީރު ހީނާ ވަލީދުގެ ފަރާތުން ލިބުނު އެހީތެރިކަމަށްޓަކައި، އެ ޗެނަލްގެ ޑެޕިއުޓީ ޑިރެކްޓަރ އަޙުމަދު ޖަދުވާން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވީ، ޓީވީއެމްގެ ނިއުސް ޓީމަކީ ރާއްޖޭގައި އޮތް އެންމެ ތަޖުރިބާކާރު ޓީމު ކަމަށެވެ. އަދި މި ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި، އާންމުންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް އަންނަ އަހަރު ފަރުމާކުރައްވާނެކަން ޝަކީބު އިޢުލާންކުރެއްވިއެވެ.

މިދިޔަ އަހަރު ޕީއެސްއެމް ނިއުސްއަށް އެވްރެޖްކޮށް 2 މިލިއަން ވިއުސް ލިބިފައިވާއިރު، "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމަންޓްރީ ވަނީ އެންމެ މޮޅު ޑޮކިއުމަންޓްރީގެ އެވޯޑް ހޯދާފައެވެ. މިރޭގެ ހަފުލާގައި ތަފާތު 19 ދާއިރާއަކުން އެވޯޑް ދެވުނުއިރު، ހުރިހާ ގޮތަކުން އެންމެ ފާހަގަކޮށްލެވޭ މުވައްޒަފަކަށް ހޮވުނީ ހަފީޒާ އަބްދުއްސައްތާރެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026