ރާއްޖޭގެ ޖޮބް މާކެޓްގައި ކަންކަން ހުރި ގޮތަށް ވިސްނައިގެން އެފުރުޞަތު ހޯދައިދޭން މަސައްކަތްކުރުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ޖޮބް މާކެޓްގައި ކަންކަން ހުރި ގޮތަށް ވިސްނައިގެން އެފުރުޞަތު ހޯދައިދޭން މަސައްކަތްކުރުމަށް އިލްތިމާސްކޮށްފި

ހ ހަޅަ
ޚަބަރު 24 Aug 2024

ރާއްޖޭގެ ޖޮބް މާކެޓްގައި ކަންކަން ހުރި ގޮތަށް ވިސްނައިގެން އެފުރުޞަތު ހޯދައިދޭން މަސައްކަތްކުރުމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އިލްތިމާސް ކުރައްވައިވިއެވެ.

އެ މަނިކުފާނު މި އިލްތިމާސް ކުރެއްވީ ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުގެ އިނާމު ދިނުމަށް، ރޭ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސުކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެެވެ.

ރާއްޖޭގެ ޖޮބް މާކެޓްގައި ކަންކަން ހުރި ގޮތަށް ވިސްނައިގެން އެފުރުޞަތު ހޯދައިދޭން މަސައްކަތް ނުކުރާ ކަމަށްވާ ނަމަ އަލުގަނޑުމެން އުނގެނުމުގައި، އެ ދަސްކުރާ އެއްޗެއްގެ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި އޭގެ ބޭނުންކުރުމުގެ ފުރުޞަތު ދިވެހިރާއްޖޭގައި ހަނި އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

ތަފްޞީލު ދެއްވަމުން ވިލާ އިންޓަރނޭޝަލް ހައި ސުކޫލުގެ ޕްރައިޒް ޑޭ 2024 ގެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ގަލަމު ތުނޑުން ނުވަތަ ލިޔެކިޔުމުން ހަމަ އެކަނި ކަމެއް ކުރުމުގެ ބަދަލުގައި މަސައްކަތްތެރިކަން ނުވަތަ އިންޖިނިއަރިން ފަދަ ދާއިރާތަކުން ދަރިވަރުންގެ އުނގެނުން ކުރިޔަށް ގެންދިއުމުގެ ވިސްނުން މިއަދު ގެންގުމަކީ މުހިންމު ކަމެއް ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުގެ ބެސްޓް އޯލް ރައުންޑްގެ 1 ވަނަ، 2 ވަނަ، އަދި 3 ވަނައަށް ދިޔަ ދަރިވަރުންނަށާއި، ބެސްޓް އެކަޑަމިކް ޕަރފޯމަންސް ހޯދި ދަރިވަރު ރަޔާން އަޙްމަދު އަލީއަށް އިނާމް ހަވާލުކޮށް ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026