ސްޓޭޓް މިނިސްޓަރ ފޮރ އެޑިޔުކޭޝަން ޑރ. އަޙްމަދު މުޙައްމަދު
ސްޓޭޓް މިނިސްޓަރ ފޮރ އެޑިޔުކޭޝަން ޑރ. އަޙްމަދު މުޙައްމަދު

ޔުނެސްކޯގެ 43 ވަނަ ޖެނެރަލް ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ކަންޓްރީ ސްޓޭޓްމަންޓް ހުށަހަޅައިފި

ހ ހަޅަ
ޚަބަރު 05 May 2026

އުޒްބެކިސްތާނުގައި މިހާރު ކުރިއަށްދާ ޔުނެސްކޯގެ 43 ވަނަ ޖެނެރަލް ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފަރާތުން ކަންޓްރީ ސްޓޭޓްމެންޓް ހުށަހަޅައިފިއެވެ. ދިވެހިރާއްޖޭގެ ފަރާތުން މި ސްޓޭޓްމަންޓް ހުށަހެޅުއްވީ ސްޓޭޓް މިނިސްޓަރ ފޮރ އެޑިޔުކޭޝަން ޑރ. އަޙްމަދު މުޙައްމަދު އެވެ. 

މި ބަޔާނުގައި ޑރ. އަޙްމަދު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ނާޒުކު ޙާލަތްތަކުން އަރައިގަތުމަށްޓަކައި "ސިޑްސް" ގެ އެކްޝަން ޕްލޭން ތަންފީޒުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. 

މީގެ އިތުރުން ދެމެހެއްޓިނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަޢުލީމީ ނިޒާމަށް ގެންނަމުންދާ ބަދަލުތައް ޑރ. އަޙްމަދު ވަނީ ޙިއްޞާކުރައްވާފައެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަތީ ސާނަވީގެ ފުރުޞަތުތައް އިތުރުކޮށް, ތަފާތު ލަރނިންގ ޕާތްވޭ ތައް ތައާރަފުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. މި ބަދަލާއެކު ދަރިވަރުންނަށް އެކެޑެމިކް, ވޮކޭޝަނަލް އަދި ސްކިލް-ބޭސްޑް ދާއިރާތަކުގެ ތެރެއިން އެ ދަރިވަރަކު ޚިޔާރުކުރާ ކޮންމެ ދާއިރާއަކުން ކުރިއަށްދިއުމުގެ މަގުފަހިވެގެން ދާނެއެވެ. 

މިއާއެކު މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވާ, އެކަމަށްޓަކައި ކުރެވެމުންވާ މުހިންމު މަސައްކަތްތައް ޙިއްޞާކުރެއްވިއެވެ. އެގޮތުން, މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީ ލިބޭނެ ގޮތް ހަމަޖެއްސުމާއި, ފަންނީ ކުރިއެރުމާއި، މަސައްކަތުގެ މާޙައުލުގެ ފެންވަރު ރަނގަޅުކުރުމަށް ޤައުމީ ޕްރޮގްރާމްތައް ކުރިއަށް ގެންދާކަން ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ކަރިކިޔުލަމް ޑިވެލޮޕްމެންޓަށް އިސްކަންދޭ މިންވަރަށް, މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ވެސް އިސްކަންދޭ.

ޑރ. އަޙްމަދު ވިދާޅުވިއެވެ.

 ޑރ. އަޙްމަދު ވަނީ، ޚާއްޞަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅޭ ދަރިވަރުންނަށް އަމާޒުކޮށްގެން، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކޮށްގެން ތަރައްޤީކުރެވިފައިވާ އެޑެޕްޓިވް ލަރނިންގ ވަސީލަތްތަކާއެކު އުނގެނުމާއި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަން ފާހަގަކުރައްވާފައެވެ. އަދި ތަޢުލީމީ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކުރުމުގައި އަޚްލާޤީ މިންގަނޑުތައް ދެމެހެއްޓުމާއި، ހުރިހާ ދަރިވަރުންނަށް ހަމަހަމަ އަދި ޝާމިލުވެއްޓެއްގައި ޓެކްނޮލޮޖީގެ ފައިދާ ލިއްބައިދިނުމަށް ޔުނެސްކޯއިން މަސައްކަތްކުރައްވާކަން ފާހަގަކުރެއްވިއެވެ. އަދި އެކަން ކާމިޔާބުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރެއްވުމަށް ވެސް ގޮވާލެއްވިއެވެ. 

ނިންމާލުމުގެ ގޮތުން ޑރ. އަޙްމަދު ވަނީ ދެމެހެއްޓެނިވި ތަރައްޤީއާއި, ސަގާފަތް ރައްކާތެރިކުރުމާއި, މޫސޫމީ ބަދަލުތަކަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖޭގެ ޒުވާނުން އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުވާލައްވައި, އެ މަސައްކަތުގައި ޒުވާނުންނަށް އެއްބާރުލުން ދިނުމުގައި ސަރުކާރުން ޔުނެސްކޯއާ އެކު މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. 

ޔުނެސްކޯގެ 43 ވަނަ ޖެނެރަލް ކޮންފަރެންސް ކުރިއަށް ދަނީ އުޒްބެކިސްތާނުގެ ސަމަރކަންޑުގައެވެ. ކޮންމެ 2 އަހަރަކުން ބާއްވާ މި ބައްދަލުވުމުގައި ޔުނެސްކޯގެ 194 މެންބަރު ޤައުމުތަކުގެ އިތުރުން ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ބައިވެރިވެއެވެ.  

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026