ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ދޫކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 22 Jul 2026

މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ލޯކަލް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ސަރުކާރުން 1.5 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް އެންޓަޕްރައިޒުން ހާމަކޮށްފިއެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް' ދައްކާގޮތުން، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 200.5 މިލިއަން ރުފިޔާ ނުވަތަ 16 އިންސައްތައިގެ އިތުރުވުމެކެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މުއްދަތުގައި ސަރުކާރުގެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަށެވެ. މި ފައިސާ އަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން ރަށްރަށުގެ ތަރައްގީއަށާއި އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކައުންސިލްތަކަށް ދޫކުރާ ފައިސާއެވެ.

އިގްތިސާދީ ތަފާސްހިސާބުތަކަށް ބަލާއިރު، ސަބްސިޑީއަށް ކުރި ޚަރަދު ވަނީ 3.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަވި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 86.3 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. ސަރުކާރުގެ ޖުމްލަ ޚަރަދު މިހާރު ވަނީ 24.5 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރަށްވުރެ 21 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރޭގައި ހިމެނެނީ ހިނގަމުންދާ ޚަރަދުގެ ގޮތުގައި 21.4 ބިލިއަން ރުފިޔާއާއި، ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.2 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ ބަޖެޓުން 1.5 ބިލިއަން ރުފިޔާގެ ޑެފިސިޓެއް މި މުއްދަތުގައި ރެކޯޑުކުރެވިފައިވީ ނަމަވެސް، ދަރަނި އަދާކުރުމާއި އިންޓަރެސްޓް ޚަރަދުތައް ނުހިމަނައި ބަލާއިރު، ދައުލަތުގެ ޕްރައިމަރީ ބެލެންސް ހުރީ 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ.

އާމްދަނީގެ ގޮތުގައި ދައުލަތަށް އެންމެ ބޮޑު ހިއްސާއެއް ވެފައިވަނީ ޓޫރިޒަމް ޖީއެސްޓީ (TGST) އެވެ. އެގޮތުން TGST އިން 6.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 7.7 އިންސައްތައިގެ ކުރިއެރުމެކެވެ. ޖުމްލަ ޓެކްސް އާމްދަނީ 11.3 އިންސައްތަ އިތުރުވެ 17.6 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

ޖުމްލަ ގޮތެއްގައި ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީ ވަނީ 23 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ލިބުނު 438.8 މިލިއަން ރުފިޔާ ހިމެނޭއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނައަށްވުރެ ބޮޑު އިތުރުވުމެކެވެ. ނަމަވެސް ޓެކްސް ނޫން އާމްދަނީ 2.9 އިންސައްތަ ދަށަށް ގޮސް، ލިބިފައިވަނީ 4.9 ބިލިއަން ރުފިޔާއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރަނީ
މާލެ ސަރަޙައްދުގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޚާއްޞަ ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ޚަބަރު 09 Sep 2026
ރައީސް ޑރ. މުޢިއްޒަށް އިންޖިނިއަރިންގ އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: މިނިސްޓަރު މުއްޠަލިބް
ރައީސް ޑރ. މުޢިއްޒަށް އިންޖިނިއަރިންގ އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: މިނިސްޓަރު މުއްޠަލިބް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އިންޖިނިއަރިންގ އެވޯޑެއް ދޭން އުޅޭ ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވަލޮޕްމެންޓް، ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ޚަބަރު 09 Sep 2026
އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލްތައް ސަރުކާރުން ހާމަކުރައްވައިފި
އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލްތައް ސަރުކާރުން ހާމަކުރައްވައިފި
ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާޤާއި ސުލޫކު އަލުން އިޢާދަކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ "އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ މުހިންމު ތަފްޞީލުތައް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ޚަބަރު 09 Sep 2026
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމާއި ރީހެބިލިޓޭޝަނާ ގުޅޭ ފޯރަމެއް ބާއްވައިފި
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމާއި ރީހެބިލިޓޭޝަނާ ގުޅޭ ފޯރަމެއް ބާއްވައިފި
މި ފޯރަމަކީ މަސްތުވާތަކެތީ ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަލުން މުޖުތަމައަށް ނެރުމުގައިހުރި ގޮންޖެހުންތައް ދެނެގަނެ، ކަމާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވި ފޯރަމެކެވެ.
ޚަބަރު 08 Sep 2026