އިންޓަޕޯލް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް ހަސަން ސަޢީދު ފުރިހަމަކޮށްފި

ހ ހަޅަ
ޚަބަރު 10 May 2026

ސިންގަޕޫރުގައި ބޭއްވި އިންޓަޕޯލް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް (އައި.އީ.އެލް.ޕީ)ގެ ކޯހޮޓް 2025-2026ގައި ދިވެހި ފުލުހެއް ބައިވެރިވެވަޑައިގެންފިއެވެ.

މި ޕްރޮގްރާމް ފުރިހަމަ ކުރެއްވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ސަޢީދުއެވެ.

އިންޓަޕޯލުން އިންތިޒާމުކޮށްގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަންފީޒީ އިދާރާތަކުގެ އިސް އޮފިސަރުންނަށް އަމާޒުކޮށްގެން ހަތް މަސްދުވަހުގެ މުއްދަތަށް ހިންގާ މި ލީޑަރޝިޕް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 3 ފިވައްސަކަށް ބަހާލައިގެންނެވެ. ތިންވަނަ ފިޔަވަހި ކުރިއަށްދިޔައީ 2026 މެއި 4 އިން 8 އަށެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންގޮސްފައިވަނީ 2025 ނޮވެމްބަރު 2 އިން 7 އަށް ސިންގަޕޫރުގައި ހުންނަ "އިންޓަޕޯލް ގްލޯބަލް ކޮމްޕްލެކްސް ފޯ އިނޮވޭޝަން" ގައެވެ. 2025-2026ގެ މި ބުރުގައި ދުނިޔޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ 20 ގައުމަކުން ޖުމްލަ 24 ސީނިއަރ އޮފިސަރުން ބައިވެރިވެފައިވެއެވެ.

މީގެ ތެރޭގައި ހަތް އަންހެން އޮފިސަރުންވެސް ހިމެނެއެވެ. މި ޕްރޮގްރާމްގެ ދެ ވަނަ ފިޔަވަހި ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

މި ޕްރޮގްރާމަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވަމުންދާ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ ލީޑަރޝިޕް ހުނަރުތަކާއި، ސްޓްރެޓީޖިކް ވިސްނުމާއި، ބައިނަލްއަގުވާމީ ފެންވަރުގައި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތްތައް އުނގަންނައިދިނުމަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.

މީގެ އިތުރުން، އިލްމީ އަދި އަމަލީ ތަޖުރިބާތަކުގެ އަލީގައި ބައިވެރިންގެ ލީޑަރޝިޕް ގާބިލުކަން އިތުރުކުރުމާއި، ބައިނަލްއަގުވާމީ އެއްބާރުލުން ހަރުދަނާކުރުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމަށްޓަކައި އީޖާދީ އައު ގޮތްތައް ހޯދުމަށް މި ޕްރޮގްރާމްގެ ތެރެއިން މަގުފަހިވެގެންދާނެއެވެ.

މި ޕްރޮގްރާމްގެ ބައިވެރިން ކެޕްސްޓޯން ޕްރޮޖެކްޓެއް ފުރިހަމަކޮށްފައިވާއިރު، މި ޕްރޮޖެކްޓް ބިނާވެފައިވަނީ ބައިނަލްއަގުވާމީ ފުލުހުންގެ ލީޑަރޝިޕް، ބައިނަލްއަގުވާމީ ގުޅުންތައް، ޑިޖިޓަލް ޓްރާންސްފޯމޭޝަން އަދި ޕޮލިސިންގ ޑިޕްލޮމަސީ ފަދަ މުހިންމު ދާއިރާތަކުގެ މައްޗަށެވެ.

މި ޕްރޮގްރާމްގެ ފަހު ސެމިނާގައި، ޕްރޮގްރާމްގެ ދިރާސީ ހޯދުންތަކާއި އޭގެ ނަތީޖާތަކާ މެދު މަޝްވަރާކޮށް، އެ ހޯދުންތަކާއި ތަޖުރިބާތައް އަމަލީ ގޮތުން މުއައްސަސާތަކުގައި ތަންފީޒުކުރާނެ ގޮތްތަކާ މެދު ބައިވެރިން ހިޔާލު ބަދަލުކޮށްފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާބިލުކަން އިތުރުކުރުމަށާއި، ފަންނީ ގުޅުންތައް ބަދަހިކުރުމަށާއި، މައުލޫމާތު ހިއްސާކުރުމުގެ ތެރެއިން ޒަމާނީ ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށްޓަކައި، ލީޑަރޝިޕް ތަރައްގީކުރުމާއި ބައިނަލްއަގުވާމީ މައިދާނުގައި ބައިވެރިވެ މުއައްސަސާ އާއި ގައުމު ތަމްސީލް ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ އިސްކަމެއްދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026