"ނޭޝަން ޗެޓް" ޕްރޮގްރާމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
"ނޭޝަން ޗެޓް" ޕްރޮގްރާމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް

ބޭރުގައި ކިޔަވާ ދަރިވަރުންގެ މައްސަލަތަކަށް ޖަވާބުދޭ މުއްދަތު 4 ދުވަހަށް ކުޑަކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 21 May 2026

ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުން ހުށަހަޅާ އެކި މައްސަލަތަކަށް ޖަވާބު ދިނުމަށް ކުރިން ހޭދަވާ ހަތަރު ހަފްތާގެ މުއްދަތު، ހަތަރު ދުވަހަށް ކުޑަކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޭރުގައި ކިޔަވާ ދަރިވަރުންނާއި އެ ދަރިވަރުންގެ އާއިލާތަކަށް ކުރިމަތިވާ މައްސަލަތަކަށް ޖަވާބު ލިބުން ލަސްވުމަކީ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. ނަމަވެސް، ސަރުކާރުގެ ހިންގުމަށާއި ކެބިނެޓަށް ގެނެވުނު ބަދަލުތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިއީ ސަރުކާރުގެ މަސައްކަތުގެ ހަލުވިކަން ނުވަތަ އެފިޝިއެންސީ އިތުރުވެފައިވާކަމުގެ ރީތި މިސާލެއް. އަޅުގަނޑުމެންގެ އަމާޒަކީ މި މުއްދަތު އަދިވެސް އިތުރަށް ކުޑަކުރުން،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ބައެއް މިނިސްޓްރީތަކާއި ކެބިނެޓަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއާއި އާންމުންގެ ޚިޔާލުތަކަށް ބަލާއިރު، ސަރުކާރުގެ ހިންގުމަށް އިޞްލާޙީ ބަދަލުތަކެއް ގެނައުމަށް ރައްޔިތުން އެދޭކަން ހާމަވާ ކަމަށެވެ. އެގޮތުން ގެނެވުނު ބަދަލުތަކަކީ އުނިކަންތައްތައް ރަނގަޅުކޮށް، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އިތުރު ކުރިއެރުން ހޯދުމަށް ކުރެވުނު މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކެބިނެޓަށް ގެނެވުނު ބަދަލުތަކަށްފަހު ބައެއް މިނިސްޓްރީތަކުގެ ހިންގުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރީގެ މިނިސްޓަރުންވެސް މަސައްކަތް ކުރެއްވީ ތެދުވެރިކަމާއެކު ކަމަށެވެ. ނަމަވެސް، ބަދަލުތައް ގެނައީ އިތުރު ނަތީޖާ ހާސިލުކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ކޮންމެ ބަދަލެއް ގެނައުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ. އަދި އާންމުންނަށް ޚިދުމަތް ދިނުމުގައި މިނިސްޓްރީތަކުން މިހާރަށްވުރެ ފަސޭހަ އަދި އަވަސް އިންތިޒާމުތަކެއް ހަމަޖެއްސުމަށް އިރުޝާދު ދެއްވާފައިވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026