އެމްޑީޕީއަކީ ފިތުނައެއް، އެ ޕާޓީގެ ފިކުރުގައި ހުރީ ނަފުރަތާއި ބަދަލުހިފުން: އަޙުމަދު ޞިއްދީޤު

އ އައިމިނަތުު މުޙައްމަދު
ޚަބަރު 02 Jun 2026

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު އަޙުމަދު ޞިއްދީޤު، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޞިއްދީޤު ވިދާޅުވީ ރައީސް ނަޝީދަކީ ކޮންމެ ކަމެއްގައިވެސް ބުނާ ބަހާ އިދިކޮޅަށް ޢަމަލުކުރައްވާ ބޭފުޅެއް ކަމަށެވެ. އެގޮތުން މަސްތުވާތަކެއްޗަކީ ބޯންވާނެ އެއްޗެއް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވައި، ޒުވާނުން އެ މަގަށް ވައްދާފައިވާ ކަމަށް އޭނާ ތުޙުމަތުކުރެއްވިއެވެ.

އެމްޑީޕީގެ އުފެދުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޞިއްދީޤު ވިދާޅުވީ، އެ ޕާޓީއަކީ ނަފުރަތާއި ބަދަލުހިފުމުގެ ތެރެއިން ބޭރުގެ ނުފޫޒާއެކު އުފެދުނު ޕާޓީއެއް ކަމަށެވެ.

އެއް ލަފުޒުން މާނަކުރާނަމަ އެމްޑީޕީއަކީ ފިތުނައެއް. މެޑިކަލް ޓާމަކުން ބުނާނަމަ މިއީ ކެންސަރެއް،

ޞިއްދީޤު ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެ ޕާޓީން މަސައްކަތް ކުރަނީ ވެރިންނާއި ރައްޔިތުންނާ ދެމެދު ޙަސަދަވެރިކަން އުފައްދައި އިތުބާރު ގެއްލުވާލުމަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް ނަޝީދާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން ޞިއްދީޤު ވިދާޅުވީ، އެ ދެ ބޭފުޅުން ބޭރުފުށުން ގުޅިގެން އުޅޭކަމަށް ދެއްކި ނަމަވެސް، ފުރުޞަތެއް ލިބިއްޖެނަމަ ސިޔާސީ ގޮތުން އެކަކު އަނެކަކު ނައްތާލާނެ ކަމަށެވެ. ރައީސް ޞާލިޙަކީ ބަހެއް ބުނާ ބޭފުޅެއް ނޫންކަމަށާއި މަދުން ވާހަކަދައްކާ ބޭފުޅެއްކަމަށް ވިދާޅުވެ ސިއްދީޤު ވިދާޅުވީ އެމަނިކުފާނަކީ މަޖިލީހުގައި އުޅުއްވި އިރުވެސް ބިލެއް ހުށަހެޅުއްވި ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނުގެ އާލާސްކަންފުޅުގެ ޒާތީ މަޢުލޫމާތުތައްވެސް ނަޝީދު އާންމުކުރެއްވީ ގާތް ރަޙުމަތްތެރިއެއްގެ ހައިސިއްޔަތުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދަށް އަމާޒުކޮށް ދެވުނު ޙަމަލާއާ ގުޅިގެން ރައީސް ޞާލިޙަށް ތުޙުމަތުތަކެއް ކުރެވުނު ކަން ފާހަގަކުރެއްވައި ޞިއްދީޤު ވިދާޅުވީ، ދެ ފަރާތުގެ ސަޕޯޓަރުންގެ މެދުގައި އޮތީ މާފު ނުކުރެވޭ ވަރުގެ ބޮޑު މައްސަލައެއް ކަމަށެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާރު އެ ދެ ބޭފުޅުންނަށްވެސް ޖާގައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގައި ޒުވާން ލީޑަރަކު އުފެދިފައި ނުވާތީ ޞިއްދީޤު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވީ ނަޝީދު މަސައްކަތް ކުރައްވަނީ އެމްޑީޕީއަކީ އަމިއްލަ އެއްޗަކަށް ހަދައިގެން، ބޭނުންވާ ބަޔަކު ވައްދައިގެން "ބޯވައެއް" ހެން މުޅި ޕާޓީގެ ކަންކަން ހިންގުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026