އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް: އާ އިންޖީނުގެއަށް ބޭނުންވާ ޖެނެރޭޓަރުތައް ބަނުމުގެ މަސައްކަތް ފަށައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 30 May 2026

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ގާއިމުކުރާ އާ ސެންޓްރަލް ޕަވަރ ސްޓޭޝަނަށް ބޭނުންވާ ޖެނެރޭޓަރު ސެޓްތައް ބަނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފް ޙުސައިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އަފީފް ވިދާޅުވީ، އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަކީ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއް ކަމަށާއި، އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ނިމުމެއް ގެނައުމަށް ކުރާ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ "ޑެފިނިޓް ސޮލިއުޝަންސް" އާއެވެ. މިދިޔަ މާރިޗު މަހުގެ 7 ވަނަ ދުވަހު ހަވާލުކުރި މި މަޝްރޫޢު، އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރު ވަނީ ދީފައެވެ. މިހާރު ކުރިއަށްދަނީ އިންޖީނުތައް ބަނުމުގެ މަސައްކަތާއި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ތައްޔާރީތަކެވެ.

އާ އިންޖީނުގޭގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބެލްޖިއަމްގެ "އެންގްލޯ-ބެލްޖިއަން ކޯޕަރޭޝަން" އިން އުފައްދާ ޒަމާނީ، 'ލޯ-ސްޕީޑް' އިންޖީނުތަކެކެވެ. މިއީ މިހާރު އައްޑޫގައި ބޭނުންކުރާ 'ހައި-ސްޕީޑް' އިންޖީނުތަކާ އަޅާބަލާއިރު މާ ހަރުދަނާ އަދި އާދަޔާޚިލާފު ބަދަލެކެވެ. "މަޝްރޫޢުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް ބޮޑަށް ބަލަމުން މިދަނީ. މިހާރު ފެކްޓްރީގައި އިންޖީނުތައް ބަނުމުގެ މަސައްކަތް ވަނީ ފަށާފައި،" އަފީފް ވިދާޅުވިއެވެ.

މި ބޮޑު މަޝްރޫޢުގެ ދަށުން އައު އިންޖީނުގެއެއް ބިނާކުރުމާއި، 5.2 މެގަވޮޓްގެ ޖުމްލަ 5 ޖެނެރޭޓަރު ސެޓް ބެހެއްޓުމާއި، ފިއުލް ފާމެއް ގާއިމުކުރުމުގެ އިތުރުން ބަންކަރިންގ ޚިދުމަތް ދެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.

އަފީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އައްޑޫގެ މިހާރުގެ އިންޖީނުގޭގައި މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ވަރަށް ދަތި އުނދަގޫ ހާލަތެއްގައެވެ. ކޮންމެ ވަގުތަކުވެސް ކަރަންޓު ކެނޑިދާނެ ކަމުގެ ބިރު އޮތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫޢު ވީހާވެސް އަވަހަށް ނިންމުމަށް ބާރުއަޅަމުންދާ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މީގެ އިތުރުން، އާ އިންޖީނުތައް އާދެވި، އިންސްޓޯލްކޮށް ނިމޭއިރު، އެ ތަކެތި ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ފަންނީ ތަމްރީނުތައް ފެނަކަ މުވައްޒަފުންނަށް ދިނުމަށް ބެލްޖިއަމްގެ ތަޖުރިބާކާރުން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ޚިދުމަތް ފަށާއިރު މުވައްޒަފުން ތިބޭނީ އެންމެ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026