މާފަންނު ސްޓޭޑިއަމްގައި ކުރި ޢީދު ނަމާދުގެ ތެރެއިން، އައްޝައިޚް ޢަބްދުﷲ ސަޢުދާން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މާފަންނު ސްޓޭޑިއަމްގައި ކުރި ޢީދު ނަމާދުގެ ތެރެއިން، އައްޝައިޚް ޢަބްދުﷲ ސަޢުދާން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއަދުގެ ޢީދު ޚުޠުބާގައި ޢީދުގެ އަދަބުތަކާއި މުސްލިމުންގެ އެއްބައިވަންތަކަމުގެ މައްޗަށް އަލިއަޅުވާލައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 27 May 2026

މިއަދު، 10 ذُو الْހިއްޖަ 1447 (27 މެއި 2026) ވީ ބުދަ ދުވަހު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި އަޟުޙާ ޢީދުގެ ބޮޑު ޖަމާޢަތުގައްޔާއި މިސްކިތްތަކުގައި އިއްވި ޢީދު ޚުޠުބާގައި، ޢީދުގެ އަދަބުތަކާއި، އިބްރާހީމް ޢަލައިހިއްސަލާމްގެ މަތިވެރި ޤުރުބާނީ އަދި މުސްލިމް އުންމަތުގެ އެއްބައިވަންތަކަމުގެ މައްޗަށް މުހިންމު ނަސޭހަތްތަކެއް ދީފިއެވެ.

މިއަދުގެ ޚުޠުބާގައި ބަޔާންކުރި ގޮތުގައި، އަޟުޙާ ޢީދު ދުވަހަކީ މުޅި އަހަރުތެރޭގައި އަންނާނެ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ޢީދުގައި މާތް ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ، ގިނަގިނައިން ތަކުބީރު ކިޔުމަކީ ގަދަވެގެންވާ ސުންނަތެއްކަން ޚުޠުބާގައި ފާހަގަކުރިއެވެ. މިގޮތުން ޢަރަފާތު ދުވަހުގެ ފަތިސް ނަމާދުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ތިންވަނަ ދުވަހުގެ ޢަޞްރު ނަމާދާ ހަމައަށް ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި ތަކުބީރު ކިޔުމަށް ވަނީ އިރުޝާދު ދީފައެވެ.

އަޟުޙާ ޢީދުގެ މުހިންމު އެއް އަޅުކަން ކަމުގައިވާ އުޟުޙިޔާ ކަތިލުމާ ގުޅޭގޮތުން ޚުޠުބާގައި ބުނީ، މިއީ އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނު މާތް ﷲގެ އަމުރުފުޅަށް ކިޔަމަންތެރިވެވަޑައިގެން ވެވަޑައިގަތް މަތިވެރި ޤުރުބާނީގެ ހަނދާން އާކޮށްދޭ ކަމެއް ކަމަށެވެ. އަދި އުޟުޙިޔާ ކަތިލުމަކީ ކީރިތި ރަސޫލާ ﷺ ވެސް ކުރެއްވި ގަދަވެގެންވާ ސުންނަތެއްކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.

ޢީދު ފާހަގަކުރުމުގައި ހިފަހައްޓަންޖެހޭ އަދަބުތަކަށް އަލިއަޅުވާލަމުން، އިސްލާމީ ޝަރީޢަތާ ޚިލާފު ކަންކަމުން ދުރުހެލިވުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ. އެގޮތުން މީހުންނަށް ފުރައްސާރަކުރުމާއި، ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުމާއި، އިސްލާމީ ސަގާފަތާ ނުގުޅޭ ކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވިއެވެ. އަދި ޢީދުގެ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވެ، އެހެން ދީންތަކުގެ ޝިޢާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަމުގައި ބަޔާންކުރިއެވެ.

މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުސްލިމުން ޢީދުގެ އުފަލުގައި ބައިވެރިކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތި ހާލުގައި ތިބި މުސްލިމުންގެ މަތިން ހަނދާންކޮށް، އެފަރާތްތަކަށް ހެޔޮ ދުޢާކުރުމަށް ޚުޠުބާގައި ވަނީ ބާރުއަޅާފައެވެ. ޚާއްޞަކޮށް ޤަތުލުޢާންމުތަކާއި ހައިހޫނުކަމުގެ ބިރުވެރިކަމުގައި ތިބި އަޚުންނަށް ނަޞްރާއި ކާމިޔާބަށް އެދި ދުޢާކުރުމަށް ގޮވާލިއެވެ.

ޚުޠުބާ ނިންމާލަމުން، މިއަދުގެ މި ބޮޑު ޖަމާޢަތުން ޤިޔާމަތް ދުވަހުގެ މަޙުޝަރުގެ މައިދާން ހަނދާންކޮށްދޭ ކަމަށް ބުނެ، އެކަކު އަނެކަކަށް މަޢާފުކޮށް، ހިތްތައް ސާފުކުރުމަށް އިލްތިމާސްކުރިއެވެ. ބޮޑާކަމާއި ޙަސަދަވެރިކަމުން ހިތްތައް ތާހިރުކޮށް، ސަލާމަތް ހިތަކާއިގެން މާތް ﷲއާ ބައްދަލުކުރުމަށް ތައްޔާރުވުމަށް ޚުޠުބާގައި ނަސޭހަތްތެރިވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026