ދިޔާނާ ސައީދު އީޔޫގެ ސަފީރުކަމަށް އައްޔަންކުރަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 16 Jul 2026

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިޔާނާގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށެވެ. އެ ދުވަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

ކޮމިޓީން ދިޔާނާގެ ތައުލީމީ ފެންވަރާއި، މަސައްކަތުގެ ތަޖުރިބާ އަދި ގާބިލުކަމަށް ބަލައި ކުރި ދިރާސާއަށްފަހު، އޭނާއަކީ އެ މަގާމަށް އެކަށީގެންވާ ބޭފުޅެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. ދިޔާނާގެ ނަންފުޅު ފާސްކޮށްފައިވަނީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ދިޔާނާ ސައީދަކީ މީގެ ކުރިން ދައުލަތުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވިއިރު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަން ވެސް ކުރެއްވިއެވެ. އީޔޫގެ ސަފީރުކަމަށް އައްޔަންކުރުމަށް ނަން ފޮނުއްވުމުގެ ކުރިން، މިދިޔަ އޭޕްރީލް މަހުން ފެށިގެން އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައެވެ.

މީގެ އިތުރުން، ސައުދީ އަރަބިއްޔާގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު ސަރީރު، ބަހުރޭނަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުގެ މަގާމަށް އައްޔަންކުރުމަށް ވެސް ކޮމިޓީން ވަނީ ރުހުން ދީފައެވެ. މި ނިންމުން ވެސް ކޮމިޓީން ފާސްކުރީ ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޯ.އައި.ސީ. ގެ މެންބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލެއްހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދާނަކުރުމަށް ރާއްޖެއިން ގޮވާލައިފި
އޯ.އައި.ސީ. ގެ މެންބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލެއްހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދާނަކުރުމަށް ރާއްޖެއިން ގޮވާލައިފި
މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އޯ.އައި.ސީ.ގެ ބައްދަލުވުމެއްގައި ވަޒީރު އިރުތިޝާމް ބައިވެރިވަޑައިންނެވި ފުރަތަމަ ފަހަރެވެ.
ޚަބަރު 28 Aug 2026
ރައްޔިތުންގެ އަޑު: ގިނަ ބައެއްގެ ޝަކުވާއަކީ ބޯހިޔާވަހިކަން
ރައްޔިތުންގެ އަޑު: ގިނަ ބައެއްގެ ޝަކުވާއަކީ ބޯހިޔާވަހިކަން
އެ ބައްދަލުވުމުގައި ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނެފައިވަނީ، ދިރިއުޅޭނެ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން މިހާރުވެސް ދިރިއުޅެމުންދަނީ ނުހަނު ދަތިހާލުގައި ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުން ތައާރަފުކުރި އެކިއެކި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެދި ހުށަހެޅި ނަމަވެސް، ތަފާތު ސަބަބުތަކާ ހެދި ލިސްޓުތަކުން ނަން އުނިވެ، އެއްވެސް ސްކީމަކުން ފުރުސަތެއް ލިބިފައިނުވާކަމުގެ ޝަކުވާ ވަނީ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.
ޚަބަރު 28 Aug 2026
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އައު ސްކީމްތަކެއް ފެށުމަށް ތައްޔާރުވަނީ
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އައު ސްކީމްތަކެއް ފެށުމަށް ތައްޔާރުވަނީ
މިފަދަ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހިޔާވެހި ސްކީމަށް ގިނަ އަދަދެއްގެ މީހުން ހުށަހަޅާފައިވާއިރު، އެ މަޝްރޫޢުގެ ދަށުން 1.1 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ޚަބަރު 28 Aug 2026
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026