ރައްޔިތުންގެ އަޑު: ގިނަ ބައެއްގެ ޝަކުވާއަކީ ބޯހިޔާވަހިކަން

ހ ހަޅަ
ޚަބަރު 28 Aug 2026

ރައީސުލްޖުމްހޫރިއްޔާއާ ސީދާ ބައްދަލުކުރުމުގެ މަގު ވީހާވެސް ފަސޭހަކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ތިންވަނަ ބުރުގައި ގިނަ ރައްޔިތުން މައިގަނޑު ގޮތެއްގައި ފާޅުކޮށްފައިވަނީ ގެދޮރުވެރިކަމާ ގުޅުންހުރި ތަކުލީފުތަކެވެ. އަދި ބޯހިޔާވަހިކަމުގެ އިތުރުން ދިރިއުޅުމުގެ އެކި ދާއިރާތަކުން ކުރިމަތިވާ އެހެނިހެން ގޮންޖެހުންތައްވެސް އެ ފަރާތްތަކުން ވަނީ ރައީސާ ހިއްސާކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނެފައިވަނީ، ދިރިއުޅޭނެ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން މިހާރުވެސް ދިރިއުޅެމުންދަނީ ނުހަނު ދަތިހާލުގައި ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުން ތައާރަފުކުރި އެކިއެކި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެދި ހުށަހެޅި ނަމަވެސް، ތަފާތު ސަބަބުތަކާ ހެދި ލިސްޓުތަކުން ނަން އުނިވެ، އެއްވެސް ސްކީމަކުން ފުރުސަތެއް ލިބިފައިނުވާކަމުގެ ޝަކުވާ ވަނީ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.

އެގޮތުން ބައިވެރިއަކު ފާހަގަކުރި ގޮތުގައި، އޭނާއަށް ގިރާވަރު ފަޅުން ބިން ލިބިފައިވީ ނަމަވެސް އެންމެ ބޮޑު އެދުމަކީ ވަންނާނެ ގެދޮރެއް ހަމަޖެހުމެވެ. އަދި އޭނާގެ ފިރިމީހާ އައްޑޫ ސިޓީ ހިތަދޫން ބޯހިޔާވަހިކަމަށް ކުރިމަތިލުމުން ފޯމު ބާތިލުކޮށް ލިސްޓުން އުނިކޮށްފައިވާ ކަމަށާއި، ކައުންސިލުން ލިޔުމެއް ދީ ދެވަނަ ފިޔަވަހީގައި ފުރުސަތު ދޭނެ ކަމަށް ބުނި ނަމަވެސް މިހާތަނަށް އެއްވެސް ޚަބަރެއް ލިބިފައިނުވާ ކަމަށް ބުންޏެވެ.

މީގެ އިތުރުން އެހެން ބައިވެރިއަކު ބުނި ގޮތުގައި، ރައީސް މައުމޫނުގެ ވެރިކަމުގައި ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން އައި ކޮންމެ ސަރުކާރެއްގެ ހައުސިން ސްކީމަކަށް ކުރިމަތިލީ ނަމަވެސް ދުވަހަކުވެސް ގެދޮރެއް ލިބިފައެއް ނުވެއެވެ. އޭނާގެ ފަހުން އައި މީހުންނަށް އެކި ސްކީމުތަކުން ފްލެޓު ލިބެމުންދާއިރު، އޭނާ މާލޭގައި ދިރިއުޅެމުންދަނީ ރައްޓެއްސެއްގެ ގޭގައި ވަރަށް ހާލުގައި ކަމަށް ބުންޏެވެ.

މި އެޕިސޯޑުގައި ބޯހިޔާވަހިކަމުގެ އިތުރުން ވަޒީފާގެ މާހައުލުގައި ދިމާވާ ދަތިތަކާއި ވިޔަފާރި ކުރުމުގައި ހުރި ހުރަސްތަކުގެ ކަންބޮޑުވުންތައްވެސް ވަނީ ހިއްސާކޮށްފައެވެ. ހަމައެއާއެކު ރަށްރަށުގެ މަގުތައް ހަލާކުވެފައިވުމާއި ފެނާއި ނަރުދަމާގެ ނިޒާމުގެ މައްސަލަތައް ފާހަގަކޮށް، ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ހުރި ފުރުސަތުތަކާއި ހިންގިދާނެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުންވެސް ރައީސާ މަޝްވަރާކުރެވުނެވެ.

މިގޮތުން ތ. ކަނޑުދޫއަކީ ބޮޑު އަދި ފެހިކަން ގަދަ ރަށަކަށް ވާތީ، އެހެން ރަށްރަށެކޭ އެއްފަދައިން އެ ރަށުގައިވެސް ފަތުރުވެރިކަން ކުރިއެރުވުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތް ކަމަށް އެ ރަށުގެ ރައްޔިތަކު ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޯ.އައި.ސީ. ގެ މެންބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލެއްހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދާނަކުރުމަށް ރާއްޖެއިން ގޮވާލައިފި
އޯ.އައި.ސީ. ގެ މެންބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލެއްހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދާނަކުރުމަށް ރާއްޖެއިން ގޮވާލައިފި
މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އޯ.އައި.ސީ.ގެ ބައްދަލުވުމެއްގައި ވަޒީރު އިރުތިޝާމް ބައިވެރިވަޑައިންނެވި ފުރަތަމަ ފަހަރެވެ.
ޚަބަރު 28 Aug 2026
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އައު ސްކީމްތަކެއް ފެށުމަށް ތައްޔާރުވަނީ
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އައު ސްކީމްތަކެއް ފެށުމަށް ތައްޔާރުވަނީ
މިފަދަ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހިޔާވެހި ސްކީމަށް ގިނަ އަދަދެއްގެ މީހުން ހުށަހަޅާފައިވާއިރު، އެ މަޝްރޫޢުގެ ދަށުން 1.1 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ޚަބަރު 28 Aug 2026
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026