އެންމެ ފުޅާ ދާއިރާއެއްގައި ޓްއަރިޒަމް ތަރައްޤީ ކުރެވޭނެ ޤާބިލް ފަރާތްތައް ތިއްބެވި ސިޓީއަކީ އައްޑޫ ސިޓީ: ވަޒީރު އާދަމް ޝަރީފް

އެންމެ ފުޅާ ދާއިރާއެއްގައި ޓްއަރިޒަމް ތަރައްޤީ ކުރެވޭނެ ޤާބިލް ފަރާތްތައް ތިއްބެވި ސިޓީއަކީ އައްޑޫ ސިޓީ: ވަޒީރު އާދަމް ޝަރީފް

ހ ހަޅަ
ޚަބަރު 17 Aug 2024

ޓްއަރިޒަމް ދާއިރާގައި އެންމެ ތަޖްރިބާހުރި އަދި އެންމެ ފުޅާދާއިރާ އެއްގައި ޓްއަރިޒަމް ފުޅާކުރެވޭނެ ޤާބިލް ފަރާތްތައް ތިއްބެވި ސިޓީއަކީ އައްޑޫ ސިޓީކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުރިހަމަ ސިޓީ ބްރޭންޑެއް ތަރައްޤީ ކޮށް ޕްރީމިއަރ ބްރޭންޑެއްގެ ގޮތުގައި އައްޑޫ ޕްރޮމޯޓް ކުރުމަށް ޑެސްޓިނޭޝަން އައްޑޫ 2024 ސަމިޓް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ހިންގަމުން ގެންދާ ރިސޯރޓްތަކަށް ބެލިކަމުގައި ވީނަމަވެސް ރިސޯރޓްތަކުގައި ދިވެހިން އެންމެ ގިނަ އަދަދަކަށް މަސައްކަތް ކުރައްވާ ފަރާތްތަކަކީ އައްޑޫސިޓީއަށް ނިސްބަތްވާ ބޭފުޅުން ކަމަށާއި އެހެންކަމުން މަސައްކަތްތެރިކަމާއި އެކަމަށް ބޭނުންވާާ ސްކިލް ބޭފުޅުން އައްޑޫސިޓީގައި ތިއްބެވިކަމީ އައްޑޫގެ ޓްއަރިޒަމް ފުޅާކޮށް ކުރިއަށް ގެންދެވުމަށް ލިބިގެންދާ ހިތްވަރެއް ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މިހާރު ހިނގަމުންދާ ރިސޯރޓް ތަކަށް ބެލިކަމުގައި ވީނަމަވެސް ރާއްޖޭގެ ދިވެހިން އެންމެގިނަ މަތީފަންތީގައިވެސް އެކި އަދި އެކި ފަންތިތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ތިއްބަވާނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ބޭފުޅުން މިނިސްޓަރ ވިދާޅުވިއެވެ.

ވިޔާފާރި ސިނާއަތުގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ބެލިކަމުގައި ވީނަމަވެސް އައްޑޫ ސިޓީއަކީ ރަނގަޅު ތަނެއްކަމަށް ސިފަކުރައްވަމުން އެކަމަށް މިސާލު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ސާދަ ރިސޯރޓެއްގެ އޯނަރުން އައްޑޫސިޓީއަށްް ނިސްބަތްވާކަމަށެވެ.

އައްޑޫ ސިޓީއަކީ ވަރަށް ތަފާތު ސިޓީއެެއް ތަޢުލީމީ ޒުވާނުން ތަކެއް ހާއްސަކޮށް މިފަންނުގައި {ޓްއަރިޒަމް}ފަންނުގައި ކުރިއަރައި ގޮއްސަ ތިބި ބޭފުޅުންތަކެއް ތިއްބެވި ސިޓީއެއް ހަމަ އެއާއި އެކީގައި އައްޑޫ ސިޓީއަކީ ހުރިހާގޮތަކުން ބެލިކަމުގައި ވީނަމަވެސް މިކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެފަ އޮތް ސީޓީއެެއް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ތެރެއިން އައްޑޫ ސިޓީގެ ޓްއަރިޒަމް ކުރިއަރުވަން ކޮށްދެވެން އޮތް މަސައްކަތަތަށް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށް ވިދާޅުވެފައެވެ. މިފަދަ މަސައްކަތްތައް ކުރުމުގެ އަމާޒަކަަށް ވާންވާނީ އައްޑޫ ސިޓީގެ ސިނާއަަތު ކުރިއަރުވަން ކުރާ މަސައްކަތް ތަކުގައި އެންމެން އެކަތިގަނޑަކަށް ވެގެން އެއްބާރުލުން ދެއްވުމަށް އެމަނިކުފާނުވަނީ އައްޑޫ ސިޓީގެ އެންމެހާ ފަރާތްތަކެއްގެ ކިބައިން އެދިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026