ދަރުމަވަންތަ ހޮސްޕިޓަލް / ފޮޓޯ: އަވަސްއެމްވީ
ދަރުމަވަންތަ ހޮސްޕިޓަލް / ފޮޓޯ: އަވަސްއެމްވީ

ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 24 May 2026

ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން، އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެ އެޖެންސީން ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން، މި ބަލިތަކުގެ އިތުރުން މާލެ ސަރަހައްދުގައި ހިމަބިހީގެ ކޭސްތަކެއް ވެސް ވަނީ ފެނިފައެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި، ކުރިއަށް އޮތީ އީދު ބަންދުގެ ދުވަސްވަރު ކަމަށްވުމުން، ރާއްޖޭގެ ބޭރަށާއި އަތޮޅުތެރެއަށް ދަތުރުފަތުރުކުރުން އިތުރުވެ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން ގިނަވާނެތީ ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ:

ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:

  • ބަލީގެ އަލާމާތް ހުރިނަމަ މަޑުކުރުން: ހުންއައިސް ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތެއް ހުރިނަމަ، ގޭގައި މަޑުކުރުމަށާއި އާންމު އެއްވުންތަކަށް ނުދިއުމަށް އިލްތިމާސްކުރެއެވެ.

  • ސިއްހީ ފަރުވާ ހޯދުން: ބަލިޖެހި ހާލަތު ގޯސްވާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދަންވާނެއެވެ. އަދި ފަރުވާ ހޯދަންދާއިރު މާސްކު އެޅުމަށް ސަމާލުކަން ދޭންޖެހެއެވެ.

  • ހިމަބިހި ޓެސްޓުކުރުން: ހިމަބިހިއަށް ޝައްކުވެގެން ޓެސްޓެއް ހަދާފައިވާނަމަ، ނަތީޖާ ލިބެންދެން ގޭގައި މަޑުކުރަންވާނެއެވެ.

  • މާސްކު އެޅުން: އެއާޕޯޓު ޓާމިނަލް، ފެރީ ލައުންޖު އަދި އާންމު ދަތުރުފަތުރުކުރާ އުޅަނދުފަހަރު ފަދަ މީހުން ގިނަ ތަންތަނުގައި މާސްކު އެޅުމަކީ މުހިންމު ކަމެކެވެ.

  • އަތްދޮވުން: ސައިބޯނިލައިގެން ގަވާއިދުން އަތްދޮވުން ނުވަތަ ސެނިޓައިޒާ ބޭނުންކުރުން އާދަކުރަންޖެހެއެވެ.

  • ވެކްސިން ފުރިހަމަކުރުން: ވެކްސިނުން ރައްކާތެރިވެވޭ ބަލިތަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް އެޗްޕީއޭއިން ބާރުއަޅައެވެ.

މަދިރީގެ ޒަރީޢާއިން ޖެހޭ ބަލިތަކުން ރައްކާތެރިވުން:
މަދިރި ހެފުމުން ރައްކާތެރިވުމަށް DEET، IR3535 ނުވަތަ Icaridin އެކުލެވޭ މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ހަށިގަނޑު ބޮޑަށް ނިވާވާގޮތަށް ހެދުން އެޅުމާއި، ގެއާއި ގޯތިތެރޭގައި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ވެސް އެ އެޖެންސީން ވަނީ އެދިފައެވެ.

އެޗްޕީއޭއިން ވަނީ އާންމު ސިއްހަތާ ގުޅުންހުރި މައުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތަކުން ހިއްސާކުރާ މައުލޫމާތަށް ބަރޯސާވުމަށް މީޑިއާތަކަށާއި އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026