އައްޑޫގައި ކުށްކުރުމަށް ބޭނުންކުރާ ގެއެއް ބަންދުކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 09 Jun 2026

އައްޑޫ ސިޓީ ހިތަދޫގައި ވައްކަމާއި، ފޭރުމާއި އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ އެކި ކުށްތަކަށް އަރައިގަތުމަށް ބޭނުންކުރަމުންދިޔަ ގެއެއް، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަންދުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ބަންދުކޮށްފައިވަނީ އެ ރަށު "ލާމިޔާގެ" އެވެ. މި ގެ ބަންދުކޮށްފައިވަނީ މި ޖޫން މަހުގެ 8 ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް، ޖުމުލަ 90 ދުވަހުގެ މުއްދަތަށެވެ.

މި ފިޔަވަޅާ ގުޅޭގޮތުން ފުލުހުން ބުނީ، ލާމިޔާގެއަކީ ގަވާއިދާ ހިލާފު ކަންކަން ކުރުމަށް ބޭނުންކުރާ ތަނެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަނެއް ކަމަށެވެ. އަދި އެ ގޭގައި ހިންގާ ނޭދެވޭ އަމަލުތަކުގެ ސަބަބުން އާންމުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާތީ، އެކި ފަހަރުމަތިން ފުލުހުންނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މި ގެ ބަންދުކުރީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައެވެ.

ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައިވާ މުއްދަތުގައި، އެއްވެސް ފަރާތަކުން ހުއްދައާ ނުލައި އެ ތަނަށް ވަދެނިކުމެ ހެދުމަކީ ގާނޫނީ ގޮތުން ކުށެކެވެ. ފުލުހުން ވަނީ މިފަދަ ތަންތަނަށް ހުއްދަ ނެތި ވަންނަ މީހުންނާއި، ތަނުގެ ސިލްއަށް ނުވަތަ ތަނަށް ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނުގެ ދަށުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު، މަސްތުވާތަކެތި ބޭނުންކުރާ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ. އަދި މިފަދަ ތަންތަން ގިނަވެގެން ތިން މަސް ދުވަހަށް ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބިދީފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ.

މިއީ އައްޑޫ ސިޓީގައި މިގޮތަށް "ޑްރަގް ކެފޭ" އެއް ބަންދުކުރި ފުރަތަމަ ފަހަރެވެ. މީގެކުރިން ފުވައްމުލައް ސިޓީގެ ފުނާޑު އަވަށުގައި ހުންނަ "ގުލިސްތާނުގެ" ވެސް ވަނީ މިފަދަ އަމުރެއްގެ ދަށުން 85 ދުވަހަށް ބަންދުކޮށްފައެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށާއި، އެފަދަ ތަކެތި ބޭނުންކުރާ ތަންތަން ހޯދައި ބަންދުކުރުމަށް ކުރަމުންދާ މަސައްކަތްތައް މުޅި ރާއްޖޭގައިވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޚަބަރު 11 Sep 2026
އޮގަސްޓު މަހު މީރާއިން 2.42 ބިލިއަން ރުފިޔާ ބަލައިގަނެފި
އޮގަސްޓު މަހު މީރާއިން 2.42 ބިލިއަން ރުފިޔާ ބަލައިގަނެފި
އޮގަސްޓު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮގަސްޓު 2026 ގައި ލިބިފައިވާ އާމްދަނީ %14 އިތުރުވި މައިގަނޑު ސަބަބަކީ، 2026 ވަނަ އަހަރުގެ އިންކަމް ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން 02 އޮގަސްޓް 2026 އަށް މުއްދަތު އިތުރު ކޮށްފައިވުމެވެ. މީގެ ސަބަބުން، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ ޓެކްސް، ބޭންކް އިންކަމް ޓެކްސް، އަދި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.
ޚަބަރު 10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެެއްގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުގެ އިތުރުން ވުޒާރާގެ އިސްވެރިންނާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
ޚަބަރު 10 Sep 2026
ސަރުކާރުން މިފަހަރު ހުޅުވާލާފައިވާ ހައުސިން ސްކީމަކީ ދެފުއްފެންނަ، އިންސާފުވެރި ސްކީމަކަށްވާނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ސަރުކާރުން މިފަހަރު ހުޅުވާލާފައިވާ ހައުސިން ސްކީމަކީ ދެފުއްފެންނަ، އިންސާފުވެރި ސްކީމަކަށްވާނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ރައްޔިތުންގެ ބައްދަލުވުމުގެ މި ހަފުތާ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރި ގިނަ އާންމުންގެ މައިގަނޑު ކަންބޮޑުވުމަކަށް ވެފައިވަނީ ގެދޮރުވެރިކަމުގެ ދަތިތަކެވެ. މިގޮތުން އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުންނާއި މީގެ ކުރިން ހިންގި މަޝްރޫޢުތަކުން ބޯހިޔާވަހިކަން ލިބޭގޮތް ނުވުމުގެ ކަންބޮޑުވުންތައް ވަނީ އެމަނިކުފާނާ ހިއްސާކޮށްފައެވެ. މި ޝަކުވާތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ޕޮއިންޓް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަނީ އެންމެ އެކަށޭނަ، ހައްގުވެރި ފަރާތްތަކަށް ފުރުސަތު ކަށަވަރުވާނޭ ފަދަ އުސޫލަކުން ކަމަށެވެ.
ޚަބަރު 10 Sep 2026