ތިން ދައުވާއެއް ސާބިތުވެ، ކުރީގެ ކޮންޓްރޯލާ ޝަމްޢާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 09 Jun 2026

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ދައުލަތުން އުފުލި ޖިނާއީ ބޮޑެތި ތުހުމަތުތަކެއް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ ޖުމްލަ 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމެއް އިއްވާފައެވެ.

މި މައްސަލައިގެ ޝަރީއަތް ނިންމަވައި ގާޒީ އިބްރާހިމް އިޙްސާން ކުރެއްވި ހުކުމުގައިވަނީ، ޝަމްޢާންގެ މައްޗަށް ދައުލަތުން ހުށަހެޅި ތިން ދައުވާ ވެސް އެކަށީގެންވާ މިންވަރަށް ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

ފޭރުމުގެ ކުށުގެ ދައުވާ ސާބިތުވުމާ ގުޅިގެން ޝަމްޢާންގެ މައްޗަށް 8 އަހަރުގެ ޖަލު ހުކުމެއް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، މައްސަލައިގެ ތަހުގީގު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތުތައް އުނިކުރުމަށްފަހު، މި ކުށުގެ އަދަބެއްގެ ގޮތުގައި ތަންފީޒު ކުރަންޖެހޭނީ 7 އަހަރާއި 2 މަހާއި 20 ދުވަހެވެ. މީގެ އިތުރުން، ފޭރުމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތަށް ބަދަލުގެ ގޮތުގައި 5 ލައްކަ ރުފިޔާ، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ކޯޓުން ވަނީ ލާޒިމުކޮށްފައެވެ.

ދެވަނަ ދައުވާ ކަމަށްވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި އޭނާގެ މައްޗަށް ވަނީ 2 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެންމެ ބޮޑު އަދަބެއް އައީ މަނީ ލޯންޑަރިންގެ ދައުވާގައެވެ. އެ ކުށް ސާބިތުވުމުން 15 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރުން، 5 ލައްކަ ރުފިޔާއިން އޭނާ ޖޫރިމަނާ ކުރުމަށްވެސް ގާޒީ ވަނީ ހުކުމް ކުރައްވާފައެވެ.

މި މައްސަލައިގައި ޝަމްޢާންގެ ގެއިން ފުލުހުން ހޯދި ފައިސާތަކާ މެދުވެސް ކޯޓުން ވަނީ މުހިންމު ނިންމުމެއް ނިންމާފައެވެ. އެގޮތުން، މަނީ ލޯންޑާކުރި ކަމަށް ބެލެވޭ ފައިސާގެ ތެރެއިން އޭނާގެ ގެއިން ފެނުނު 250,000 ރުފިޔާ ދައުލަތަށް ނެގުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އޭނާގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ބުނާ އިތުރު 400,000 ރުފިޔާގެ ތެރެއިން ބާކީ ނުފެނިވާ 150,000 ރުފިޔާއަށް ވާ މިންވަރުވެސް، އޭނާގެ ގެއިން ފުލުހުން ހިފަހައްޓާފައިވާ ފައިސާގެ ތެރެއިން ދައުލަތަށް ނެގުމަށް ކޯޓުން ވަނީ އަމުރު ނެރެދެއްވާފައެވެ.

މި ހުކުމަކީ ދައުލަތުގެ މުއައްސަސާތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ހިންގާ ކޮރަޕްޝަނާއި ނޭދެވޭ އަމަލުތަކާ ދެކޮޅަށް ޝަރުއީ ދާއިރާއިން އެޅި ހަރުކަށި ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޚަބަރު 11 Sep 2026
އޮގަސްޓު މަހު މީރާއިން 2.42 ބިލިއަން ރުފިޔާ ބަލައިގަނެފި
އޮގަސްޓު މަހު މީރާއިން 2.42 ބިލިއަން ރުފިޔާ ބަލައިގަނެފި
އޮގަސްޓު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮގަސްޓު 2026 ގައި ލިބިފައިވާ އާމްދަނީ %14 އިތުރުވި މައިގަނޑު ސަބަބަކީ، 2026 ވަނަ އަހަރުގެ އިންކަމް ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން 02 އޮގަސްޓް 2026 އަށް މުއްދަތު އިތުރު ކޮށްފައިވުމެވެ. މީގެ ސަބަބުން، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ ޓެކްސް، ބޭންކް އިންކަމް ޓެކްސް، އަދި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.
ޚަބަރު 10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެެއްގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުގެ އިތުރުން ވުޒާރާގެ އިސްވެރިންނާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
ޚަބަރު 10 Sep 2026
ސަރުކާރުން މިފަހަރު ހުޅުވާލާފައިވާ ހައުސިން ސްކީމަކީ ދެފުއްފެންނަ، އިންސާފުވެރި ސްކީމަކަށްވާނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ސަރުކާރުން މިފަހަރު ހުޅުވާލާފައިވާ ހައުސިން ސްކީމަކީ ދެފުއްފެންނަ، އިންސާފުވެރި ސްކީމަކަށްވާނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ރައްޔިތުންގެ ބައްދަލުވުމުގެ މި ހަފުތާ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރި ގިނަ އާންމުންގެ މައިގަނޑު ކަންބޮޑުވުމަކަށް ވެފައިވަނީ ގެދޮރުވެރިކަމުގެ ދަތިތަކެވެ. މިގޮތުން އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުންނާއި މީގެ ކުރިން ހިންގި މަޝްރޫޢުތަކުން ބޯހިޔާވަހިކަން ލިބޭގޮތް ނުވުމުގެ ކަންބޮޑުވުންތައް ވަނީ އެމަނިކުފާނާ ހިއްސާކޮށްފައެވެ. މި ޝަކުވާތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ޕޮއިންޓް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަނީ އެންމެ އެކަށޭނަ، ހައްގުވެރި ފަރާތްތަކަށް ފުރުސަތު ކަށަވަރުވާނޭ ފަދަ އުސޫލަކުން ކަމަށެވެ.
ޚަބަރު 10 Sep 2026