މަތީ ތަޢުލީމު ފުރިހަމަކޮށް ރާއްޖެ އަންނަ ޒުވާނުންނަކީ ހުނަރުތަކުން ފުރިގެންވާ، ހަރުދަނާ ބައެއް: މިނިސްޓަރ

މަތީ ތަޢުލީމު ފުރިހަމަކޮށް ރާއްޖެ އަންނަ ޒުވާނުންނަކީ ހުނަރުތަކުން ފުރިގެންވާ، ހަރުދަނާ ބައެއް: މިނިސްޓަރ

ހ ހަޅަ
ޚަބަރު 14 Aug 2024

މަތީ ތަޢުލީމު ފުރިހަމަކޮށް ރާއްޖެ އަންނަ ޒުވާނުންނަކީ 21 ވަނަ ޤަރުނަށް ބޭނުންވާ ހުނަރުތަކުން ފުރިގެންވާ، ހަރުދަނާ ޒުވާނުންތަކެއް ކަމަށް މިނިސްޓްރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެންވިދާޅުވީ، ޝީވްނިންގ/މޯލްޑިވިސް ސްކޮލަރޝިޕްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.

އެކަމަނާ ވިދާޅުވީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން މަސައްކަތްކުރަމުން ދަނީ ދިވެހި ޒުވާނުން އެކި ދާއިރާތަކަށް ހޭލުންތެރިކުރުވައި، ޒުވާނުންގެ ވިސްނުން ތަރައްޤީކުރުމާއި، ދިވެހިރާއްޖޭގެ މުސްތަޤްބަލް ބިނާ ކުރުމަށް ކަމަށެވެ.

އެކަމަނާގެ މި ވާހަކަފުޅުގައި، އިނގެރޭސި ވިލާތުން ދެއްވާ ޝީވްނިންގ ސްކޮލަޝިޕްއަކީ ގިނަ އަދަދެއްގެ ދިވެހި ޒުވާނުން ޝައުގުވެރިވާ ސްކޮލަޝިޕެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އިނގެރޭސި ވިލާތުން ދިވެހި ރާއްޖެއަށް ދެއްވާ ސްކޮލަރޝިޕްތަކާއި އެ ސްކޮލަޝީޕްތަކަށް ދަރިވަރުން ހޮވުމުގައި ދެއްވި އެއްބާރުލުމާއި އެހީއަށް ވަނީ ޝުކުރުޢަދާކުރައްވާފައެވެ.

އިނގެރޭސި ވިލާތް ފަދަ ޤައުމެއްގައި، ތަފާތު ސަޤާފަތްތަކާއި އާދަކާދަތަކުގެ ތެރޭގައި، ތަޢުލީމު ހާޞިލުކުރަމުންދާއިރު ދިވެހި ދަރިވަރުންނަށް އައު ކަންތައްތަކެއް ދަސްވުމުގެ އިތުރުން ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެކަމާއި، ނަމަވެސް މަތީ ތަޢުލީމު ފުރިހަމަކުރުމަށްފަހު ރާއްޖެ އެނބުރި އަންނަ ޒުވާނުންނަކީ އެފަދަ ގޮންޖެހުންތަކުން އަރައިގަންނަ، 21 ވަނަ ގަރުނަށް ބޭނުންވާފަދަ ހުނަރުތަކުން ފުރިގެންވާ ހަރުދަނާ ޒުވާނުންތަކެއް

ޝީވްނިންގ/މޯލްޑިވިސް ސްކޮލަޝިޕްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާގެ އިތުރުން، އެ ވުޒާރާގެ ބައެއް އިސްބޭފުޅުންނާއި މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ބްރިޓިޝް ހައި ކޮމިޝަންގެ އިސްބޭފުޅުން ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝިޕް ކޮމިޝަންކޮށްދެެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރަށް ނަންދީފައިވަނީ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގެ ނަމުންނެވެ.
ޚަބަރު 27 Jul 2026
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ އެއްވެސް ރަށެއް ބާކީނުކޮށް، ކޮންމެ ރަށެއްގައި އެންމެ ޒަމާނީ ފެންވަރުގެ ފިޓްނަސް ރެކްރިއޭޝަން މަރުކަޒުތަކާއި އައުޓްޑޯ ޖިމްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޚަބަރު 24 Jul 2026
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގައި ވާހަކަފުޅު ދައްކަވަމުން، މާލޭގައި ހުންނަ ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް ރާއްޖޭގެ އެކި ސިޓީތަކާއި އަތޮޅުތަކުގައި ޒަމާނީ 'ޔޫތު ހަބް' ތައް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ޚަބަރު 24 Jul 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ އާއި މިއަދު ވަނީ މި އައްޔަންކުރުންތަކުގެ ތަފްސީލު ހާމަކޮށްފައެވެ.
ޚަބަރު 24 Jul 2026