އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް "އިތާ" ޕޯޓަލް އިފްތިތާޙުކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 16 Jul 2026

ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް ހަރުދަނާކޮށް، ޒަމާނީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މަޢުލޫމާތު ބެލެހެއްޓުމަށްޓަކައި އެކުލަވައިލި "އިތާ" އިންފޮމޭޝަން މެނޭޖްމަންޓް ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

ސިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ އެ ވުޒާރާގެ ވަޒީރު ގީލާ އަލީ އެވެ. ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ތަޢާރަފުކުރި މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ އިޖުތިމާޢީ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ވުޒާރާއިން ބަލަމުންދާ އެކި ބާވަތުގެ މައްސަލަތަކުގެ ލިޔެކިޔުންތައް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމެވެ. މީގެ ތެރޭގައި މައްސަލަ ބަލައިގަތުމުން ފެށިގެން، މައްސަލަ ނިމުމާ ހަމައަށް ކުރަންޖެހޭ އެންމެހައި ކަންކަން ޑިޖިޓަލްކޮށް ބެލެހެއްޓޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ގީލާ އަލީ ވިދާޅުވީ، "އިތާ" ޕޯޓަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތައް ޑިޖިޓަލްކޮށް، ފަސޭހަކަމާއެކު އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ޕޯޓަލްގެ ސަބަބުން މަސައްކަތުގެ ދުވެލި ހަލުވިވެ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު) މެދުވެރިކޮށް މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި މައްސަލަތަކުގެ ތާރީޚު ބެލުމަށް މުވައްޒަފުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި އެކި މުއައްސަސާތަކުގެ މެދުގައި މައްސަލަތައް ރިފަރކުރުމާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ވިލަރެސްކުރުން މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށް ވުޒާރާއިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، މި ނިޒާމާއެކު މައްސަލަ ބެލުމުގައި ކަރުދާސް ފައިލް ބޭނުންކުރުން ހުއްޓުމަކަށް އައިސް، ރައްޔިތުންގެ ހައްސާސް މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ސަބަބުން ވުޒާރާގެ ޚިދުމަތްތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، ކޯލް ސެންޓަރު މެދުވެރިކޮށް މައްސަލަތަކުގެ އަދާހަމަ މަޢުލޫމާތު އަވަހަށް ފޯރުކޮށްދެވޭނެއެވެ. މިއީ ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ނުތަނަވަސްކަމަށް ލިބޭނެ ދާއިމީ ހައްލެއް ކަމަށްވެސް ވުޒާރާއިން ފާހަގަކުރެއެވެ.

"އިތާ" ޕޯޓަލްގެ ސަބަބުން "ހާލު ކިހިނެއް" ޕްރޮގްރާމާއި، ސަރުކާރުގެ އެހޭ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ "އިބަމަ" ޕްރޮގްރާމުގެ މަސައްކަތްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން އެކި ޓީމުތަކުން އެއް ގެއަކަށް ޒިޔާރަތްކޮށް ތަކުރާރުކޮށް މަޢުލޫމާތު ސާފުކުރުން ހުއްޓުމަކަށް އައިސް، ޚިދުމަތުގެ ފެންވަރު މަތިވެ، މުވައްޒަފުންނާއި ރައްޔިތުންނަށް ވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޯ.އައި.ސީ. ގެ މެންބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލެއްހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދާނަކުރުމަށް ރާއްޖެއިން ގޮވާލައިފި
އޯ.އައި.ސީ. ގެ މެންބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލެއްހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދާނަކުރުމަށް ރާއްޖެއިން ގޮވާލައިފި
މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އޯ.އައި.ސީ.ގެ ބައްދަލުވުމެއްގައި ވަޒީރު އިރުތިޝާމް ބައިވެރިވަޑައިންނެވި ފުރަތަމަ ފަހަރެވެ.
ޚަބަރު 28 Aug 2026
ރައްޔިތުންގެ އަޑު: ގިނަ ބައެއްގެ ޝަކުވާއަކީ ބޯހިޔާވަހިކަން
ރައްޔިތުންގެ އަޑު: ގިނަ ބައެއްގެ ޝަކުވާއަކީ ބޯހިޔާވަހިކަން
އެ ބައްދަލުވުމުގައި ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނެފައިވަނީ، ދިރިއުޅޭނެ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން މިހާރުވެސް ދިރިއުޅެމުންދަނީ ނުހަނު ދަތިހާލުގައި ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުން ތައާރަފުކުރި އެކިއެކި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެދި ހުށަހެޅި ނަމަވެސް، ތަފާތު ސަބަބުތަކާ ހެދި ލިސްޓުތަކުން ނަން އުނިވެ، އެއްވެސް ސްކީމަކުން ފުރުސަތެއް ލިބިފައިނުވާކަމުގެ ޝަކުވާ ވަނީ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.
ޚަބަރު 28 Aug 2026
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އައު ސްކީމްތަކެއް ފެށުމަށް ތައްޔާރުވަނީ
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އައު ސްކީމްތަކެއް ފެށުމަށް ތައްޔާރުވަނީ
މިފަދަ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހިޔާވެހި ސްކީމަށް ގިނަ އަދަދެއްގެ މީހުން ހުށަހަޅާފައިވާއިރު، އެ މަޝްރޫޢުގެ ދަށުން 1.1 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ޚަބަރު 28 Aug 2026
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026