ފ. ނިލަންދޫގެ ކުރީގެ ކަތީބު އަޙްމަދު މޫސާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 12 Jun 2026

ފ. ނިލަންދޫއަށް ދިގު މުއްދަތެއްގައި ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި ދަނޑުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު 1992 ވަނަ އަހަރު ހާސިލުކުރައްވާފައިވާ އެ ރަށު، އަތިރީގޭ އަޙްމަދު މޫސާ (ކަތީބު ދޮންބެ) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އަޙްމަދު މޫސާ އަވަހާރަވީ އުމުރުފުޅުން 100 އަހަރުގައެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަތީބު ދޮންބެ އަވަހާރަވުމަކީ ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އިޙްސާސްކުރެއްވި ޚަބަރެއް ކަމަށެވެ.

ނިލަންދޫގެ ކަތީބުކަމުގެ މަޤާމުގައި ހުންނަވައިގެން އެ ރަށަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކާއި، އެ މަރުޙޫމުގެ އަމާނާތްތެރިކަމާއި ހިތްޕުޅު ހެޔޮކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއީ އެތައް މަސައްކަތެއް ކުރެއްވުމުގެ ހުނަރާއި، މުރާލި އަދި ހަރުދަނާ ޝަޚްޞިއްޔަތެއްގެ ވެރިއެއް ކަމަށާއި، އެއީ މުޅި ދިވެހިރާއްޖެއަށް އޮތް ރީތި ނަމޫނާއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވިދާޅުވީ، އަޙްމަދު މޫސާގެ އުފަން ދަރީންނާއި ކާފަ އަދި މުނިކާފަ ދަރީންގެ ތެރޭގައިވެސް ވަރަށް ތަޢުލީމީ ޤާބިލް އެތައް ޚިދުމަތްތެރީންނެއް ތިއްބެވިކަމީ، އެމަރުޙޫމްގެ ޙަޔާތްޕުޅުގައި ލިބިވަޑައިގަތް ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމް އަޙްމަދު މޫސާގެ ލޮބުވެތި ޢާއިލާއަށާއި ފ. ނިލަންދޫގެ ހުރިހާ ރައްޔިތުންނަށް އިޚުލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި މަރުޙޫމް ލެހެއްޓެވުމަށް އެދި ދުޢާކުރައްވާފައިވެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ނަޝީދު އެމްޑީޕީގެ ބާރުގެ މުގުލަށް – މިއީ ޕާޓީގެ ކުރިއެރުމެއްތަ؟ ނޫނީ ނިމުމުގެ ފެށުމެއްތަ؟
ނަޝީދު އެމްޑީޕީގެ ބާރުގެ މުގުލަށް – މިއީ ޕާޓީގެ ކުރިއެރުމެއްތަ؟ ނޫނީ ނިމުމުގެ ފެށުމެއްތަ؟
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ނިމި، ޕާޓީގެ ޗެއަރޕާސަންގެ މަޤާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުވުމާއެކު، އެ ޕާޓީގެ "އެތެރެ ފަނިވެފައިވާ" މިންވަރު މުޅި ޤައުމަށް ހާމަވެގެން ގޮސްފިއެވެ.
ރިޕޯޓް 13 Jun 2026
ދ. މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ސުހާ ކާމިޔާބުކުރައްވައިފި
ދ. މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ސުހާ ކާމިޔާބުކުރައްވައިފި
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ރަށު ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދައިފިއެވެ.
ޚަބަރު 13 Jun 2026
ކޮރަޕްޝަން ހުއްޓުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް: މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު
ކޮރަޕްޝަން ހުއްޓުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް: މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު
ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަން ނައްތާލައި، ނަޒާހަތްތެރިކަން ގާއިމުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ޚަބަރު 13 Jun 2026
ދިފާޢީ ވަޒީރު އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގެ އެއަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައިފި
ދިފާޢީ ވަޒީރު އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގެ އެއަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައިފި
ދިފާޢީ އަދި ވަތަނީ ޚިދުމަތާބެހޭ ވަޒީރު އޮނަރަބަލް ޙަސަން ރަޝީދު، އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގައި ޤާއިމްކޮށްފައިވާ އެއަރ ސްޓޭޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޚަބަރު 13 Jun 2026