މިސްރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 23 Jul 2026

މިޞްރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ޢާދިލް އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވާފައިވެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙުމަތްތެރިކަމުގެ އަގުވަޒަންކުރައްވައި، ޚާއްޞަކޮށް މިޞްރުގެ ސަރުކާރުން ދިވެހި ދަރިވަރުންނަށް ދެއްވާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕްގެ ފުރުޞަތުތަކަށާއި، މިޞްރުގެ ޞިއްޙީ ދާއިރާގެ ބޭފުޅުން ރާއްޖޭގައި ކުރައްވާ ޚިދުމަތްތަކަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޤައުމުގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި މިޞްރާ ގުޅިގެން މަސައްކަތްކުރެއްވުމުގެ ޢަޒުމުގައި ހުންނެވިކަން ހާމަކުރައްވައި އެމަނިކުފާނު ވަނީ، ޘަޤާފީ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި، ތަޢުލީމީ ދާއިރާ އާއި، ސަލާމަތީ އަދި ދިފާޢީ ދާއިރާއިން ދެ ޤައުމުން އެކުގައި މަސައްކަތްކުރުންމަތީ ދެމި ތިބޭނޭކަމުގެ ޔަޤީންކަން އޮތްކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ރާއްޖެ އާއި މިޞްރާ ދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ފަރާތުންވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރަނީ
މާލެ ސަރަޙައްދުގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޚާއްޞަ ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ޚަބަރު 09 Sep 2026
ރައީސް ޑރ. މުޢިއްޒަށް އިންޖިނިއަރިންގ އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: މިނިސްޓަރު މުއްޠަލިބް
ރައީސް ޑރ. މުޢިއްޒަށް އިންޖިނިއަރިންގ އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: މިނިސްޓަރު މުއްޠަލިބް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އިންޖިނިއަރިންގ އެވޯޑެއް ދޭން އުޅޭ ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވަލޮޕްމެންޓް، ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ޚަބަރު 09 Sep 2026
އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލްތައް ސަރުކާރުން ހާމަކުރައްވައިފި
އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލްތައް ސަރުކާރުން ހާމަކުރައްވައިފި
ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާޤާއި ސުލޫކު އަލުން އިޢާދަކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ "އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ މުހިންމު ތަފްޞީލުތައް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ޚަބަރު 09 Sep 2026
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމާއި ރީހެބިލިޓޭޝަނާ ގުޅޭ ފޯރަމެއް ބާއްވައިފި
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމާއި ރީހެބިލިޓޭޝަނާ ގުޅޭ ފޯރަމެއް ބާއްވައިފި
މި ފޯރަމަކީ މަސްތުވާތަކެތީ ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަލުން މުޖުތަމައަށް ނެރުމުގައިހުރި ގޮންޖެހުންތައް ދެނެގަނެ، ކަމާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވި ފޯރަމެކެވެ.
ޚަބަރު 08 Sep 2026