ކޮންގޯގެ ބުނިޔާ ސިޓީގައި އީބޯލާ ބަލި ފެތުރުމާ ގުޅިގެން، އާންމުން ހޭލުންތެރިކުރުވުމަށް 25 މޭ 2026 ގައި ބޭއްވި ހަރަކާތުގެ ތެރެއިން، ރެޑް ކްރޮސްގެ ވޮލަންޓިއަރު ވޭނީ ބިރުންގީ މީހުންނާ މުއާމަލާތް ކުރައްވަނީ. (ފޮޓޯ: އޭޕީ / މޯސެސް ސަވަސަވާ)
ކޮންގޯގެ ބުނިޔާ ސިޓީގައި އީބޯލާ ބަލި ފެތުރުމާ ގުޅިގެން، އާންމުން ހޭލުންތެރިކުރުވުމަށް 25 މޭ 2026 ގައި ބޭއްވި ހަރަކާތުގެ ތެރެއިން، ރެޑް ކްރޮސްގެ ވޮލަންޓިއަރު ވޭނީ ބިރުންގީ މީހުންނާ މުއާމަލާތް ކުރައްވަނީ. (ފޮޓޯ: އޭޕީ / މޯސެސް ސަވަސަވާ)

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން ސެލްފް-ޑެކްލެރޭޝަން ފޯމު ފުރިހަމަކުރަން އަންގައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 29 May 2026

އިންޑިއާއަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން، ދަތުރު ފެށުމުގެ ކުރިން ސިއްހީ ހާލަތު ބަޔާންކުރާ ހާއްސަ ފޯމެއް ފުރަންޖެހޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިފިއެވެ.

އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން މިގޮތަށް ނިންމީ، ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުންދާ އިބޯލާ ވައިރަހާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެކުލަވާލި މި އައު އުސޫލުގެ ދަށުން، ކޮންމެ ފަސިންޖަރަކުވެސް "ސެލްފް-ޑެކްލަރޭޝަން" ފޯމު ފުރިހަމަކުރުން މިހާރު ވަނީ މަޖުބޫރުކޮށްފައެވެ.

އިންޑިއާ ސަރުކާރުގެ މި ނިންމުމާ ގުޅިގެން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވަނީ ދަތުރުވެރިންނަށް މިކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެ އެއާލައިނުން ބުނި ގޮތުގައި، ދަތުރުވެރިން ފުރަންޖެހޭ ފޯމު މޯލްޑިވިއަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި ފޯމު ފުރިހަމަކުރުމަށްފަހު، އިންޑިއާއަށް ގޮސް އެ ގައުމުގެ ހެލްތު އެންޑް އިމިގްރޭޝަން ކައުންޓަރަށް ހުށަހަޅަންޖެހޭނެއެވެ.

އިންޑިއާގެ އެއާޕޯޓުތަކުގައި ބަލިތައް މޮނިޓާކުރުމުގެ ނިޒާމު ވަރުގަދަކުރުމަށް އެކުލަވާލި މި އެސްއޯޕީގެ ދަށުން، ބައިނަލްއަގުވާމީ ފްލައިޓްތައް އަންނަ ޓާމިނަލްތަކުގައި ތާމަލް ސްކޭނަރު ބޭނުންކޮށްގެން ފަސިންޖަރުންގެ ހުން ހުރިތޯ ބަލާނެއެވެ. އަދި ފްލައިޓްތަކުގެ ތެރޭގައި ބަލީގެ އަލާމާތްތަކާ ބެހޭ މައުލޫމާތު ދިނުމާއި، އިބޯލާ ފެތުރިފައިވާ ގައުމުތަކަށް ދަތުރުކޮށްފައިވާ ފަރާތްތައް ދެނެގަތުމަށް ހާއްސަ އިސްކަމެއް ދެވޭނެއެވެ.

އިބޯލާ އަކީ ގައިންގަޔަށް އަރާ، ހަށިގަނޑުގެ އެތެރެއަށް ލޭ ފޭބުމަށް މެދުވެރިވާ ނުރައްކާތެރި ބައްޔެކެވެ. މި ބަލި ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ލޭ ނުވަތަ ހަށިގަނޑުން ބޭރުވާ ތެތްކަމެއްގެ ޒަރީއާއިންނެވެ. ބަލި ޖެހުމަށްފަހު އޭގެ އަލާމާތްތައް ފެންނަން 21 ދުވަސް ނަގާފާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިހާތަނަށް އިންޑިއާއިން މި ބައްޔަށް ޝައްކު ކުރެވޭ މީހުން ފެނިފައިވީ ނަމަވެސް، އެންމެންވެސް ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ. އެހެންނަމަވެސް، ރައްކާތެރިކަމުގެ ގޮތުން އެފަދަ ފަރާތްތައް ކަރަންޓީނު ކުރުމުގެ މަސައްކަތް އިންޑިއާގައި ދަނީ ކުރަމުންނެވެ.

ކޮންގޯގައި މިހާރު ފެތުރެމުންދާ އިބޯލާގެ ބާވަތަށް އަދި ވަކި ހާއްސަ ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. މި ބަލީގައި މިހާތަނަށް 260 އަށްވުރެ ގިނަ މީހުން މަރުވެފައިވާތީ، ބައިނަލްއަގުވާމީ ދަތުރުފަތުރުގައި މިފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގައުމުތަކުން ވަނީ ފަށާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026