ގާނޫނީ ވަކީލު އަހުމަދު ސިއްދީގު
ގާނޫނީ ވަކީލު އަހުމަދު ސިއްދީގު

ޝަހުޒާން ޖަލަށްލީ ކޯޓުގެ ހުރުމަތް ކެނޑުމުންކަމަށާއި އެކަމާއި ނޫސްވެރިކަމާ ގުޅުމެއް ނެތްކަމަށް ވަކީލު ސިއްދީގު ބުނެފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 28 May 2026

ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމަށް ކުރި ހުކުމް ތަންފީޒު ކުރަން ފަށާފައިވަނީ ޖިނާއީ ކުށެއް ސާބިތުވެގެން ކަމަށާއި، އެއީ ނޫސްވެރިކަމާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫންކަން ގާނޫނީ ވަކީލު އަހުމަދު ސިއްދީގު ހާމަކުރައްވައިފިއެވެ.

ވަކީލު ސިއްދީގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝަހުޒާންގެ މައްޗަށް 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައީ ކޯޓުގެ ހުރުމަތް ކަނޑައިގެން ކަން، މައްސަލަ ބެއްލެވި ކޯޓުގެ ތިން ގާޒީންގެ އިއްތިފާގުން ކުރި ހުކުމުން ސާފުކޮށް އެނގެން އޮތް ކަމަށެވެ. އަދި މިއީ އޭނާ ކުރާ ނޫސްވެރިކަމުގެ މަސައްކަތާ ގުޅިގެން ކުރި ހުކުމެއް ނޫން ކަމަށާއި، އެއީ ނޫސްވެރިކަމަށް ދިން އަދަބެއް ނޫންކަންވެސް ވަކީލު ފާހަގަކުރެއްވިއެވެ.

ހުކުމުގެ ތަފްސީލަށް ބަލާއިރު، ޝަހުޒާންގެ ހުކުމަށް ކޯޓުން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ހުކުމުގެ ބޮޑުބައި ކަމަށްވާ 4 މަހާއި 9 ދުވަސް ޖަލުގައި ހޭދަކުރުމުގެ ބަދަލުގައި، އެ މުއްދަތު ވަނީ 25,800 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްދީފައެވެ. މި ލުޔާއެކު އޭނާ ޖަލުގައި ތަންފީޒު ކުރަން ޖެހެނީ އެންމެ 15 ދުވަހުގެ މުއްދަތެކެވެ.

ސިއްދީގު އިތުރަށް ވިދާޅުވީ، ނޫސްވެރިކަމުގެ ފާހަކީ ކޯޓުގެ އަމުރުތަކަށް ނުކިޔަމަންތެރިވުމަށް އޮތް ހުއްދައެއް ނޫންކަން ނޫސްވެރިންވެސް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. އަދި ނޫސްވެރިން ސިޔާސީ ނުވެ، ހަމަހަމަކަމާއެކު ޚަބަރާއި މައުލޫމާތު ފެތުރުމަކީ އާންމުންގެ އިތުބާރު ނޫސްވެރިންނަށް ލިބިގެންދާނެ ކަމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ، ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް ކަމަށާއި، ކޯޓުތަކުގެ ހުރުމަތް ހިފެހެއްޓުމަކީ ކޮންމެ ފަރުދެއްގެ މައްޗަށްވެސް އޮތް ޒިންމާއެއް ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026