މެލޭޝިއާގެ ދެ ޔުނިވަރސިޓީއަކަށް ބޮމުގެ އިންޒާރުދީ، ކެމްޕަސްތައް ހުސްކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 05 Jun 2026

މެލޭޝިއާގެ އެންމެ ކުރިއަރާފައިވާ ދެ ޔުނިވަރސިޓީއަކަށް ބޮމުގެ އިންޒާރު ލިބުމާ ގުޅިގެން، އެ ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ކެމްޕަސްތައް ވަގުތުން ހުސްކޮށްފިއެވެ. މި ހާދިސާތަކާ ގުޅިގެން އެ ތަންތަނުގައި ކިޔަވަމުންދާ އެތައް ހާސް ދަރިވަރުންނެއްގެ މެދުގައި ބިރުވެރިކަން އުފެދިފައިވާއިރު، މީގެ ތެރޭގައި ގިނަ ޢަދަދެއްގެ ދިވެހި ދަރިވަރުން ވެސް ހިމެނެއެވެ.

އިއްޔެ މޮނާޝް ޔުނިވަރސިޓީ މެލޭޝިއާގެ ސަންވޭ ސިޓީ ކެމްޕަހަށް ބޮމުގެ އިންޒާރެއް ލިބުމާ ގުޅިގެން، އެ ޔުނިވަރސިޓީން ވަނީ ވަގުތުން ސަލާމަތީ ފިޔަވަޅުތައް އަޅައި ކެމްޕަސް ހުސްކޮށްފައެވެ. ފުލުހުންނާއި ސަލާމަތީ ބާރުތަކުން ގުޅިގެން އެ ސަރަހައްދު ބަލައި ފާސްކުރުމަށްފަހު، އެއްވެސް ނުރައްކާތެރި އެއްޗެއް ފެނިފައި ނުވާތީ، މިއަދު އެ ކެމްޕަހުގެ ކިޔެވުން ވަނީ އަލުން ފަށާފައެވެ.

ނަމަވެސް، ޖޮހޯ ބާރޫގައި ހުންނަ އެ ޔުނިވަރސިޓީގެ ކްލިނިކަލް ސްކޫލް (ސީއެސްޖޭބީ) އަދިވެސް އޮތީ ބަންދުކޮށްފައެވެ. އެ ތަނުގެ ސަލާމަތީ ކަންކަން އިތުރަށް ބަލަމުންދާތީ، ވަކި ގޮތެއް އަންގަންދެން އެ ކެމްޕަސް ބަންދުވާނެ ކަމަށް ޔުނިވަރސިޓީން ބުނެފައިވެއެވެ.

މޮނާޝް ޔުނިވަރސިޓީއަށް އިންޒާރު ލިބުނުތާ 24 ގަޑިއިރު ވެސް ނުވަނީސް، ސުބަންގް ޖަޔާގައި ހުންނަ ޓޭލާސް ޔުނިވަރސިޓީއަށް ވެސް ވަނީ ބޮމުގެ އިންޒާރު ލިބިފައެވެ. އެ ހިނދުން ހިނދަށް ކެމްޕަހުގައި ތިބި ދަރިވަރުންނާއި މުވައްޒަފުން ބޭރުކޮށް، ފުލުހުން ވަނީ އެ ސަރަހައްދުގައި ތަހުގީގު ހިންގަން ފަށާފައެވެ.

މި ދެ ޔުނިވަރސިޓީއަކީ ވެސް ދިވެހި ދަރިވަރުންގެ މެދުގައި ވަރަށް މަގުބޫލު ދެ ތަނެވެ. މެޑިސިން، އިންޖިނިއަރިންގ، ބިޒްނަސް، ލޯ އަދި އައިޓީ ފަދަ އެކި ދާއިރާތަކުން ފުރަތަމަ ޑިގްރީ އާއި މާސްޓާސްއަށް ކިޔަވަމުންދާ ގިނަ އަދަދެއްގެ ދިވެހި ކުދިން މި ދެ ކެމްޕަހުގައި ވެސް އުޅެއެވެ. އެހެންކަމުން، މި ހާދިސާތަކާ ގުޅިގެން މެލޭޝިއާގައި ތިބި ދިވެހި ދަރިވަރުންނާއި ރާއްޖޭގައި ތިބި އެ ކުދިންގެ އާއިލާތަކުން ވަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައެވެ.

މެލޭޝިއާ ފުލުހުން ބުނެފައިވަނީ، މި ދެ އިންޒާރަކީ އެކަކު ނުވަތަ އެއް ބަޔަކު ދީފައިވާ އިންޒާރުތަކެއް ކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރު ނުވާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ކެމްޕަހަކުން ގޮވާ އެއްޗެއް ފެނިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޔުނިވަރސިޓީތަކުން ބުނެފައިވަނީ ދަރިވަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭނެ ކަންތައް ކަމަށާއި، މިކަމުގައި ސަލާމަތީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާނެ ކަމަށެވެ. މި ހާދިސާތަކާ ގުޅިގެން މެލޭޝިއާގެ ކެމްޕަސްތަކުގެ ސަލާމަތީ ކަންކަން މިހާރު ވަނީ ކުރިއަށްވުރެ ވަރުގަދަކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026