ތިން ވޯޓު ބާތިލްކަމަށް ކަނޑައެޅުމުން ވޭވަށު ކައުންސިލް ގޮނޑި ޕީއެންސީއަށް ލިބިއްޖެ

ހ ހަޅަ
ޚަބަރު 13 May 2026

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މ. ވޭވަށު ކައުންސިލްގެ އާންމު މެންބަރު ހޮވުމަށް ބޭއްވި އިންތިހާބުގައި ސައްހަ ވޯޓުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ތިން ވޯޓެއް ބާތިލްކަމަށް ހައިކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން އެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓަށް ކާމިޔާބުވެއްޖެއެވެ.

މި މައްސަލައަކީ އިންތިހާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހިގެން ޕީއެންސީގެ ކެންޑިޑޭޓުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިންތިހާބީ ޝަކުވާގެ މައްސަލައެކެވެ.

ވޭވަށު ކައުންސިލްގެ އާންމު ދެ މެންބަރުން ހޮވުމަށް ބޭއްވި މި އިންތިހާބުގެ ވަގުތީ ނަތީޖާ ދެއްކި ގޮތުން، އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމް އިންތިހާބު ކާމިޔާބު ކުރެއްވީ ދެ ވޯޓުގެ ތަފާތަކުންނެވެ. އަހްސަންއަށް 121 ވޯޓު ލިބިފައިވާއިރު، މައްސަލަ ހުށަހެޅި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބިފައިވަނީ 119 ވޯޓެވެ. ނަމަވެސް ހައިކޯޓުގެ ނިންމުމާއެކު މި ނަތީޖާއަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ.

ހައިކޯޓުން މި މައްސަލަ ނިންމިއިރު ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވެފައިވީ ނަމަވެސް، މައްސަލައިގެ އަގުލަބިއްޔަތުން ނިންމާފައިވަނީ އިންތިހާބުގައި މައްސަލަ ޖެހުނު ތިން ވޯޓަކީ ބާތިލް ވޯޓުތަކެއްގެ ގޮތުގައެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވާ ތިން ވޯޓެވެ. މި ތިން ވޯޓު ބާތިލް ކުރުމުން އަހްސަން ނައީމަށް ލިބުނު ވޯޓުގެ އަދަދު 118 އަށް ވަނީ ދަށްވެފައެވެ. އެހެންކަމުން 119 ވޯޓާއެކު މި ގޮނޑި މިހާރު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހެވެ.

މި މައްސަލައިގެ ހުކުމް އިއްވަވަމުން ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ޝަނީޒު ވިދާޅުވީ، ވޯޓު ކަރުދާހެއްގައި އިތުރު ފާހަގައެއް ނުވަތަ ނިޝާނެއް އޮވެގެން ނުވާނެ ކަމަށް ގާނޫނުގައި ސަރީހަކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ވޯޓު ކަރުދާހުގައި ވަކި ހާއްސަ ނިޝާނެއް ހުރުމަކީ ވޯޓުގެ ސިއްރުކަން ގެއްލިގެންދާނެ ކަމެއްކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ވޯޓު ކަރުދާސްތައް ވަކިވަކިން ޗެކްކޮށް، އެފަދަ ނިޝާނެއް ނެތްކަން ކަށަވަރު ކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއް ކަމަށްވެސް ޝަރީއަތުން ވަނީ ކަނޑައަޅާފައެވެ.

ޝަރީއަތުން އިތުރަށް ފާހަގަކުރި ގޮތުގައި، ވޯޓު ކަރުދާހުގައި ހުރި ނިޝާނަކީ ކަރުދާސް ޕްރިންޓު ކުރުމުގެ ތެރޭގައި ދިމާވި ކަމެއް ކަމަށް ވީނަމަވެސް، އޭގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭނަމަ އެއީ ސައްހަ ވޯޓެއްގެ ގޮތުގައި ބަލައިގަނެވިގެން ނުވާނެއެވެ. މި ސަބަބުތަކަށް ރިއާޔަތްކޮށް، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވާ ތިން ވޯޓަކީ ބާތިލް ވޯޓުތަކެއް ކަމަށް ހައިކޯޓުގެ އަގުލަބިއްޔަތުން ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026