މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ރާއްޖޭގެ ރަސްމީ ރިޒާވް ޖޫން މަހު ދަށަށް ގޮސްފި، ބޭނުންކުރެވޭ ރިޒާވް މިދިޔަ އަހަރަށްވުރެ އިތުރު

އ އައިމިނަތުު މުޙައްމަދު
ޚަބަރު 16 Jul 2026

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 686.8 މިލިއަން އެމެރިކާ ޑޮލަރުގައެވެ. މިއީ މޭ މަހާ އަޅާބަލާއިރު 18 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އަދި 2025 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއީ 145.6 މިލިއަން ޑޮލަރު ނުވަތަ 17.5 އިންސައްތައިގެ ދަށްވުމެކެވެ.

ޖުމްލަ ރިޒާވް ދަށަށް ދިޔަ ނަމަވެސް، ރިޒާވްއިން ކުރު މުއްދަތުގެ ދަރަނިތައް އުނިކުރުމުން ބާކީވާ 'ޔޫޒަބަލް ރިޒާވް' ނުވަތަ ބޭނުންކުރެވޭ ރިޒާވް ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 23 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ޖޫން މަހު ބޭނުންކުރެވޭ ރިޒާވްގައި 203 މިލިއަން ޑޮލަރު ހުރިއިރު، މިއަހަރުގެ ޖޫން މަސް ނިމުނުއިރު މި އަދަދު ހުރީ 248.9 މިލިއަން ޑޮލަރުގައެވެ. ނަމަވެސް މޭ މަހާ އަޅާބަލާއިރު ޔޫޒަބަލް ރިޒާވްއިން ވެސް ވަނީ 11.9 މިލިއަން ޑޮލަރު މަދުވެފައެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި ޖޫން މަހު ރިޒާވް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާގެ ޚަރަދުތައް އިތުރުވުމެވެ. ޚާއްޞަކޮށް ބޭންކުތަކާއި މުދާ އެތެރެކުރާ ފަރާތްތަކުން ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވުމާ ގުޅިގެން، އެމްއެމްއޭއިން ބާޒާރަށް ނެރުނު ޑޮލަރުގެ މިންވަރު މޭ މަހާ އަޅާބަލާއިރު 43 އިންސައްތަ އިތުރުވެފައިވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.

ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން ބޭރުގެ ދަރަނީގެ ގޮތުގައި 1.29 ބިލިއަން ޑޮލަރު ދައްކާފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުރީގެ ސަރުކާރުން ވާރުތަވި 891 މިލިއަން ޑޮލަރާއި، އޭގެ ކުރީގެ ސަރުކާރުތަކުގެ 195 މިލިއަން ޑޮލަރުގެ އިތުރުން ރައީސް ނަޝީދާއި ރައީސް ވަޙީދުގެ ދައުރުގެ 62.5 މިލިއަން ޑޮލަރުގެ ދަރަނި ހިމެނެއެވެ.

އެމްއެމްއޭއިން ލަފާކުރާ ގޮތުގައި މިއަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް 904 މިލިއަން ޑޮލަރަށް އަރާނެއެވެ. ވޯލްޑް ބޭންކުގެ 'މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް 2026' ރިޕޯޓުގައި ވެސް ވަނީ ރާއްޖޭގެ އާމްދަނީ އިތުރުވެ، ޚަރަދުތައް ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ބަޖެޓް ޑެފިސިޓް ކުޑަވަމުންދާކަން ފާހަގަކޮށްފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޯ.އައި.ސީ. ގެ މެންބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލެއްހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދާނަކުރުމަށް ރާއްޖެއިން ގޮވާލައިފި
އޯ.އައި.ސީ. ގެ މެންބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލެއްހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދާނަކުރުމަށް ރާއްޖެއިން ގޮވާލައިފި
މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އޯ.އައި.ސީ.ގެ ބައްދަލުވުމެއްގައި ވަޒީރު އިރުތިޝާމް ބައިވެރިވަޑައިންނެވި ފުރަތަމަ ފަހަރެވެ.
ޚަބަރު 28 Aug 2026
ރައްޔިތުންގެ އަޑު: ގިނަ ބައެއްގެ ޝަކުވާއަކީ ބޯހިޔާވަހިކަން
ރައްޔިތުންގެ އަޑު: ގިނަ ބައެއްގެ ޝަކުވާއަކީ ބޯހިޔާވަހިކަން
އެ ބައްދަލުވުމުގައި ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނެފައިވަނީ، ދިރިއުޅޭނެ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން މިހާރުވެސް ދިރިއުޅެމުންދަނީ ނުހަނު ދަތިހާލުގައި ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުން ތައާރަފުކުރި އެކިއެކި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެދި ހުށަހެޅި ނަމަވެސް، ތަފާތު ސަބަބުތަކާ ހެދި ލިސްޓުތަކުން ނަން އުނިވެ، އެއްވެސް ސްކީމަކުން ފުރުސަތެއް ލިބިފައިނުވާކަމުގެ ޝަކުވާ ވަނީ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.
ޚަބަރު 28 Aug 2026
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އައު ސްކީމްތަކެއް ފެށުމަށް ތައްޔާރުވަނީ
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އައު ސްކީމްތަކެއް ފެށުމަށް ތައްޔާރުވަނީ
މިފަދަ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހިޔާވެހި ސްކީމަށް ގިނަ އަދަދެއްގެ މީހުން ހުށަހަޅާފައިވާއިރު، އެ މަޝްރޫޢުގެ ދަށުން 1.1 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ޚަބަރު 28 Aug 2026
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026