25 އޮގަސްޓް އިން 29 އޮގަސްޓުގެ ނިޔަލަށް އިސްރަށްވެހިންގެ ނާދީގެ ހަފްތާ ކަލަންޑަރ އާންމުކޮށްފި

25 އޮގަސްޓް އިން 29 އޮގަސްޓުގެ ނިޔަލަށް އިސްރަށްވެހިންގެ ނާދީގެ ހަފްތާ ކަލަންޑަރ އާންމުކޮށްފި

ހ ހަޅަ
ޚަބަރު 26 Aug 2024

އޮގަސްޓް މަހުގެ 25 އިން އޮގަސްޓު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އިސްރަށްވެހިންގެ ނާދީއިން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ކަލަންޑަރު އާންމުކޮށްފިއެވެ.

މި ހަރަކާތްތަކުގެ ތެރޭގައި 25 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:45-10:45 އަށް އިސްރަށްވެހިންނަށް ޚާއްސަ ވޯކް ވޯކް ކަސްރަތު ޕްރޮގްރާމް ކުރިއަށްދާނެއެވެ. އަދި އިސްރަށްވެހިންގެ ނާދީގެ ކްލަބް ބައްދަލުވުން 16:15-17:30 އަށް އޮންނާނެއެވެ. ހަމައެއާއެކު، އެދުވަހުގެ 16:15-17:30 އަށް ޅެންވެރިކަމުގެ ކްލާސް ކުރިއަށް ގެންދެވޭނެއެވެ.

26 އޮގަސްޓް ވާ ހޯމަ ދުވަހު އިސްރަށްވެހިންގެ ނާދީގެ ކްލަބް ބައްދަލުވުން 16:15-18:00 އަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި، ހަމަ އެދުވަހު މުޢާމަލާތްކުރުމުގައި ކަނުލާ އަޑުއެހުމުގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ސެޝަނެއް 20:00-21:30 އަށް އޮންނާނެއެވެ.

27 އޮގަސްޓު ވާ އަންގާރަ ދުވަހު 16:15-18:00 އަށް މާޖަހަން ދަސްކޮށްދޭ ކްލާހުގެ އިތުރުން، 16:15-17:30 އަށް ޤައުމީ ދުވަސް ފާހަގަކުރުމުގެ ޕްރެކްޓިސް ކުރިއަށް ގެންދެވޭނެއެވެ.

އެއަށްފަހު، ހަފްތާގެ ބުދަ ދުވަހުގެ ހެނދުނު 9:45-10:45 އަށް އިސްރަށްވެހިންނަށް ޚާއްސަ ވޯކް ވޯކް ކަސްރަތު ޕްރޮގްރާމަކާއި، 16:00-17:30 އަށް ޞިއްޙަތަށް ފައިދާހުރިކާނާ ތައްޔާރުކުރަން ދަސްކޮށްދޭ 4 ވަނަ ކްލާސް އޮންނާނެއެވެ. އަދި އިސްރަށްވެހިންގެ ނާދީގެ ކްލަބް ހަފްތާ ސައި 17:30-18:00 އަށް ކުރިއަށް ގެންދެވޭނެއެވެ.

ހަފްތާގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ 16:15-17:00އަށް، އިސްރަށްވެހިންނަށް ޚާއްސަ ގޯލްޑް ކަސްރަތު ޕްރޮގްރާމް އޮންނާނެއެވެ. އަދި 17:00-18:00 އަށް ޤައުމީ ދުވަސް ފާހަގަކުރުމުގެ ޕްރެކްޓިސް ކުރިއަށް ދާނެއެވެ.

މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.

އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026