އެންސްޕާގެ ބައެއް މަސްއޫލިއްޔަތުތައް އާސަންދައަށް ބަދަލުކުރީ އާސަންދައިގެ ޚިދުމަތްތައް ހަރުދަނާކުރުމަށް: ތަރުޖަމާނު

އ އައިމިނަތުު މުޙައްމަދު
ޚަބަރު 06 Jun 2026

ސިއްޙީ ފަރުވާއަށް އެދި ހުށަހަޅާ ހުށަހެޅުންތައް އަވަސްކޮށް، ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މީގެ ކުރިން އެންސްޕާ މެދުވެރިކޮށް ދެމުން އައި ސިއްހީ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފިއެވެ. މިކަން ހާމަކުރެއްވީ ސަރުކާރުގެ ތަރުޖަމާނު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބަދަލާއެކު، މީގެ ކުރިން ދެ އިދާރާއަކަށް ވަކިވަކިން ހުށަހަޅައިގެން ހަމަޖައްސަމުން އައި ކަންކަން މިހާރު އެއް ފުރާޅެއްގެ ދަށުން ހަމަޖެހިގެންދާނެއެވެ. ޚާއްޞަކޮށް ރާއްޖޭގައި ފަރުވާ ކުރެވެން ހުންނަ ބަލިތަކަށް ބޭރުން ފަރުވާ ހޯދުމަށް އެހީ ދިނުމަކީ ކުރިންވެސް އޮންނަ އުސޫލެއް ނަމަވެސް، އެކަން އާސަންދައިގެ ދަށުން ކުރިއަށް ގެންދިއުމަކީ މަސައްކަތްތައް އަވަސްވެ، އިސްރާފު ކުޑަވާނެ ކަމެއް ކަމަށް ސަރުކާރުން ދެކެއެވެ.

ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، ތަކުރާރުކޮށް ފަރުވާ ހޯދަންޖެހޭ ބަލިމީހުންނަށް ޑޮކްޓަރުން ދޭ ލަފާގެ މަތިން ރާއްޖެއިން ބޭރަށް (މިސާލަކަށް ސްރީލަންކާ ފަދަ ގައުމުތަކަށް) ފޮނުވުމުގައި މިހާރު އަމަލުކުރާނީ ވަރަށް ބޮޑަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައެވެ. ސިއްޙީ ކަންކަން ސީދާ ބަލަހައްޓާ މުއައްސަސާއަކީ އާސަންދަ ކަމަށްވާތީ، މި ޚިދުމަތްތައް އެ ކުންފުނީގެ ދަށަށް ބަދަލުކުރުމުން، އެހީއަށް ޙައްގުވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ހައްލުވާނެއެވެ.

މި ބަދަލުގެ ބޭނުމަކީ ވޭސްޓޭޖް ނުވަތަ އިސްރާފު ކުޑަކުރުން. ސިއްޙީ ފަރުވާގެ ކަންކަން އާސަންދައިގެ ދަށުން ކުރިއަށް ގެންދިއުމުން، ހަގީގަތުގައިވެސް އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ،

ތަރުޖަމާނު ވިދާޅުވިއެވެ.

މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިއްޙީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ބޭސްފަރުވާއަށް ސަލާންޖަހަންޖެހޭ މިންވަރު މަދުވެ، ނިޒާމީ ގޮތެއްގައި ކަންކަން ހަމަޖެހިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026