ލީޑަރޝިޕް ޕްރޮގްރާމުގެ ސަބަބުން ޖޮއިންޓް އޮޕަރޭޝަންތައް ހިންގުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ: ވަޒީރު

ހ ހަޅަ
ޚަބަރު 18 May 2026

ހޯމް ޓީމް އެޑްވާންސްޑް ލީޑަރޝިޕް ޕްރޮގްރާމުގެ ސަބަބުން ޖޮއިންޓް އޮޕަރޭޝަންތައް ހިންގުމަށް ކުރިއަށްވުރެ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަަށް ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން އިންތިޒާމުކޮށްގެން ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާ ގުޅިގެން ކުރިއަށް ގެންދިޔަ "ހޯމް ޓީމް އެޑްވާންސްޑް ލީޑަރޝިޕް ޕްރޮގްރާމް 2" ނިންމުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ހޯމް ޓީމުގެ ލީޑަރޝިޕްގަ މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން ގުޅިގެން މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ ކުރިއަށް އޮތް ތަނުގަ ހިންގާ ތަފާތު އެކިއެކި ޖޮއިންޓް އޮޕަރޭޝަންތަކަށް ފަސޭހަތަކެއް މަގުފަހިވުން ކަމަށެވެ.

މިފަދަ ތަމްރީނުތަކުގެ ބޭނުމަކީ ކުއްލި ހާލަތްތަކުގަ އޮމާންކަމާއެކީ އެކަމެއް ކުރުން. ހޯމް ތީމުގެ ކޮންމެ ލީޑަރަކުވެސް ވާންވީ އުނދަގޫވާ ހާލަތްތަކުގަ ފަސޭހަކަމާއެކީ ކަންކަމާ ކުރިމަތިލާން. އަޅުގަނޑުމެންނަށް ނާންނާނެ ފަސޭހަ ދުވަހެއް. ފަސޭހަ ދުވަހަކީ އަބަދުވެސް އިއްޔެ. ކުރިއަށް އަބަދުވެސް އަންނާނީ ޗެލެންޖެސްތައް. ވަޒީރު

މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުގައި ހިމެނޭ މުއައްސަސާތަކުގެ އިސް ވެރިންގެ ސްޓްރެޓީޖިކްއާއި، އޮޕަރޭޝަނަލް އަދި އެތިކަލް ލީޑަރޝިޕްގެ ގާބިލުކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވެފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަންގެ އިތުރުން ނެޝަނަލް ޑްރަގް އެޖެންސީގެ މުވައްޒަފުންނެވެ.

ވަޒީރު ވަނީ ގުޅިގެން ހުރިހާ މުއައްސަސާތަކުންވެސް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

އާދެ މިއަދު މި ނިމިގެން މިދިޔައީ އަޅުގަނޑުމެންގެ ވަރަށް ފޮނި އުންމީދެއް. މީގެއިން މި ދައްކުވައިދެނީ ހޯމް ޓީމް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށްޓަކައި އަދި އަޅުގަނޑުމެންގެ ކޭޕަބިލިޓީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރީމަ ވަކިވަކި އިންސްޓިޓިއުޝަންތަކަށް ވުރެ ވަރުގަދަވާނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ ތަމްރީނެއް. މި ތަމްރީނުގެ ސަބަބުން ގިނަ ފައިދާތަކެއް ހޯމް ޓީމަށް ކުރާނެ. މިފަދަ މަސައްކަތެއް ކުރުމަށް މަގުފަހިވެގެން މިދިޔައީ ހުރިހާ އިންސްޓިޓިއުޓްތަކުގެ ވެރިންގެ އެއްބާރުލުމާއެކު. އެކަމަށްޓަކައި ހުރިހާ ވެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ވަޒީރު

ހޯމް ޓީމް އެޑްވާންސްޑް ލީޑަރޝިޕް ޕްރޮގްރާމުގައި އަވަށްޓެރި ޤައުމުތަކުން ބައިވެރިވެ މިފަދަ ޕްރޮގްރާމެއް ފުރިހަމަ ކުރުމަކީ ދެކެން ބޭނުންވާ ދުވަހެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި މަގްސަދަކީ އަސްލު މި ކޯހުގެ ފިއުޗަރއަށް ވާން ޖެހޭނެ. ހުރިހާ ބައިވެރިންވެސް އަދި ހުރިހާ މުއައްސަސާތަކުންވެސް އެއިމްކުރަންވީ އަދި ވަކިން ޚާއްސަކޮށް ކޮލެޖުން މަސައްކަތް ކުރަންވީ މި ކޯހަކީ އެފަދަ ކޯހަކަށް ހެދޭތޯ. މި ކޯހުގެ އިންސްޓްރަކްޓަރުންނަކީ ފާހަގަކޮށްލެވޭ ވަރުގެ ބައެއް. ކޮލިޓީއާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް. ވަޒީރު

ޕްރޮގްރާމްގެ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ހޯމް ޓީމުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ލީޑަރޝިޕްގެ މުޅިން އައު ބާބެއް ދަސްވެގެން ހިނގައްޖެ ކަމަށެވެ.

މި ޕްރޮގްރާމްގެ މަގުސަދަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ސްޓްރެޓީޖިކް މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލީޑަރޝިޕް ސްކިލްސް ތަރައްގީކުރުމާއި، އަހުލާގީ ނިންމުންތައް ނިންމުމާއި، ކާރިސާތަކަށް އިޖާބަދިނުމާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ގެނައުމުގައި ނިންމަންޖެހޭ ނިންމުންތަކާއި، ބަދަލުތަކަށް ހޭނުމާއި، ޓެލެންޓް ޑިވެލޮޕްމަންޓާއި، ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތްކުރުމަށް ސަމާލުކަންދީގެން މަތީ ފެންވަރުގެ ޓީމުތައް އުފެއްދުމެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އެޕްރީލް 26 އިން މި މަހުގެ 15އަށް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026