"ނޭޝަނަލް ޗެޓް" ޕްރޮގްރާމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް
"ނޭޝަނަލް ޗެޓް" ޕްރޮގްރާމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

މިހާރުގެ ސިޔާސަތަކީ ބިރާއި އަނިޔާއިން މިނިވަން ސިޔާސަތެއް: ރައީސް މުޢިއްޒު

އ އައިމިނަތުު މުޙައްމަދު
ޚަބަރު 21 May 2026

ދިވެހިރާއްޖޭގައި ކުރިން އޮތް ސިޔާސީ ބަދަލުހިފުމާއި ސިޔާސީ ލީޑަރުން ޖަލަށްލުމުގެ ސަގާފަތް ނައްތާލައި، ރާއްޖޭގައި ސިޔާސީ ހަމަޖެހުން ނުވަތަ "ޕޮލިޓިކަލް ސްޓޭބިލިޓީ" ޤާއިމުކޮށްދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ނޭޝަނަލް ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް ބިރުދެއްކުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ސިޔާސީ ހަރަކާތްތައް ހިންގުމަށް އެއްވެސް ބިރެއް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ސިޔާސީ ޕާޓީތައް މިހާރު މި ހިނގަނީ މުޅިން މިނިވަންކޮށް. އެހެންވެ މި ޤައުމުގައި ސިޔާސީ ސްޓޭބިލިޓީ ގެނެސްފިން. ސިޔާސީ މަޤާމެއްގައި ހުރެގެން ނުވަތަ ސިޔާސީ ހަރަކާތް ކުރަން މިހާރު ބިރުގަންނަން ޖެހޭކަށް ނެތް،" ރައީސް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުން ކުރީގެ ރައީސުން ޖަލަށްލުމަކީ "ހޮބީ" އެއްގެ ގޮތުގައި ކުރަމުންދިޔަ ކަމެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެއީ އެމަނިކުފާނު ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށެވެ. އަދި މިއީ އެމަނިކުފާނު ހާސިލުކުރެއްވި ބޮޑު ކާމިޔާބީއެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް މި ހަމަޖެހުން ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

އިސްލާމީ އުސޫލުތަކާއި ޤާނޫނު އަސާސީގެ ހުދޫދުތައް ހުރިހާ ރައްޔިތުންގެ މައްޗަށް އެއްގޮތަކަށް ތަންފީޒުވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޤާނޫނު ތަންފީޒުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނުގެ ޒިންމާއެއް ކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ، އިދިކޮޅު ފަރާތްތަކުން ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފަށް ސަރުކާރު ބަދަލުކުރުމުގެ ވާހަކަތައް ދައްކަމުންދާ ދަނޑިވަޅެއްގައެވެ. ރައީސް ވިދާޅުވި ގޮތުގައި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ޤައުމުގެ ސިޔާސީ ހަމަޖެހުން ބަލިކަށިކޮށްލުމަށެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ވަކި ބޭފުޅެއްގެ ނަން ނުގަތް ނަމަވެސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދާދިފަހުން ވަނީ ސަރުކާރު ބަދަލުކުރުމަށް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވެފައިވަނީ ކުރީގެ ރައީސް ޔާމީން ވެސް މި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، ވެރިކަން ކުރާ ޕީއެންސީގެ ބައެއް މެންބަރުން ޕާޓީ ބަދަލުކުރާނެ ކަމަށެވެ.

ނަމަވެސް، 93 މެންބަރުން ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ މިހާރު އޮތީ ސަރުކާރު ހިންގާ ޕީއެންސީއަށެވެ. އިތުބާރު ނެތްކަމުގެ ވޯޓެއް ފާސްކުރުމަށް 62 ވޯޓު ބޭނުންވާއިރު، ޕީއެންސީގައި މިވަގުތު 73 މެންބަރުން އެބަތިއްބެވިއެވެ.

މީގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް ވަނީ ދާދިފަހުން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި، މިހާރު ސަރުކާރު ބަދަލުކުރުމުގެ ބޭނުމެއް އޮތް ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026