މާލެ މާފަންނު ސްޓޭޑިއަމްގައި ކުރެވުނު ޢީދު ނަމާދެއް / ފޮޓޯ: މިހާރު
މާލެ މާފަންނު ސްޓޭޑިއަމްގައި ކުރެވުނު ޢީދު ނަމާދެއް / ފޮޓޯ: މިހާރު

މާލެ ސަރަހައްދުގެ 25 މިސްކިތަކާއި 4 ބޮޑު މައިދާނުގައި ޢީދު ނަމާދު ކުރުން އޮންނާނެ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 24 May 2026

ކުރިއަށް އޮތް އަޟްޙާ ޢީދު ނަމާދު މާލެ ސަރަހައްދުގެ 25 މިސްކިތެއްގެ އިތުރުން 4 ބޮޑު ސަރަހައްދެއްގައި ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މި ހަފްތާގެ ބުދަ ދުވަހު ފާހަގަކުރާ މިއަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ބޭއްވުމަށް ހަމަޖެހިފައިވާ 4 ސަރަހައްދަކީ:

  1. މާލޭގެ މާފަންނު ސްޓޭޑިއަމް

  2. ވިލިމާލޭ ފުޓްބޯޅަ ދަނޑު

  3. ހުޅުމާލެ ފޭސް 1 ގެ ސިންތެޓިކް ޓްރެކް

  4. ހުޅުމާލެ ފޭސް 2 ގެ މަސްޖިދު ޙަސަން އާދަމް ކައިރީގައި އޮންނަ ހުސްބިން

ހުޅުމާލެ ފޭސް 2 ގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ހުސްބިމަކީ ނިރޮޅު މަގު، ހީނަމާ ހިނގުން، ފޭރުގަސް މަގު އަދި ދުބުރިގަސް މަގު ގުޅޭ ސަރަހައްދުގައި އޮންނަ ބިމެކެވެ.

މިނިސްޓްރީން ބުނީ، މޫސުން ގޯސްވުމުގެ ސަބަބުން ބޭރު ހުސްބިންތަކުގައި ނަމާދު ކުރެވޭގޮތް ނުވެއްޖެ ނަމަ، މާލެ ސަރަހައްދުގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތެއްގައި ޢީދު ނަމާދުގެ ޖަމާޢަތް ބާއްވާނެ ކަމަށެވެ.

އިތުރަށް މިނިސްޓްރީން ބުނީ، ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ބާއްވާ ހުރިހާ ސަރަހައްދެއްގައި ވެސް އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމު ޚާއްޞަ ކުރެވިގެން ހަމަޖެހިފައިވާނެއެވެ. ޢީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހެނދުނު 7:00 ގައެވެ.

މި ނިންމުމަކީ ވީހާވެސް ގިނަ ރައްޔިތުންނަށް އެކުވެރިކަމާއެކު އެއް ޖަމާޢަތެއްގައި ޢީދު ނަމާދު ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ނިންމާފައިވާ ނިންމުމެކެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026