ދުނިޔޭގެ ވިސްލްބްލޯވާ ދުވަހާ ގުޅުވައިގެން ކުރު ވީޑިއޯ މުބާރާތެއް ހުޅުވާލައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 21 May 2026

ދުނިޔޭގެ ވިސްލްބްލޯވާ ދުވަސް ފާހަގަކުރުމުގެ ގޮތުން، ނޭދެވޭ ކަންކަމާއި ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ މުހިންމުކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް (ޑަބްލިއު.ބީ.ޕީ.ޔޫ) އިން ކުރު ވީޑިއޯ މުބާރާތެއް އިއުލާނުކޮށްފިއެވެ.

"ބްރޭކިންގ ދަ ސައިލެންސް: ވައި ސްޕީކިންގް އަޕް މެޓަރސް" ނުވަތަ "ހަނުހުރުން ހުއްޓާލުން: ބަސްބުނުމުގެ މުހިންމުކަން" މި ޝިއާރުގެ ދަށުން ބާއްވާ މި މުބާރާތަކީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ވަކިވަކި ފަރުދުންނަށާއި ގްރޫޕްތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި މުބާރާތުގެ މަގްސަދަކީ ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތައް ޒިންމާދާރުކުރުވުމާއި، ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން، ވިސްލްބްލޯ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމާ ގުޅޭގޮތުން އާންމުންގެ ބައިވެރިވުން އިތުރުކުރުމެވެ. މީގެ އިތުރުން ކޮރަޕްޝަނާއި، ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމާއި، އެނޫންވެސް ނޭދެވޭ އަމަލުތައް ހުއްޓުވުމުގައި ފަރުދުންނަށް އަދާކުރެވިދާނެ މުހިންމު ދައުރާ ބެހޭގޮތުން ހޭލުންތެރިކަން އުފެއްދުން މި މުބާރާތުގެ ތެރޭގައި ހިމެނެއެވެ.

މުބާރާތަށް ހުށަހަޅާ ވީޑިއޯތަކަކީ 40 ސިކުންތާއި 60 ސިކުންތާ ދެމެދުގެ ދިގުމިނުގެ، މަންޒަރާއި އަޑު ސާފު، ލޭންޑްސްކޭޕް ފޯމެޓަށް ތައްޔާރުކޮށްފައިވާ ވީޑިއޯތަކަކަށް ވާންޖެހެއެވެ. ވީޑިއޯތައް ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ހުށަހެޅޭއިރު، އެހެން ބަހަކުން ތައްޔާރުކޮށްފައިވާނަމަ އިނގިރޭސި ސަބްޓައިޓަލް ހިމަނަންވާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ.

ބައިވެރިން ފުރިހަމަކޮށްފައިވާ ވީޑިއޯއާއި ސަބްމިޝަން ފޯމު 10 ޖޫން 2026 ގެ ނިޔަލަށް ހުށަހަޅަންވާނެއެވެ. ވީޑިއޯތައް ހުށަހަޅާނީ ގޫގަލް ޑްރައިވްއަށް އަޕްލޯޑް ކުރުމަށްފަހު wbpu@hrcm.org.mv އަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި "World Whistleblower Day Short Video Competition 2026" ޖަހަންޖެހެއެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކުރިއަށްދާނީ ދެ މަރުހަލާއަކަށެވެ. ފުރަތަމަ މަރުހަލާގައި ފަނޑިޔާރުންގެ ޕެނަލަކުން ހޮވާލާ އެންމެ މޮޅު 10 ވީޑިއޯ، 14 ޖޫން 2026 އިން ފެށިގެން ޑަބްލިއު.ބީ.ޕީ.ޔޫ އަދި އެޗް.އާރް.ސީ.އެމްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުންގެ ވޯޓަށް ހުޅުވާލެވޭނެއެވެ. އާންމުންގެ ވޯޓުލުން ބަންދުވާނީ 22 ޖޫން 2026 ގެ ހެނދުނު 10:00 ގައެވެ.

މުބާރާތުން ހޮވޭ އެންމެ މޮޅު ތިން ހުށަހެޅުމަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:

  • 1 ވަނަ އިނާމު: 5,000 ރުފިޔާ

  • 2 ވަނަ އިނާމު: 3,000 ރުފިޔާ

  • 3 ވަނަ އިނާމު: 1,500 ރުފިޔާ

މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ 23 ޖޫން 2026 ގައި ބާއްވާ "ވަރްލްޑް ވިސުލްބްލޯވަރ ޑޭ" ގެ ރަސްމީ ހަފުލާގައެވެ. މި މުބާރާތުން ހޮވޭ ވީޑިއޯތައް، އުފެއްދި ފަރާތްތަކުގެ ނަމާއެކު ޑަބްލިއު.ބީ.ޕީ.ޔޫ ގެ ކުރިއަށް އޮތް ހޭލުންތެރިކުރުވުމުގެ ކެމްޕޭންތަކުގައި ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026