ކަނޑުތަކުގެ ދުޅަހެޔޮކަމަކީ ރާއްޖޭގެ މުސްތަޤުބަލާ ގުޅިފައިވާ ކަމެއް: ރައީސް ޑރ. މުޢިއްޒު

އ އައިމިނަތުު މުޙައްމަދު
ޚަބަރު 08 Jun 2026

ކަނޑުތަކާބެހޭ ޢިލްމު ފުޅާކޮށް، ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ މަސްވެރިކަން ހަރުދަނާކުރުމާއެކު، ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ފަރުތައް ހިމާޔަތްކުރުމާއި، މަސްވެރިކަން ވިލަރެސްކުރުމާއި، މެރިން ސައިންސް ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ބިނާކޮށްފައިވަނީ ދިވެހިރާއްޖޭގެ މުސްތަޤުބަލާއި ކަނޑުތަކާ އޮތް ވަރުގަދަ ގުޅުމުގެ މައްޗަށް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނާއި، އިޤްތިޞާދާއި، ތިމާވެށީގެ ދުޅަހެޔޮކަން ބަރޯސާވަނީ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ މައްޗަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދިވެހިން ކުރާ ދޮށީގެ މަސްވެރިކަމަކީ ޒިންމާދާރުކަމާއެކު ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމުގެ ދުނިޔޭގެ ނަމޫނާއެއް ކަމަށެވެ. މި ބާވަތުގެ މަސްވެރިކަމަކީ އެހެނިހެން ދިރުންތަކަށް ގެއްލުން ކުޑަ، ކަނޑުގެ މާހައުލީ ނިޒާމު ރައްކާތެރިކޮށްދޭ ވައްޓަފާޅިއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހޫނުވެ، މުރަކަތައް ހުދުވުމާއި، ގޮނޑުދޮށްތައް ގިރުން ފަދަ ގޮންޖެހުންތައް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، ސައިންސްގެ އަލީގައި ކަނޑުތައް ދެނެގަތުމަކީ ޤައުމީ އަހުމިއްޔަތެއް ދޭންޖެހިފައިވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން މެރިން ރިސަރޗް ހަރުދަނާކޮށް، ޢިލްމީ ދަލީލުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރާއްޖޭގެ ރަށްތަކުގެ ފަރުތަކަކީ ޤުދުރަތީ ތަރިކައިގެ މުހިންމު ބައެއްކަން ފާހަގަކުރައްވައި، ފަރުތަކުގެ ސިއްޙަތު ބެލެހެއްޓުމާއި މުރަކަ އާލާކުރުމުގެ ދިރާސާތައް ފުޅާކުރުމަށް ސަރުކާރުން އިސްކަންދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ މައިދާނުގައި ކަނޑުތައް ބެލެހެއްޓުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކަނޑުތަކުގެ މުސްތަޤުބަލަކީ އެއް ޤައުމަކަށް އެކަނި ކަށަވަރުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، ޖަޒީރާ ޤައުމުތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެކަމަށް ބޭނުންވާ އެއްބާރުލުން ދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެސް ވަނީ، ކަނޑުތައް ހިމާޔަތްކުރުމުގައި މުޅި ދުނިޔެ ގުޅިގެން އާ ޢަޒުމެއްގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޚަބަރު 11 Sep 2026
އޮގަސްޓު މަހު މީރާއިން 2.42 ބިލިއަން ރުފިޔާ ބަލައިގަނެފި
އޮގަސްޓު މަހު މީރާއިން 2.42 ބިލިއަން ރުފިޔާ ބަލައިގަނެފި
އޮގަސްޓު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮގަސްޓު 2026 ގައި ލިބިފައިވާ އާމްދަނީ %14 އިތުރުވި މައިގަނޑު ސަބަބަކީ، 2026 ވަނަ އަހަރުގެ އިންކަމް ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން 02 އޮގަސްޓް 2026 އަށް މުއްދަތު އިތުރު ކޮށްފައިވުމެވެ. މީގެ ސަބަބުން، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ ޓެކްސް، ބޭންކް އިންކަމް ޓެކްސް، އަދި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.
ޚަބަރު 10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެެއްގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުގެ އިތުރުން ވުޒާރާގެ އިސްވެރިންނާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
ޚަބަރު 10 Sep 2026
ސަރުކާރުން މިފަހަރު ހުޅުވާލާފައިވާ ހައުސިން ސްކީމަކީ ދެފުއްފެންނަ، އިންސާފުވެރި ސްކީމަކަށްވާނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ސަރުކާރުން މިފަހަރު ހުޅުވާލާފައިވާ ހައުސިން ސްކީމަކީ ދެފުއްފެންނަ، އިންސާފުވެރި ސްކީމަކަށްވާނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ރައްޔިތުންގެ ބައްދަލުވުމުގެ މި ހަފުތާ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރި ގިނަ އާންމުންގެ މައިގަނޑު ކަންބޮޑުވުމަކަށް ވެފައިވަނީ ގެދޮރުވެރިކަމުގެ ދަތިތަކެވެ. މިގޮތުން އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުންނާއި މީގެ ކުރިން ހިންގި މަޝްރޫޢުތަކުން ބޯހިޔާވަހިކަން ލިބޭގޮތް ނުވުމުގެ ކަންބޮޑުވުންތައް ވަނީ އެމަނިކުފާނާ ހިއްސާކޮށްފައެވެ. މި ޝަކުވާތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ޕޮއިންޓް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަނީ އެންމެ އެކަށޭނަ، ހައްގުވެރި ފަރާތްތަކަށް ފުރުސަތު ކަށަވަރުވާނޭ ފަދަ އުސޫލަކުން ކަމަށެވެ.
ޚަބަރު 10 Sep 2026