ފުލުހުންގެ ޑައިވަރުންގެ ޓީމާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރެއްވުން / ފޮޓޯ: ފުލުހުންގެ މީޑިއާ
ފުލުހުންގެ ޑައިވަރުންގެ ޓީމާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރެއްވުން / ފޮޓޯ: ފުލުހުންގެ މީޑިއާ

ނުރައްކާތެރި މިޝަން ކާމިޔާބުކުރި ފުލުހުންނަށް ވަޒީރުގެ ހޫނު މަރުހަބާއެއް!

އ އައިމިނަތުު މުޙައްމަދު
ޚަބަރު 25 May 2026

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ހިންގި ނުރައްކާތެރި އަދި ކާމިޔާބު ސާޗް އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ ޑައިވަރުންގެ ޓީމާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ކޮމިޝަނަރ އޮފް ޕޮލިސްގެ އޮފީހުގައި ބޭއްވުނު މި ޚާއްޞަ ބައްދަލުވުމުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އަޙްމަދު މުޙައްމަދު ވަނީ، ކަނޑުގެ އަޑީގެ އުނދަގޫ ހާލަތްތަކުގައި ފުލުހުންގެ ޑައިވަރުން ދެއްކެވި ހިތްވަރާއި ފަންނީ ހުނަރަށް ނުހަނު ބޮޑަށް ތައުރީފު ކުރައްވާފައެވެ. އަދި މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލުމުގައި ފުލުހުން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކުރައްވައި، މުޅި ޓީމަށް ވަނީ ސާބަސް ދެއްވާފައެވެ.

މީގެ އިތުރުން، އާންމު ރައްޔިތުންނަށް ޚިދުމަތްކުރުމުގައާއި، ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި މިހާރެކޭވެސް އެއްފަދައިން ސާބިތުކަމާއެކު ދެމިތިބުމަށް ވަޒީރު އިޙްސާން ވަނީ ފުލުހުންގެ ޓީމަށް ހިތްވަރު ދެއްވާފައެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދިމާވި ނުރައްކާތެރި ހާދިސާއެއްގައި، ފުލުހުންގެ ފަންނީ ގާބިލުކަން ސާބިތުކޮށްދިން މުހިންމު މަސައްކަތެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026