ފައިސާ ދެއްކުމުގައި ދިމާވާ މައްސަލަ ހައްލު ކުރުމަށް ޕޭޕަލް އާއި އެކު ބޮޑެތި މަޝްވަރާތަކެއް

ފައިސާ ދެއްކުމުގައި ދިމާވާ މައްސަލަ ހައްލު ކުރުމަށް ޕޭޕަލް އާއި އެކު ބޮޑެތި މަޝްވަރާތަކެއް

ހ ހަޅަ
ޚަބަރު 22 Aug 2024

ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބުމާ ގުޅޭގޮތުން ރާއްޖޭގައި އީ-ކޮމާސްއަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ޕޭޕަލްގެ ޕްރެޒިޑެންޓް ފޯ ގްލޯބަލް މާކެޓިންގއާ އެކު މުހިންމު މަޝްވަރާއެއް ވަޒީރު ސައީދު ކުރައްވައިފިއެވެ. މި ބައްދަލުވުމަކީ މި ޕްލެޓްފޯމް މެދުވެރިކޮށް ޕޭމަންޓް ޕްރޮސެސްކުރުމުގައި ދިމާވާ ދަތިތަކުން އަރައިގަތުމަށް ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވެދޭނެ ހައްލުތައް ހޯދުމުގައި ވަރަށް މުހިންމު ބައްދަލުވުމެކެވެ.

މި މަޝްވަރާގެ މައިގަނޑު އަމާޒަކީ ޕޭމަންޓް ސިސްޓަމްތައް ރަނގަޅު ކުރެވޭނެ ގޮތްތައް ދެނެގަނެ، ރާއްޖޭގެ އީ-ކޮމާސް މިއަށްވުރެ ރަނގަޅަށް ހިންގޭނެ ގޮތްތައް ދެނެގަތުމެވެ. މިކަންކަމަށް ހައްލެއް ހޯދައިގެން ވިޔަފާރިތަކަށާއި ހިދުމަތްތައް ހޯދާ ފަރާތްތަކަށް ވެސް މިކަމުގެ ފަސޭހަ ލިބިގަތުމެވެ.

ޕޭޕަލްގެ އިތުރުން އެހެން ގައުމުތަކުގެ އީ-ވޮލެޓް ތައާރަފް ކުރުމަށް ސަރުކާރުން ދަނީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އިންޑިއާ ރުޕޭ ކާޑު ބޭނުންކުރުމަށް މުހިންމު މަސައްކަތްތައް ކުރެވެމުން އެބަދެއެވެ. މިގޮތުން މި މަޤްޞަދު ޙާޞިލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްކަންދޭ ކަމެއް ކަމުގައި، ވަޒީރު ސައީދު ފާހަގަކުރެއްވިއެވެ.

ޕޭޕަލް އަކީ އޮންލައިންކޮށް ފައިސާ ފޮނުވުމާއި ލިބުން ފަސޭހަ ކުރުމަށް އުފައްދާފައިވާ އީ-ވޮލެޓް އެޕްލިކޭޝަނެކެވެ. ރާއްޖޭގައި ފުދޭވަރަކަށް މަގުބޫލު ނަމަވެސް މިވަގުތު މި އެޕްލިކޭޝަންގެ ބޭނުން ރާއްޖޭގައި ހަމައެކަނި ކުރެވެނީ ބިދޭސީން ފައިސާ ފޮނުވުމަށެވެ. ދިވެހިންނަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބިގަނެވޭނެ ގޮތެއް ރާއްޖޭގައި ހަމަޖެހިފައި އަދި ނެތެވެ. ޕޭޕަލްގެ އިތުރުން އެހެން ގައުމުތަކުގެ އީ-ވޮލެޓް ތައާރަފް ކުރުމަށް ސަރުކާރުން ގަދައަޅައި މަސައްކަތް ކުރަމުންދާއިރު، އިންޑިއާ ރުޕޭ ކާޑު ބޭނުންކުރުމަށް މުހިންމު މަސައްކަތްތަކެއްވެސް ދަނީ ކުރެވެމުންމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026