ނުރައްކާތެރި ކެމިކަލާއި ކުނި މެނޭޖްކުރުމަށް ގައުމީ ފެންވަރުގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 10 Jun 2026

ދިވެހިރާއްޖޭގައި ނުރައްކާތެރި ކެމިކަލާއި ކެމިކަލްގެ ކުނި މެނޭޖްކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން މަތީ ފަންތީގެ ސިޔާސަތު ކަނޑައަޅާ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ސަރުކާރުގެ އެކި އިދާރާތަކާއި، ރެގިއުލޭޓަރީ ބޮޑީތަކާއި، ލޯކަލް ކައުންސިލްތަކާއި، ތަޢުލީމީ މުއައްސަސާތަކުގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން ފަރާތްތަކުން ބައިވެރިވެ، މިދާއިރާގައި ހުރި މައްސަލަތަކާއި އެކަންކަން ހައްލުކުރާނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގެ ބައިވެރިން ވަނީ ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކުރުމުން ފެށިގެން، އޭގެ ރައްކާކުރުމާއި، އުފުލުމާއި، ބޭނުންކުރުން އަދި ނައްތާލުމުގެ މަރުހަލާގައި ކުރިމަތިވާ ދަތިތަކަށް އަލިއަޅުވާލާފައެވެ. އަދި ކެމިކަލްގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގައުމީ ފެންވަރުގައި ހަރުދަނާ އުސޫލުތަކަކާއި ވިލަރެސްކުރެވިފައިވާ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރިއެވެ.

ސަރުކާރުގެ އޮފިޝަލުން ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ޞިއްޙީ ދާއިރާ، ދަނޑުވެރިކަން، މަސްވެރިކަން، ފަތުރުވެރިކަން، އިމާރާތްކުރުން އަދި ހަކަތައިގެ ދާއިރާއަކީ ބޭރުން އިމާރާތްކުރާ ކެމިކަލަށް ވަރަށް ބޮޑަށް ބަރޯސާވާ ދާއިރާތަކެކެވެ. ނަމަވެސް، ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުންނާއި، ކުނި ނައްތާލާނެ ވަޞީލަތްތައް މަދުވުމުގެ ސަބަބުން މިފަދަ ތަކެތި ރައްކާތެރިކަމާއެކު މެނޭޖްކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އޮފިޝަލުން ފާހަގަކުރެއްވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، ޢަލީ ޝަރީފް ވިދާޅުވީ ކެމިކަލް މެނޭޖްކުރުމަކީ ގިނަ މުއައްސަސާތަކަކާއި ފަރާތްތަކެއް ގުޅިގެން އުފުލަންޖެހޭ އިޖުތިމާޢީ ޒިންމާއެއް ކަމަށެވެ. އަދި ކެމިކަލް އެތެރެކުރުމުން ފެށިގެން ނައްތާލުމާ ހަމައަށް ކޮންމެ މަރުހަލާއެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށާއި، ވިޔަފާރިތަކުން ގަވާއިދުތަކަށް ބޯލަނބައި ރައްކާތެރިކަމާއެކު އަމަލުކުރުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

ބައްދަލުވުމުގައި ވަނީ ކެމިކަލް މެނޭޖްކުރުމަށް ތައްޔާރުކޮށްފައިވާ "ނޭޝަނަލް އެކްޝަން ޕްލޭން" ގެ ދެލިކޮޕީއަށް ބައިވެރިންގެ ޚިޔާލު ހޯދާފައެވެ. މި ޕްލޭން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ގައުމީ ފެންވަރުގައި ވިލަރެސްކުރުން ހަރުދަނާކުރުމާއި، ސިޔާސަތުތަކާއި ގަވާއިދުތައް އެއްގޮތްކުރުމާއި، މުއައްސަސާތަކުގެ ގާބިލްކަން އިތުރުކުރުމުގެ މައްޗަށެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް ފިޝަރީޒް، މިނިސްޓްރީ އޮފް ޑިފެންސް، އީޕީއޭ، އެޗްޕީއޭ، ކަސްޓަމްސް، އެޗްޑީސީ، ވެމްކޯ، މާލޭ ސިޓީ ކައުންސިލް، ގައުމީ ޔުނިވަރސިޓީ އަދި ވިލާ ކޮލެޖު ފަދަ މުހިންމު މުއައްސަސާތަކުން ބައިވެރިވެފައިވެއެވެ.

މި މަޝްވަރާ ބައްދަލުވުމަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީތެރިކަމާއެކު، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާ ގުޅިގެން ހިންގާ މަޝްރޫއެއްގެ ދަށުން އިންތިޒާމުކުރި ބައްދަލުވުމެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ނުރައްކާތެރި ކެމިކަލާއި ކުނި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ރާއްޖޭގެ ގާބިލުކަން އިތުރުކުރުމެވެ.

މި މަސައްކަތުގެ ދަށުން މިހާރުވެސް އައްޑޫ ސިޓީ އާއި ރ. ވަންދޫގައި ކެމިކަލް ރައްކާކުރާނެ ވަގުތީ މަރުކަޒުތަކެއް ވަނީ ގާއިމުކޮށްފައެވެ. އެކްޝަން ޕްލޭން ފައިނަލްކޮށް އަމަލީ ގޮތުން ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވާނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝިޕް ކޮމިޝަންކޮށްދެެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރަށް ނަންދީފައިވަނީ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގެ ނަމުންނެވެ.
ޚަބަރު 27 Jul 2026
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ އެއްވެސް ރަށެއް ބާކީނުކޮށް، ކޮންމެ ރަށެއްގައި އެންމެ ޒަމާނީ ފެންވަރުގެ ފިޓްނަސް ރެކްރިއޭޝަން މަރުކަޒުތަކާއި އައުޓްޑޯ ޖިމްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޚަބަރު 24 Jul 2026
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގައި ވާހަކަފުޅު ދައްކަވަމުން، މާލޭގައި ހުންނަ ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް ރާއްޖޭގެ އެކި ސިޓީތަކާއި އަތޮޅުތަކުގައި ޒަމާނީ 'ޔޫތު ހަބް' ތައް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ޚަބަރު 24 Jul 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ އާއި މިއަދު ވަނީ މި އައްޔަންކުރުންތަކުގެ ތަފްސީލު ހާމަކޮށްފައެވެ.
ޚަބަރު 24 Jul 2026