ރާއްޖެއަށް މުދާ އަންނަ ހިސާބުން ފެށިގެން، މުދަލުގެ ލިޔެކިއުން ނިންމާ، ބަނދަރުން މުދާ ދޫކުރުމާ ހަމައަށް ހޭދަވާ ވަގުތުތައް ދެނެގަތުމަށްޓަކައި ހެދުނު ދެވަނަ "ޓައިމް-ރިލީސް ސްޓަޑީ 2025" ރިޕޯޓް މިއަދު އިފްތިތާހްކޮށްފި.

ހ ހަޅަ
ޚަބަރު 19 May 2026

ރާއްޖެއަށް މުދަލެއް އަންނަ ހިސާބުން ފެށިގެން، މުދަލުގެ ލިޔެކިއުން ނިންމާ މުދާ ދޫކުރުމާ ހަމައަށް، އެކި މަރުހަލާތަކުގައި ހޭދަވާ ވަގުތުތައް ދެނެގަތުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހެދުނު ދެވަނަ "ޓައިމް-ރިލީސް ސްޓަޑީ 2025" ރިޕޯޓް މިއަދު އިފްތިތާހްކޮށްފިއެވެ. މި ދިރާސާއަކީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ މިންގަނޑުތަކަށް ފެތޭގޮތަށް، އެ ޖަމްއިއްޔާގެ ކަމާބެހޭ މާހިރުންނާ ގުޅިގެން 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ހަދަން ފެށުނު ދިރާސާއެކެވެ.

މިއަދު ހެނދުނު ކަސްޓަމްސް ބިލްޑިންގ ގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ދިރާސާގެ ރިޕޯޓް އިފްތިތާހްކޮށްދެއްވީ ދިވެހިރާއްޖެއަށް އިނގިރޭސި ވިލާތުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކް ލޯ އާއި ކޮމިޝަނަރ ޖެނެރަލް ފާތިމަތު ދިޔާނާއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ އާއި ކަސްޓަމްސްގެ އިސްވެރިން، ޓައިމް-ރިލީސް ސްޓަޑީ ޓެކްނިކަލް ވޯކިންގ ގްރޫޕްގެ މެންބަރުންނާއި މުދާ އިމްޕޯޓް އެކްސްޕޯޓާ ގުޅޭގޮތުން ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކާއި ބްރޯކަރުންނާއި، ފްރެއިޓް ފޯވަރޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވީ، މި ޓައިމް ރިލީސް ސްޓަޑީގައި ފާހަގަކޮށްފައިވާ ރިކޮމެންޑޭޝަންތައް ތަންފީޒްކުރުމުން، ރާއްޖޭގައި ވިޔަފާރިކުރުމަށް ފަހި މާހައުލެއް ގާއިމުވެ، މުދާ ގެނައުމުގެ ޚަރަދު ކުޑަވެގެންދާނެކަމަށެވެ. އަދި މުދާ ކްލިއަރކުރުމަށް ހޭދަވާނެ ވަގުތު ދަށްކުރެވި، ޒަރޫރީ މުދާ މެދުކެނޑުމެއް ނެތި ލިބޭނެ މަގު ފަހިވެ، ޤައުމުގެ އިޤްތިސާދީ ދެމެހެއްޓެނިވި ކުރިއެރުމަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށެވެ.

ޓައިމް ރިލީޒް ސްޓަޑީއެއް އެންމެ ފުރަތަމަ ހެދިފައިވަނީ 2021 ވަނަ އަހަރުއެވެ. އެހެންކަމުން މިއަދު މި އިފްތިތާހްކުރެވުނު "ޓައިމް-ރިލީސް ސްޓަޑީ 2025" އަކީ 2021 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި މުދާ ކްލިއަރކުރުމަށް ހޭދަވާ ވަގުތު ކުޑަކުރެވިފައިވާ މިންވަރާއި، އެކަންކަމަށް ގެނެވިފައިވާ ކުރިއެރުންތައް ދެނެގަނެވިފައިވާ ދިރާސާއެކެވެ. އަދި މީގެއިތުރުން، މުދާ ކްލިއަރކުރުމުގެ ޕްރޮސެސްތަކަށް ގެނެވިފައިވާ ތަރައްޤީއާއި އިތުރަށް ހަރުދަނާކުރަންޖެހޭ ކަންކަންވެސް މި ދިރާސާގައި ދެނެގަނެވިފައިވެއެވެ.

  • ކަސްޓަމްސްގެ އިތުރުން ބަނދަރުތައް ހިންގާ ފަރާތްތަކާއި، އިމްޕޯޓް އެކްސްޕޯޓާގުޅޭ ދައުލަތުގެ މުއައްސަސާތަކާއި، ކަސްޓަމްސް ބްރޯކަރުން ބައިވެރިވެގެން ދިރާސާކުރެވުނު މި "ޓައިމް-ރިލީސް ސްޓަޑީ 2025" ގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

  • ވައިގެ މަގުން ގެންނަ އާންމު މުދަލާއި (ޖެނެރަލް ކާގޯ) އަވަހަށް ހަލާކުވާ ފަދަ މުދާ (ޕެރިޝަބަލް ކާގޯ) ކްލިއަރެންސްމަރުހަލާގައި ހޭދަވާ ވަގުތުން 30 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާކަން؛

  • ބޮންޑެޑް ވެއަރހައުސްތަކުން މުދާ ކްލިއަރ ކުރުމަށް ހޭދަވާ ވަގުތު 20 އިންސައްތަ އަވަސްވެފައި؛

  • ކަނޑުމަގުން ގެންނަ މުދާ ކްލިއަރ ކުރުމަށް ހޭދަވާ ވަގުތަށް ބަލާއިރު، 2021 ވަނަ އަހަރު ހެދި ދިރާސާއާ އަޅާބަލާއިރު މާބޮޑު ބަދަލެއް އައިސްފައި ނުވާކަން.

އަދި މި ނަތީޖާތަކަށް ބިނާކޮށް، މުދާ ކްލިއަރ ކުރުމުގެ މަރުހަލާގެ ހަލުވިކަމާއި ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި މި ދިރާސާގައި މުހިންމު އިރުޝާދުތަކެއް ދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މުދާ ރާއްޖެ އައުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް (ޕްރީ-އެރައިވަލް ޑިކްލަރޭޝަން ޕްރޮސެސިންގ) ކުރިއަށް ގެންދިއުމަށް ބާރުއެޅުން.

  • ޑިކްލަރޭޝަން ހުށަހެޅުމުގެ ނިޒާމު ހަރުދަނާކޮށް، ލިޔެކިޔުންތަކުގައި ހުންނަ ފުށުއެރުންތަކާއި ކުށްތައް މަދުކުރުމުގެ އިތުރުން، މުދަލުގެ އަގު ކަނޑައެޅުމުގެ (ވެލުއޭޝަން) މަސައްކަތްތައް މިހާރަށްވުރެ އަވަސްކުރުން.

  • ބަނދަރުތަކުގައި ދިމާވާ ތޮއްޖެހުމުގެ މައްސަލައާއި ވަސީލަތްތަކުގެ ދަތިކަމަށް ހައްލެއް ހޯދުން.

  • މުދާ އުފުލައި ގެންގުޅުމުގެ (ކާގޯ ހޭންޑްލިންގ) ޤާބިލުކަން އިތުރުކުރުން.

  • އޮންލައިންކޮށް ވިޔަފާރިކުރާ މުދާ (އީ-ކޮމާރސް ޝިޕްމަންޓްސް) ކްލިއަރ ކުރުމަށްޓަކައި ޖާގަ ތަނަވަސް ޒަމާނީ ސަރަހައްދުތަކެއް ޤާއިމުކުރުން.

އެހެންކަމުން މި ދިރާސާގެ ސަބަބުން، ކަސްޓަމްސްގެ ސިޔާސަތުތައް ކަނޑައެޅުމަށާއި، އިދާރާތަކުގެ މެދުގައި ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުމަށާއި، އަދި ކަސްޓަމްސްގެ އިޖުރާއަތުތައް ޒަމާނީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އެހީތެރިވެދޭނެ މުހިއްމު މައުލޫމާތުތަކެއް ލިބިގެންގޮސްފައިވެއެވެ. އަދި ޤައުމުގެ ވިޔަފާރިތަކަށް އިތުބާރު ހުރި ވާދަވެރި ވިޔަފާރީގެ މާޙައުލެއް ޤާއިމުކޮށްދިނުމަށް މަގުފަހިކުރެވިގެންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026