ލ. އަތޮޅު 3 ރަށުގައި ޙާލު ކިހިނެއް؟ ޕްރޮގްރާމު ފަށައިފި

ލ. އަތޮޅު 3 ރަށުގައި ޙާލު ކިހިނެއް؟ ޕްރޮގްރާމު ފަށައިފި

ހ ހަޅަ
ޚަބަރު 24 Aug 2024

ލ އަތޮޅުގައި ޙާލު ކިހިނެއް؟ ޕްރޮގްރާމު ފެށުމަށްޓަކައި އެ އަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި މަޝްވަރާކޮށްފި އެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން މާލެ އަދި އަތޮޅުތެރޭގައި ކުރިއަށް ގެންދާ ޙާލު ކިހިނެއް ޕްރޮގްރާމަކީ ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، ޙާލު ބަލައި ދައުލަތުގެ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމު ލ އަތޮޅުގެ 3 ރަށެއްގައި ވަނީ ފަށާފައެވެ. އެއީ ލ ފޮނަދޫ، މާމެންދޫ އަދި މާވަށެވެ.

ކާމިޔާބު ކަމާއެކު އެ އަތޮޅުގައި މި ޕްރޮގްރާމު ކުރިއަށް ގެންދާއިރު، މިހާރު އެ އަތޮޅުގައި ހަރަކާތްތެރިވާ ޙާލު ކިހިނެއް؟ ޕްރޮގްރާމުގެ ޓީމުން ގެންދަނީ ގަމު ކައުންސިލާއި ގުޅިގެން ގަމުގައި ޕްރޮގްރާމު ފެށުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ގަމު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ބައްދަލުކޮށް ޕްރޮގްރާމު އެ ރަށުގައި ކުރިއަށް ގެންދާނެ ގޮތާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

އަތޮޅުތެރޭގައި ޙާލު ކިހިނެއް؟ ޕްރޮގްރާމު ކުރިއަށް ގެންދަނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ވެސް ގުޅިގެންނެވެ.

އަދި އަތޮޅުތެރޭގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމެޓީތަކުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ އެ ފަރާތްތަކަށް ޝުކުރުއަދާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މިނިސްޓްރީގެ ފުރަތަމަ ބައިނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓަށް ފެސިލިޓޭޓިވް މަލްޓިލޭޓަރަލް ކޮންސިޑަރޭޝަން އޮފް ޕްރޮގްރެސް ފުރިހަމަކޮށްފި
މިނިސްޓްރީގެ ފުރަތަމަ ބައިނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓަށް ފެސިލިޓޭޓިވް މަލްޓިލޭޓަރަލް ކޮންސިޑަރޭޝަން އޮފް ޕްރޮގްރެސް ފުރިހަމަކޮށްފި
އ.ދ. ގެ މޫސުމީ ބަދަލުތަކާބެހޭ ޖަމިއްޔާ ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ދަށުން ވެފައިވާ ޕެރިސް އެގްރީމަންޓުގެ ދަށުން ދިވެހި ރާއްޖޭގެ ފުރަތަމަ ބައެނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓު (ބީ.ޓީ.އާރު.1) ގެ "ފެސިލިޓޭޓިވް މަލްޓިލޭޓަރަލް ކޮންސިޑަރޭޝަން އޮފް ޕްރޮގްރެސް" (އެފް.އެމް.ސީ.ޕީ.) މިނިސްޓްރީން ފުރިހަމަ ކޮށްފިއެވެ.
ޚަބަރު 14 Jun 2026
ބީއެމްއެލްގެ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން ކޮންމެ ހަފުތާއަކު 1،000 ޑޮލަރު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި
ބީއެމްއެލްގެ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން ކޮންމެ ހަފުތާއަކު 1،000 ޑޮލަރު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި
ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް( އިން އެ ބޭންކުގެ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، ކޮންމެ ހަފުތާއަކު 1،000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ލިބޭ ތަރުހީބީ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
ޚަބަރު 14 Jun 2026
ޕީއެންސީއަށް އޮތް ތާއީދާއި އިތުބާރު ކުރިއަށްވުރެ ވަރުގަދަވެއްޖެ: ރައީސް މުޢިއްޒު
ޕީއެންސީއަށް އޮތް ތާއީދާއި އިތުބާރު ކުރިއަށްވުރެ ވަރުގަދަވެއްޖެ: ރައީސް މުޢިއްޒު
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ ދިވެހިރާއްޖޭގައި ރައްޔިތުންގެ އެންމެ ބޮޑު އިތުބާރާއި ތާއީދެއް އޮތް ސިޔާސީ ޕާޓީ ކަމަށާއި، އެ ޕާޓީއަށް އޮތް ތާއީދު ކުރިއަށްވުރެ ވަރުގަދަވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޚަބަރު 14 Jun 2026
މާކެޓުގެ މުހިންމު ނިންމުންތަކުގެ ކުރިން އިންވެސްޓަރުންގެ ސަމާލުކަން އޭއައި ދާއިރާއަށް ހުއްޓިއްޖެ
މާކެޓުގެ މުހިންމު ނިންމުންތަކުގެ ކުރިން އިންވެސްޓަރުންގެ ސަމާލުކަން އޭއައި ދާއިރާއަށް ހުއްޓިއްޖެ
ދުނިޔޭގެ ވިޔަފާރީގެ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ އެންމެ ނުފޫޒުގަދަ ބާރަކަށް ވެފައިވާއިރު، މާކެޓުގެ މުހިންމު ނިންމުންތަކެއް އައުމުގެ ކުރިން އިންވެސްޓަރުންގެ ބޮޑު ސަމާލުކަމެއް މި ދާއިރާއަށް ހުއްޓިއްޖެއެވެ.
ވިޔަފާރި 14 Jun 2026