ސަރުކާރުގެ ހަމައެކަނި އަމާޒަކީ ޑިޖިޓަލައިޒޭޝަން ނޫން، ވިސްނުން އެއަށްވުރެ ފުޅާ: އިޙްސާން

ހ ހަޅަ
ޚަބަރު 19 May 2026

ސަރުކާރުގެ ހަމައެކަނި އަމާޒަކީ ޑިޖިޓަލައިޒޭޝަން ނޫން ކަމަށާއި އެއަށްވުރެ ފުޅާ ވިސްނުންތެރި ދައުލަތެއް ބިނާކުރުމަކީ އަމާޒެއް ކަމަށް ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރ އިފްތިތާޙްކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ ހަމައެކަނި އަމާޒަކީ ޑިޖިޓަލައިޒޭޝަން ނޫންކަމަށާއި އެއަށްވުރެ ފުޅާ ވިސްނުންތެރި ދައުލަތެއް ބިނާކުރުމަކީ މިމަސައްކަތުގެ އަމާޒެއް ކަމަށެވެ.

އެފަދަ ދައުލަތަކީ އަވަހަށް އިޖާބަދޭ، ރަނގަޅަށް ރޭވުންތައް ރާވާ، ޑޭޓާ ހަރުދަނާކޮށް ބޭނުންކުރާ، މުހިންމު ނިޒާމުތައް ރައްކާތެރިކަން ކަށަވަރުވެފައިވާ، އިތުބާރުހުރި ހިދުމަތްތައް ފޯރުކޮށްދޭ ދައުލަތެއްކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަދި މީގެ އިތުރުން އޭއައި ބޭނުންކުރާ ދައުލަތެއް ބިނާކުރުމަކީ އިންސާނާގެ ވިސްނުމުގެ ބަދަލުގައި ޒިންމާދާރުކަން ކަނޑާލުން ނޫން ކަމަށާއި އޭގެ ބަދަލުގައި މިއީ ހަރުދަނާ ދައުލަތެއް ބިނާކޮށް ޤާބިލްކަން އިތުރުކުރުމަށް ކުރެވޭނެ މަސައްކަތެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ނޭޝަނަލް އޭއައި ޑޭޓާ އެންޑް ކޮމްޕިޓެންސީ ސެންޓަރަކީ ސަރުކާރުގެ އެކި އިދާރާތަކުން ބޭނުންވާ އޭއައި ހައްލުތައް ނިޒާމީ ގޮތަކަށް ގެނައުމަށް މަސައްކަތް ކުރާނެ ތަނެއް. އެތަނުގެ ތެރެއިން ކުރާ މަސައްކަތަކީ ރައްޔިތުންނަށް ފައިދާ ކުރަނިވި މަސައްކަތުގެ ދުވެހި ހަލުވި، އޭއައި ހައްލުތަކަށް މަގުފަހިކޮށް މި ހައްލުތައް ގުޅި ލާމެހިފައިވާ ގޮތަކަށް މަސައްކަތް ކުރާކަން ކަށަވަރުކުރުން. މީގެ އިތުރުން ރާއްޖެއިން ބޭރުގެ ފަންނީ ތަޖުރިބާކާރުންނަށް ބަރޯސާވުމުގެ ބަދަލުގައި، އޭއައި މިދާއިރާއަށް ފަންނީ ތަޖުރިބާކާރުން ބިނާ ކުރުމަކީވެސް މި މަރުކަޒުގެ މުހިންމު އަމާޒެއް. ވަޒީރު އިޙްސާން

ވަޒީރު ވިދާޅުވީ ބާރުދުވެލީގައި ކުރިއަރަމުން އަންނަ މި ދުނިޔޭގައި، ދިވެހިރާއްޖެ ވާންޖެހެނީ ހަމައެކަނި ޓެކްނޮލޮޖީ ބޭނުން ކުރާ ޤައުމަކަށް ނޫން ކަމަށާއި، އޭގެ ބަދަލުގައި ރާއްޖެ ވާންޖެހެނީ ޓެކްނޮލޮޖީތައް ޤާއިމްކޮށް ބަލަހައްޓާ ޤައުމީ މަސްލަހަތު އިސްކޮށް ޚިދުމަތް ދިނުމުގެ ޤާބިލްކަން ލިބިފައިވާ ޤައުމަކަށް ކަމަށެވެ.

މިކަމަށް މަގުފަހި ކުރުމަށް، މޯލްޑިވްސް 2.0ގެ ދަށުން ޤާނޫނާއި އޮނިގަނޑުތައް އެކުލަވާލައި، ޑިޖިޓަލް އިންފްރާސްޓަރަކްޗަރ އަދި އޭގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ނިޒާމުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ނިޒާމުތަކާއެކު ޤައުމީ އޭއައި ޤާބިލްކަން އިތުރުކުރުމަށް މޯލްޑިވްސް އެއައި ލެބް މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026