ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމަކީ މުޖުތަމަޢުގެ ފޭރާން ހެޔޮކުރުމުގެ އަސާސް: ހުކުރު ޚުޠުބާ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 05 Jun 2026

މިއަދުގެ ހުކުރު ޚުޠުބާގައި، އިސްލާމީ މުޖުތަމަޢެއްގެ އަމަންއަމާންކަމާއި އިޖުތިމާޢީ ފޭރާން ހެޔޮކުރުމުގެ އެންމެ މުހިންމު އަސާސަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން ކަމުގައި ބަޔާންކޮށްފިއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ "ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން" މި މައުޟޫޢަށެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، މާތް ﷲ އަށް އީމާންވުމަށްފަހު، އެކަކު އަނެކަކަށް ހެޔޮކަންކަމުގައި އެހީތެރިވެ، ނުބައިކަންކަމުން މުޖުތަމަޢު ރައްކާތެރިކުރުމަކީ އިސްލާމްދީނުގެ މައިގަނޑު އެއް ތަނބެވެ. އަދި މިއީ މާތް ﷲ ވެރިކަން ދެއްވައިފި ބައެއްގެ މައްޗަށް އޮތް އެންމެ އިސް ވާޖިބުކަން ޤުރުއާނުގެ އާޔަތްތަކުން ވަނީ ހަނދާންކޮށްދީފައެވެ.

މިއަދުގެ ޤައުމުގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން ޚުޠުބާގައި ވިދާޅުވީ، ރާއްޖެއަކީ ޤަރުނުތަކެއް ވަންދެން އިސްލާމީ ހިދާޔަތާއި، އެއްބައިވަންތަކަމާއި، ރިވެތި އަޚުލާޤުގެ މަތީގައި ދެމިއޮތް ޤައުމެއް ކަމަށެވެ. ނަމަވެސް، މިއަދު ޤައުމުގެ އިޖުތިމާޢީ އަދި އަޚުލާޤީ ފޭރާމަށް ބަލާއިރު، މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

މުންކަރާތްތައް ހުއްޓުވުމުގައި ކޮންމެ ފަރުދަކުވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން (އަތުން، ދުލުން ނުވަތަ ހިތުން) ޒިންމާ އަދާކުރަންޖެހޭނެކަން ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން މިސާލު ދައްކަވަމުން ޚުޠުބާގައި ތަފްސީލުކޮށްދެއްވިއެވެ. މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ކަންކަން ހުއްޓުވުމަކީ މުޅި މުޖުތަމަޢު ހަލާކުވުމުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، ހަރުދަނާ އަޚުލާޤީ ޖީލެއް ބިނާކުރުމަށްޓަކައި ހުރިހާ ރައްޔިތުން އަތުގުޅާލުމަށް ގޮވާލާފައެވެ. މީގެ ތެރޭގައި މައިންބަފައިން ދަރިން ތަރުބިޔަތުކުރުމާއި، މުދައްރިސުންނާއި ޢިލްމުވެރިންގެ ދައުރު އަދާކުރުމާއި، މަސްއޫލުވެރިން ޤައުމުގެ މަޞްލަޙަތު އިސްކުރުން ހިމެނެއެވެ. މުޖުތަމަޢުގެ އެންމެންގެ އެއްބާރުލުން ލިބިއްޖެނަމަ، މާތް ﷲ ގެ މަދަދާއެކު ރާއްޖެއަކީ އަމަންއަމާންކަން ލިބިފައިވާ ތަހުޒީބު ތަނަކަށް ވާނެކަމުގެ އުންމީދު ޚުޠުބާގައި އާކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026