އައިޖީއެމްއެޗްގެ 13 ވަނަ މެޑިކަލް އިންޓަރންޝިޕަށް ފުރުސަތު ހުޅުވާލައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 06 Sep 2026

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ 13 ވަނަ މެޑިކަލް އިންޓަރންޝިޕް ބެޗުގައި ބައިވެރިވުމުގެ ފުރުސަތު މެޑިކަލް ގްރެޖުއޭޓުންނަށް ހުޅުވާލައިފިއެވެ.

މެޑިކަލް ދާއިރާއިން ޑިގްރީ ހާސިލުކުރުމަށްފަހު އަމަލީ މައިދާނަށް ނުކުތުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެއް އަހަރު ދުވަހުގެ މި ޕްރޮގްރާމަށް އައިޖީއެމްއެޗުން މިފަހަރު ކަނޑައަޅާފައިވަނީ 24 ފުރުސަތެވެ. މި އިންޓަރންޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މި ސެޕްޓެމްބަރު މަހުގެ 24 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ.

މި ޕްރޮގްރާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، މެޑިކަލް ކޮލެޖަކުން ނުވަތަ ޔުނިވަރސިޓީއަކުން އެމްބީބީއެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް އޮތުމާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދޫކޮށްފައިވާ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" އޮތުން ހިމެނެއެވެ. މީގެއިތުރުން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ޖިނާއީ ކުށުގެ ރެކޯޑެއް ނެތް މީހަކު ކަމުގައި ވާންޖެހެއެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި އެމްބީބީއެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ގެ އެޓެސްޓޭޝަން ޑޮކިއުމަންޓާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދޫކޮށްފައިވާ ލިޔުމުގެ އެޓެސްޓެޑް ކޮޕީގެ އިތުރުން ބޭނުންވާ އެހެނިހެން ލިޔުންތައް ހިމެނެއެވެ.

އިންޓަރންޝިޕަށް އެދޭ ފޯމު އައިޖީއެމްއެޗްގެ ވެބްސައިޓް (www.igmh.gov.mv) އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ އެންއެޗްއޭ އޮފީހުން ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

އައިޖީއެމްއެޗުން މަޢުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމަށް ޝަރުތުހަމަވާ 24 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ، އިސްކަންދޭނީ ކޯސް ނިންމި ތާރީޚަށް ބަލައި، ކޯސް ނިންމިތާ އެންމެ ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށެވެ.

ރާއްޖޭގައި މިހާރު ސަރުކާރުގެ ތިން ހޮސްޕިޓަލަކުން މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ދަނީ ފޯރުކޮށްދެމުންނެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލެ ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޝަރުޢީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި
ޝަރުޢީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި
ޝަރުޢީ ދާއިރާގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އިބްރާހީމް މާހިރު ފަނޑިޔާރުކަމުގެ މަޤާމުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.
ޚަބަރު 06 Sep 2026
އަތޮޅުތަކުގެ 36 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދަން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި
އަތޮޅުތަކުގެ 36 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދަން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، އަތޮޅުތަކުގެ މީހުން ދިރިއުޅޭ 36 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އިިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ފްލެޓާއި ރޯހައުސް އެޅުން ހިމެނެއެވެ.
ޚަބަރު 06 Sep 2026
ޕީއެންސީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި: މަޖިލިސް މެންބަރުން ތިއްބެވީ ރައީސް މުޢިއްޒުއާއެކު ސާބިތުކަމާއެކު - ފަލާޙް
ޕީއެންސީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި: މަޖިލިސް މެންބަރުން ތިއްބެވީ ރައީސް މުޢިއްޒުއާއެކު ސާބިތުކަމާއެކު - ފަލާޙް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ ކަމަށާއި، އެ ޕާޓީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
 ޕީއެންސީ އެންމެ ކުރީގައި އޮތީ ރައްޔިތުންނާއެކު ވާތީ، ޔާމީން އުޅުއްވަނީ ފިތުނަ އުފައްދަން: މުހައްމަދު އިސްމާއީލް
ޕީއެންސީ އެންމެ ކުރީގައި އޮތީ ރައްޔިތުންނާއެކު ވާތީ، ޔާމީން އުޅުއްވަނީ ފިތުނަ އުފައްދަން: މުހައްމަދު އިސްމާއީލް
ސިޔާސީ މައިދާނުގެ އެންމެ އުހުގައި ޕީއެންސީ މިއަދު ފައިތިލަ ސާބިތުކޮށްފައިވަނީ އާންމު ރައްޔިތުންގެ އިހުސާސްތައް ދަންނަ އިޚްލާސްތެރި ލީޑަޝިޕެއް އޮތުމުން ކަމަށާއި، އިދިކޮޅުގައި ހުންނަވައިގެން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މަސައްކަތްޕުޅު ކުރައްވަނީ މުޖުތަމައު ފަސާދަކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026