ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުން
ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުން

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކުރާ ޒިޔާރަތްތަކުގައި ތަޙުޤީޤެއް ނުކުރާނެ

ހ ހަޅަ
ޚަބަރު 04 May 2026

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކުރާ ޒިޔާރަތްތަކުގައި ތަޙުޤީޤެއް ނުކުރާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބުނެފިއެވެ.

އެ މަރުކަޒުގެ އެންމެހާ ކަންތައްތައް އޮބްޒާބްކުރުމުގެ އިތުރަށް އެ މަރުކަޒުގެ ލިޔެކިޔުންތައް ބަލައި ބަންދުގައި ތިބޭ މީހުންނާއި މުވައްޒަފުންނާއި އިންޓަވިއުކޮށް ލިބޭ މަޢުލޫމާތު ޓްރޭންގިއުލޭޓްކުރާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ދިވެހިރާއްޖެއިން 2004 އޭޕްރީލް 20 ގައި ތަޞްދީޤްކޮށްފައިވާ ޓޯޗަރ މަނާކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ އަދި 2006 ފެބްރުވަރީ 15 ގައި ތަސްދީޤްކޮށްފައިވާ އެ މުޢާހަދާގެ އިޚްތިޔާރީ މުޢާހަދާގެ ދަށުން ކޮންމެ ދައުލަތަކުން ވެސް ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް އެއް ޤާއިމުކުރުމަށް ލާޒިމްކުރެއެވެ. މިގޮތުން ދިވެހި ދައުލަތުން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް 2007 ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ދިވެހިރާއްޖޭގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ފަރާތުން ދައުލަތުގެ ބާރު ހިނގާ ސަރަހައްދުގައި މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުދިން ބަހައްޓާ ހުރިހާ ތަނަކަށް ޒިޔާރަތްކުރުމުގެ ބާރު ޤާނޫނު ނަންބަރު 2013/13 އިން ކޮމިޝަނަށް ލިބިފައިވެއެވެ. މީގެއިތުރުން އެއްވެސް ހުރަހެއްނެތި ކުރިން އެންގުމަކާ ނުލައި މިފަދަ ތަންތަނަށް ޒިޔާރަތްކުރުމުގެ އިޚްތިޔާރާއި ބާރުވެސް ލިބިގެންވެއެވެ.

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ މައިގަނޑު 4 މަސްޢޫލިއްޔަތެއް ހިމެނެއެވެ. އޭގެތެރެއިން އެންމެ މުޙިއްމު މަސްޢޫލިއްޔަތަކީ މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެދަށުގައި މީހުން ނުވަތަ ކުދިން ބަންދުކުރާ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގައި ތިބޭ ފަރާތްތަކާމެދު ޢަމަލުކުރަމުންދާގޮތް ދެނެގަތުމެވެ. އަދި ޓޯޗަރއާއި ރަޙުކުމްކުޑަ ލާއިންސާނީ އިހާނެތި އަދި އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުމާއި ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯ ދެނެގަތުމެވެ.

ފާހަގަކުރުންތަކަށް ރިއާޔަތްކޮށް ރިޕޯޓެއް ތައްޔާރުކޮށް ގުޅުންހުރި އިދާރާތަކާއި ހިއްސާކުރާނެ ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން ލަފާ ދިނުމުގެ މަސްޢޫލިއްޔަތުގެ ތެރޭގައި މަރުކަޒުތަކުން ފޯރުކޮށްދޭ ފަރުވާ ރަނގަޅުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުންތައް ހުށަހަޅައި ލަފާ ދީ ބިނާކުރަނިވި ބައްދަލުވުންތައް ބޭއްވުން ހިމެނެއެވެ.

މިހާރު ހުރި ނުވަތަ ޑްރާފްޓްކުރާ ޤާނޫނުތަކާއި ޤަވާއިދުތައް އަދި އިންސާނީ ހައްގުތަކާބެހޭ އެކްޝަން ޕްލޭންތަކަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން ސަރުކާރާއި މަޖިލީހާއި ކަމާބެހޭ އެހެން ފަރާތަކަށް ޚިޔާލުތަކާއި ލަފާތަކާއި ހުށަހެޅުންތަކާއި ރިޕޯޓްތައް ހުށަހެޅުން ވެސް ހިމެނެއެވެ.

ތަޢުލީމު ދީ ހޭލުންތެރުކުރުވުމުގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ސްކޫލުތަކާއި ޔުނިވަރސިޓީތަކާއި ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް އަމާޒުކޮށްގެން ތަމްރީނު އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. އަދި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާއި އެހެނިހެން މުވައްޒަފުންގެ ތެރެއިން ބަންދުކޮށްފައި ހުންނަ ފަރާތްތަކާ އެއްވެސް ގޮތަކަށް މުއާމަލާތްކުރަންޖެހޭ ފަރާތްތަކަށް ދެވޭ ތަމްރީނުތަކުގައި ޓޯޗަރކުރުން މަނާކުރުމާގުޅޭ މައުލޫމާތު ހިމެނިފައިވޭތޯ ބެލުން ވެސް ހިމެނެއެވެ.

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ މަޤުޞަދުތައް ހާސިލުކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކާއި ބައިނަލްއަޤުވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުންވެސް ހިމެނެއެވެ. އެގޮތުން ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމުގައި އެހީތެރިވެ އަމިއްލަ ރިޕޯޓުތައް ހުށަހެޅުމާއި ހިޔާލު ފާޅުކުރުން ވެސް ހިމެނެއެވެ.

Clear

CopySelect category


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026